Roadha Mihaaru

މުސާރައިގެ ބާކީ ބައި ނުނަގަން ނިންމައި މޮރާޓާ ގަލަތަސާރާއީ ދޫކޮށްލައިފި

މުސާރައިގެ ބާކީ ބައި ނުނަގަން ނިންމައި އަލްވާރޯ މޮރާޓާ ގަލަތަސަރާއީ ދޫކޮށްލައިފި އެވެ.

މުސާރައިގެ ބާކީބައި ނުނަގައި މޮރާޓާ ކްލަބް ދޫކޮށްލައިފި
ހުސެއިން ހަބީބް
ހުސެއިން ހަބީބް

11 އޯގަސްޓް 2025

މުސާރައިގެ ބާކީ ބައި ނުނަގަން ނިންމައި އަލްވާރޯ މޮރާޓާ ގަލަތަސަރާއީ ދޫކޮށްލައިފި އެވެ.

ސްޕެއިންގެ ކެޕްޓަން ތުރުކީގެ ލީގަށް ބަދަލުވީ ލޯނު އުސޫލުން ޖެނުއަރީ ޓްރާންސްފާ ޕީރިއަޑްގަ އެވެ. އޭސީ މިލާނުގެ ކޮންޓްރެކްޓްގައި ހުރެ އޭނާ ގަލަތަސާއީއަށް ދޫކޮށްލީ ދާއީމީކޮށް އެއްބަސްވުމުގައި ސޮއި ކުރުމުގެ އިހްތިޔާރު ވެސް ގަލަތަސާރާއީ ލިބިދީފަ އެވެ.

ލޯނު އުސޫލުން އޭނާ ގެނައުމަށް ގަލަތަސަރާއީން މިލާނަށް 8 މިލިއަން ޔޫރޯ ވެސް ދިނެވެ. އެކަމަކު އޭނާ އަމިއްލަ އަށް އެދިގެން ގަލަތަސަރާއީ ދޫކޮށްލަން ނިންމުމުން، ގަލަތަސާރާއީން ދިން ފައިސާއިން ބައެއް މިލާނުން އަނބުރާ ރައްދު ކުރަން ޖެހޭނެ އެވެ. މޮރާޓާގެ ޓްރާންސްފާއާ ގުޅިގެން ދެ ކްލަބްގެ ދެމެދުގައި ހެދި ކޮންޓްރެކްޓް ހަމަވާނީ އަންނަ އަހަރު ޖޫން އަށެވެ.

ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑަށް ވެސް ކުރިން ކުޅުނު ފޯވާޑް ބަދަލު ވާނީ ސެސް ފެބްރިގާސް ކޯޗުކޮށް ދޭ ކޯމޯ އަށެވެ.

"އޭނާގެ އަސްލު ކްލަބް (އޭސީ މިލާން) އާއި އަހަރެމެންގެ ކުންފުންޏާ ދެމެދު ހަދާފައިވާ އެއްބަސްވުން އުވާލާފައި ވަނީ ދެ ފަރާތް ރުހިގެން،" މޮރާޓާގެ ޓްރާންސްފާއާ ގުޅިގެން ދެ ކްލަބްގެ ދެމެދުގައި ހެދި އެއްބަސްވުމާ ބެހޭގޮތުން ގަލަތަސަރާއީގެ ވެބްސައިޓްގައި ބުނެފައި ވެއެވެ.

"މި އެއްބަސްވުމުގެދަށުން އޭސީ މިލާނުން އަހަރެމެންގެ ކުންފުންޏަށް ފަސް މިލިއަން ޔޫރޯ ދޭނެ."

ގަލަތަސާއީން ބުނީ އެ ކްލަބުން މޮރާޓާ އަށް ދޭން ޖެހޭ މުސާރައިގެ ބާކީ ބަޔަށް ޖެހޭ ވަރު 651،562 ޔޫރޯ ވެސް އޭނާ މައާފުކޮށް ދީފައިވާ ކަމަށެވެ.

އުމުރުން 32 އަހަރުގެ ފޯވާޑް ވަނީ ގަލަތަސާއީ އަށް ކުޅުނު 16 މެޗުގައި ހަތް ލަނޑު ޖެހި އެވެ.