Roadha Mihaaru
ސައުދީގެ އާއިލާއަކުން އިންޓަ މިލާން ގަންނަނީ

ސައުދީގެ އާއިލާއަކުން އިންޓަ މިލާން ގަންނަން މަސައްކަތް ކުރަނީ

14 އެޕްރީލް 2024

މިލާން (އޭޕްރީލް 14) – ސައުދީ އަރަބިއާގެ އާއިލާއަކުން، އިންޓަ މިލާން ގަތުމުގެ މަޝްވަރާތައް ކުރިއަށްގެންދާ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

މިލާން (އޭޕްރީލް 14) – ސައުދީ އަރަބިއާގެ އާއިލާއަކުން، އިންޓަ މިލާން ގަތުމުގެ މަޝްވަރާތައް ކުރިއަށްގެންދާ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

އިޓަލީގެ އެންމެ ބޮޑު އެއް ކްލަބް އޮތީ ވިއްކަން ބާޒާރަށް ނެރެފަ އެވެ. އެ ކްލަބްގެ މިހާރުގެ އޯނަރު ޗައިނާގެ ސްޓީވަން ޒެހަންގް ވަނީ ކްލަބްގެ މެޖޯރިޓީ ހިއްސާ ދޫކޮށްލަން ނިންމައިފަ އެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިންޓަ ގަންނަން މަސައްކަތް ކުރަނީ ސައުދީގެ ޝާހީ އާއިލާއިންނެވެ. އެކަމަކު އަދި މިހާތަނަށް އެކަން ކަށަވަރެއް ނުވެ އެވެ. އެކަމަކު ކަށަވަރުވާ ކަމަކީ ސައުދީގެ ޕަބްލިކް އިންވެސްޓްމެންޓް ފަންޑުގެ އެއްވެސް ބައިވެރިވުމެއް އިންޓަގެ މުއާމަލާތާ ގުޅުމެއް ނެތް ކަމެވެ. އިންގްލެންޑްގެ ނިއުކާސަލް ޔުނައިޓެޑްގެ މެޖޯރިޓީ ހިއްސާ އޮންނަނީ ސައުދީގެ އެ ފަންޑުގެ ނަމުގަ އެވެ.

އިންޓަގެ ޗެއާމަން ސްޓީވަން ޒެހަންގް

އިންޓަގެ ޗެއާމަން ސްޓީވަން ޒެހަންގް

މަހުޖަނުން ނިސްބަތްވާ ސައުދީގެ އެ އާއިލާއިން ވަނީ އިންޓަ މިލާނާ ގުޅޭ ހުރިހާ މައުލޫމާތުތަކެއް އެއްކުރުމަށް، ލަންޑަންގެ ލޯ ފާމަކާ ހަވާލުކޮށްފަ އެވެ.

އެމެރިކާގެ އޯކްޓްރީ ފަންޑުން، އިންޓައިން ނަގައިފައިވާ 400 މިލިއަން ޑޮލަރުގެ ލޯނު އަންނަ މަހު 20 ގެ ކުރިން ދައްކަން ޖެހެ އެވެ. އެ ލޯނު އެ މުއްދަތުގައި ނުދައްކައިފިނަމަ ޒެހަންގަށް އިންޓަގެ ކޮންޓްރޯލް ގެއްލޭނެ އެވެ.

އޭގެ ކުރިން އޭނާ މަސައްކަތް ކުރަމުންދަނީ އެ ކްލަބް ވިއްކާލުމުގެކަންކަން ފުރިހަމަ ކުރުމަށެވެ. ކްލަބް ވިއްކާޅުމުގެ މޫނުމަތީ އަގަކީ 1.2 ބިލިއަން ޑޮލަރެވެ.