30 އޯގަސްޓް 2022
މިލާން (އޯގަސްޓް 30) - ފަލަމަސް ގަނޑަށް ލިބުނު އަނިޔާ އާ ގުޅިގެން އަންނަ ހޮނިހިރު ދުވަހު ކުޅޭ މިލާން ޑާބީގައި، އިންޓަ މިލާންގެ ފޯވާޑް ރޮމެލޫ ލުކާކޫ އަށް ނުކުޅެވޭނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.
މިލާން (އޯގަސްޓް 30) - ފަލަމަސް ގަނޑަށް ލިބުނު އަނިޔާ އާ ގުޅިގެން އަންނަ ހޮނިހިރު ދުވަހު ކުޅޭ މިލާން ޑާބީގައި، އިންޓަ މިލާންގެ ފޯވާޑް ރޮމެލޫ ލުކާކޫ އަށް ނުކުޅެވޭނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.
ލުކާކޫގެ އަށް އަނިޔާވީ މިދިޔަ އާދިއްތަ ދުވަހު ކުރިއަށް ގެންދިޔަ ޓްރޭނިންގެ ތެރެއިންނެވެ. އިއްޔެ ހެދި ޓެސްޓްތަކުން އެނގުނީ ގާތްގަނޑަކަށް ދެ ހަފުތާ ވަންދެން ލުކާކޫ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމެވެ. ޗެލްސީގެ ލޯން އެއްބަސްވުމުގެ ދަށުން މި ސީޒަންގައި އަލުން އިންޓަ އަށް ބަދަލުވި ލުކާކޫ ވަނީ ސީޒަންގެ ފުރަތަމަ ތިން މެޗުގައި ކުޅެފަ އެވެ.
އޭނާ އަށް ގެއްލޭނެ މުހިންމު އަނެއް މެޗަކީ ޗެމްޕިއަންސް ލީގުގައި ބަޔާން މިޔުނިކާ ދެކޮޅަށް ކުޅޭ މެޗެވެ. އިންޓަގެ ކޯޗު ސިމޯނޭ އިންޒާގީ ގަބޫލު ކުރާ ގޮތުގައި ލުކާކޫ އަށް ކުޅެން ނުކުމެވޭވަރު ވާނީ އޮކްޓޯބަރު މަހު އެވެ.
ލުކާކޫގެ މަގާމު ފޫބައްދަން އިންޒާގީގެ ސްކޮޑްގައި އެޓޭކިން ދެ ކުޅުންތެރިޔަކު އެބަ ތިއްބެވެ. އެޑެން ޒެކޯ އާއި ހޯކިން ކޮރެއާގެ ބޭނުން އިންޒާގީ ހިފާނީ ލައުޓާރޯ މާޓިނޭޒް އަކީ އެޓޭކުގެ އެންމެ މުހިންމު ކުޅުންތެރިޔާ ކަމަށް ކަނޑައަޅައިގެންނެވެ.
އިންޓަ އޮތީ ލީގުގެ ހަތް ވަނައިގަ އެވެ. އެ ޓީމު ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން ބަލިވެފަ އެވެ. ދެ މެޗުން މޮޅުވި އެވެ.
ޔޫރޫ 2032 ގެ މެޗުތައް ސެން ސީރޯ ނުކުޅެވޭނެ
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
ބާރުގަދައީ އިންޓަ، މިލާނަށް ޝޮޓެއް ހެދުނީ ފަހުކޮޅުގައި
ކެންސަރު ބަލީގައި މިހަލޮވިޗް މަރުވެއްޖެ
ޗެމްޕިއަން މިލާން ބަލިކޮށް ނަޕޯލީ އެއް ވަނައިގައި
ޔޫކްރޭން ރޮއްވާލުމަށްފަހު އަނެއް ތިން ޓީމުން އުފާކުރަނީ
އިޓަލީ އަށް ބަދަލުވާނަމަ ކުޅޭނީ މިލާނަށް: އެމްބާޕޭ
ލޯނު ނުދެއްކިގެން އިންޓަގެ މިލްކުވެރިކަން ބަދަލު ވެއްޖެ
އިންޓަގެ އެހީގައި ފ. އަތޮޅުގެ ކޯޗުން ތަމްރީނު ކުރަނީ
މިލާންގެ ޖޯޒީގައި ކުޅުންތެރިންގެ މަންމަގެ ނަން