06 ފެބުރުއަރީ 2023
މިލާން (ފެބްރުއަރީ 7) - އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާންގެ މައްޗަށް އިންޓަ މިލާނުން 1-0 ން ކުރި ހޯދައިފި އެވެ.
މިލާން (ފެބްރުއަރީ 7) - އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާންގެ މައްޗަށް އިންޓަ މިލާނުން 1-0 ން ކުރި ހޯދައިފި އެވެ.
އިޓަލީގެ އެންމެ ތާރީހީ ދެ ކްލަބްގެ ހޯމް ސްޓޭޑިއަމްގެ ގޮތުގައި ބޭނުން ކުރާ ސެން ސީރޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 75 ވަނަ މިނެޓާ ހަމައަށް ދިޔަ އިރު ވެސް ގޯލަށް އަމާޒުކޮށް އެންމެ ޝޮޓެއް ވެސް އޭސީ މިލާނަށް ނުހެދެ އެވެ. ކޯޗު ސްޓެފާނޯ ޕިއޯލީގެ ޓީމަށް ފުރަތަމަ ޝޮޓް އުފެއްދީ އޭގެ ފަހުންނެވެ. ބްރަހިމް ޑިއާޒް އުފެއްދި ހަމަލާ އިންޓަގެ ކީޕަރު އަންޑްރޭ އޮންނާ ދިފާއު ކުރި އެވެ.
މެޗުގައި ތަފާތަކަށް ވީ އިންޓަގެ އާޖެންޓީނާގެ ފޯވާޑް ލައުޓާރޯ މާޓިނޭޒް އެވެ. މިލާންގެ ކުރީގެ މިޑްފީލްޑަ ހަކާން ޗަނަހްގްލޫ ނަގައިދިން ކޯނަރު ނަގައި ދިން ބޯޅަ މާޓިނޭޒް ބޮލުން ފޮނުވައިލައިގެން ލަނޑު ޖެހި އެވެ.
މިލާނުން ޖެހި ދެ ގޯލެއް ބަލައި ނުގަތުމަށް ވީއޭއާރުން ނިންމި އެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ރޮމެލޫ ލުކާކޫ ޖެހި ލަނޑު ބަލައި ނުގަތީ ހަމަލާ އުފެއްދުމުގެ ތެރޭގައި އޭނާ މިލާންގެ މާލިކް ޗާއޯ އަށް ފައުލު ކުރުމުންނެވެ. އޭގެ ފަހުން މާޓިނޭޒް ޖެހި ލަނޑު ބަލައި ނުގަތީ އޮފްސައިޑް ވުމުންނެވެ. ވީއޭއާރް މެދުވެރިކޮށް އެކަން ނިންމުމަށް ގިނަ ވަގުތުތަކެއް ނެގި އެވެ.
މި ހަފުތާގައި ހަ ވަނަ އަށް ވެއްޓުނު މިލާނުން އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން ބަލިިވި އެވެ. ދެވަނައިގައި އޮތް އިންޓައިން ވަނީ އެއްވަނައިގައި އޮތް ނަޕޯލީއާ ދެމެދު އޮތް ފަރަގު 13 ޕޮއިންޓަށް ކުޑަކޮށްފަ އެވެ. އިޓަލީ ލީގު ހޯދުމުގެ ރޭހުގައި މިހާރު ފޭވަރިޓަކީ ނަޕޯލީ އެވެ.
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
ޗެމްޕިއަން މިލާން ބަލިކޮށް ނަޕޯލީ އެއް ވަނައިގައި
މިލާންގެ ޖޯޒީގައި ކުޅުންތެރިންގެ މަންމަގެ ނަން
އިންޒާގީ އިންޓައަށް ލީގު ޗެމްޕުއަންކަން ހޯދައި ދީފި
ޔޫރޫ 2032 ގެ މެޗުތައް ސެން ސީރޯ ނުކުޅެވޭނެ
ޗެމްޕިއަކަން ހޯދުމުގެ އުންމީދު އިންޓައިން ބޮޑުކޮށްފި
އިޓަލީގެ ގަދަ ހަތަރު ކްލަބަށް ވަރުގަދަ ތުހުމަތެއް
މިލާނުގެ 15 އަހަރުގެ ޒުވާނާ ރެކޯޑް މުގުރާލައިފި
އިންޓަ އަތުން ވިދިވިދިގެން ފަސް މެޗުން މިލާން ބަލި
ނަޕޯލީ އެއްވަރު، މޮންޒާ އަތުން އިންޓަ ބަލިވެއްޖެ