04 މާޗް 2020
ޓިއުރިން (މާޗް 4) – އިޓާލިއަން ކަޕުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި މިރޭ ޔުވެންޓަސްގެ ދަނޑުގައި އެ ޓީމާއި އޭސީ މިލާން ކުޅެން ހަމަޖެހިފައި އޮތް މެޗު ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ނުރައްކަލާ ހެދި ފަސްކޮށްފި އެވެ.
ޓިއުރިން (މާޗް 4) – އިޓާލިއަން ކަޕުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި މިރޭ ޔުވެންޓަސްގެ ދަނޑުގައި އެ ޓީމާއި އޭސީ މިލާން ކުޅެން ހަމަޖެހިފައި އޮތް މެޗު ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ނުރައްކަލާ ހެދި ފަސްކޮށްފި އެވެ.
ކުރިން ރާވާފައި މި މެޗު ވައިރަހުގެ އަސަރުކޮށްފައިވާ ސަރަހައްދުތަކުގެ ރައްޔިތުން ފިޔަވައި އެހެން ހިސާބުތަކުގެ މީހުންނަށް ވަދެވޭ ގޮތަށް ކުޅޭށެވެ. އެކަމަކު އެއީ ރައްކާތެރި ގޮތެއް ކަމަށް ނުވާނެ ކަމަށް ތަޖުރިބާކާރުން ދިޔައީ ބުނަމުންނެވެ. އެހެންވެ އެއްވެސް ސަޕޯޓަރަކު ނުވައްދާ ކުޅޭ ގޮތަށް ނިންމަފާނެ ކަމަށް ބެލެވިފައި އޮއްވާ ރޭ ކުއްލި ގޮތަކަށް ނިންމީ މެޗު ފަސްކުރާށެވެ. އެ ނިންމުން ނިންމީ ޓިއުރިން ޕްރޮވިންސުގެ އިސްވެރިންނެވެ.
މި ދެ ޓީމު މިލާނުގައި ކުޅުނު ފުރަތަމަ ލެގު 1-1 އިން އެއްވަރުވީ އެވެ. މި މެޗުން ކޮންމެ ޓީމެއް މޮޅުވިޔަސް އެ ޓީމެއް ފައިނަލަށް ދާނެ އެވެ. މެޗު 0-0 އިން އެއްވަރުވެއްޖެ ނަމަ ފުރުސަތު ލިބޭނީ ޔުވެންޓަސް އަށެވެ. އަދި މެޗު 1-1 އިން އެއްވަރުވެއްޖެ ނަމަ ނަތީޖާ ނެރެން އިތުރު ވަގުތު ކުޅެން ޖެހޭނެ އެވެ. އެ ނޫން ކޮންމެ ނަތީޖާއަކުން އެއްވަރުވިޔަސް ފުރުސަތު ލިބޭނީ މިލާނަށެވެ.
ޗައިނާ އިން ޑިސެމްބަރު މަހު ފެނުނު މި ބަލި ޔޫރަޕުން އެންމެ ބޮޑަށް ފެތުރިފައިވަނީ އިޓަލީގަ އެވެ. އެ ގައުމުގެ 2500 އަށް ވުރެ ގިނަ މީހުންނަށް ޖެހި، 79 މީހަކު ވަނީ މަރުވެފަ އެވެ.
އެކަމަކު އިޓާލިއަން ކަޕުގެ ސެމީ ފައިނަލުގެ އަނެއް މެޗުގައި އިޓަލީގެ ދެކުނުގެ ނޭޕްލްސްގައި ނަޕޯލީ އާއި އިންޓަ މާދަމާރޭ ކުޅޭ މެޗު އަދި އޮތީ ކުޅޭ ގޮތަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އިޓަލީ ސަރުކާރުން އަންނަނީ ވައިރަހުގެ އަސަރުނުކުރާ ސަރަހައްދުތައް ވެސް ހިމަނައިގެން މުޅި ގައުމުގައި ކުޅިވަރު ހަރަކާތެއް އެއް މަސް ދުވަހަށް މެދުކަނޑާލަން ވިސްނަމުންނެވެ. އެކަމަކު އެހެން ހެދިޔަސް ސަޕޯޓަރުން ނުވައްދާ މެޗުތައް ކުޅެވޭނެ ފުރުސަތު އޮންނާނެ ކަމަށް ބެލެވެ އެވެ.
ވައިރަސް ފެތުރޭތީ، އިޓާލިއަން ލީގުގައި މި ހަފުތާގައި ކުޅެން އޮތް ފަސް މެޗެއް ވަނީ ފަސްކޮށްފަ އެވެ. އެއީ ޔުވެންޓަސް އާއި އިންޓަގެ މެޗުގެ އިތުރުން އުދިނޭޒީ އާއި ފިއޮރެންޓީނާގެ މެޗާއި އޭސީ މިލާނާއި ޖެނޯއާގެ މެޗާއި ޕާމާ އާއި ސްޕާލްގެ މެޗު އަދި ސަސުއޮލޯ އާއި ބްރެޝިއާގެ މެޗެވެ. މިއީ ކުރިން ސަޕޯޓަރުން ނުވައްދާ ކުޅެން ހަމަޖެހިފައިވާ މެޗުތަކެކެވެ.
އިޓަލީ ފުޓްބޯޅައިގެ އާ ފެށުމާއެކު ޔުވެންޓަސް ފައިނަލަށް
ރޮނާލްޑޯ ފަހު ވަގުތު ޔުވެންޓަސް ސަލާމަތްކޮށްދީފި
ޔުވެންޓަސް އާއި މިލާން ކުއާޓާ ފައިނަލަށް
ޔުވެންޓަސް އިން އިޓާލިއަން ކަޕް ކާމިޔާބުކޮށްފި
މިއީ މިލާނަށް ވޯލްޑް ކަޕް ފައިނަލެއް ފަދަ މެޗެއް: ގަޓޫސޯ
މިލާން ބަލިކޮށް ޔުވެންޓަސް ސެމީ އަށް
މިލާން އަތުން ފިއޮރެންޓީނާ މޮޅުކޮށްދިނީ ޑެހެއާ
އިޓަލީގެ ގަދަ ހަތަރު ކްލަބަށް ވަރުގަދަ ތުހުމަތެއް
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
މިލާނުން ގަދަ ހަތަރެއް ކަށަވަރު ކޮށްފި