Roadha Mihaaru
މިލާނުގެ 15 އަހަރުގެ ޒުވާނާ ރެކޯޑް މުގުރާލައިފި

މިލާނުގެ 15 އަހަރުގެ ޒުވާނާ، އިޓާލިއަން ލީގުގެ ރެކޯޑް މުގުރާލައިފި

26 ނޮވެމްބަރ 2023

މިލާން (ނޮވެމްބަރު 26) - ގަރުނަކަށްވުރެ ގިނަ ދުވަސްވީ އިޓާލިއަން ލީގުގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް، އެސީ މިލާނުގެ ފްރެންޗެސްކޯ ކަމާޑާ މުގުރާލައިފި އެވެ.

މިލާން (ނޮވެމްބަރު 26) - ގަރުނަކަށްވުރެ ގިނަ ދުވަސްވީ އިޓާލިއަން ލީގުގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް، އެސީ މިލާނުގެ ފްރެންޗެސްކޯ ކަމާޑާ މުގުރާލައިފި އެވެ.

ފިއޮރެންޓީނާއާ ދެކޮޅަށް ރޭ މިލާނު ކުޅުނު މެޗުގެ 83 ވަނަ މިނެޓްގައި ކުޅެން ނުކުތް އިރު ކަމާޑާގެ އުމުރަކީ 15 އަހަރާއީ 260 ދުވަހެވެ. ކުރިން އެ ރެކޯޑް އޮންނަނީ 2021 ގައި ބޮލޯނިއާ އަށް ކުޅޭން ފެށި ވިސްޑަމް އެމީ އެވެ. އެ އަހަރު އޭނާ ލީގު މެޗަށް ކުޅެން ނުކުތް އިރު އުމުރަކީ 15 އަހަރާއި 274 ދުވަހެވެ.

މިލާނުގެ ތާރީހީ ސްޓޭޑިއަމް، ސެންސީރޯގައި ކުޅުނު މެޗަށް ކަމާޑާ ނުކުތީ 73 ނަންބަރު ޖޯޒީގައި ސާބިއާގެ ލުކަ ޔޯވިޗްގެ ބަދަލުގަ އެވެ.

އޭނާގެ މި މެޗާ އެކު މިލާންގެ ލެޖެންޑް ޕައޮލޯ މަލްޑިނީ އަތުގައި އޮތް ރެކޯޑް ވެސް މުގުރާލައިފަ އެވެ. ކުރިން މިލާނަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔަކީ މަލްޑިނީ އެވެ. އޭނާ 1985 ގައި މިލާނަށް ކުޅެން ފެށި އިރު އޭނާގެ އުމުރަކީ 16 އަހަރެވެ.

ރޭގެ މެޗު، މިލާން ކާމިޔާބު ކުރީ 1-0 ންނެވެ. އެ ޓީމުގެ ލަނޑު ޕެނަލްޓީއަކުން ޖެހީ ތިއޯ ހެނާންޑޭޒް އެވެ.