10 މެއި 2018
ރޯމް (10 މޭ) – އޭސީ މިލާން އަތުން 4-0 އިން މޮޅުވެ ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް އިޓާލިއަން ކަޕް ޔުވެންޓަސް އިން ކާމިޔާބުކޮށްފި އެވެ.
ރޯމް (10 މޭ) – އޭސީ މިލާން އަތުން 4-0 އިން މޮޅުވެ ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް އިޓާލިއަން ކަޕް ޔުވެންޓަސް އިން ކާމިޔާބުކޮށްފި އެވެ.
އިޓާލިއަން ލީގުގައި ބާކީ އޮތް ދެ މެޗުން އެންމެ ޕޮއިންޓެއް ހޯދައިގެން ލީގު ކާމިޔާބުކުރުމުގެ ފުރުސަތު އޮތްއިރު އެހެންވެއްޖެ ނަމަ އެ ޓީމަށް ޖެހިޖެހިގެން ހަތަރު އަހަރު ލީގާއި ކަޕް ކާމިޔާބުކުރުމުގެ ޝަރަފް ލިބޭނެ އެވެ.
ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ފެނުނީ ހަމަހަމަ ކުޅުމެކެވެ. ދެ ޓީމަށް ވެސް ނުރައްކަލެއް ނުކުރެވުނެވެ. އެކަަމަކު ދެ ވަނަ ހާފު ފަށައިގެން ޔުވެންޓަސް ވަނީ ގާތްގާތުގައި ތިން ލަނޑު ޖަހައި ތަށި ކަށަވަރުކޮށްފަ އެވެ.
ޔުވެންޓަސްގެ ފުރަތަމަ ލަނޑު 56 ވަނަ މިނެޓުގައި ޖެހީ މޮރޮކޯ ޑިފެންޑަރު މެހްދީ ބެނާޝިއާ އެވެ. ކޯނަރަކުން ހުރަސްވި ބޯޅަ އޭނާ ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ. އެ ޓީމުގެ އަނެއް ދެ ގޯލް ވަނީ މިލާނުގެ ޒުވާން ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ އަށް ހެދުނު ގޯސްތަކަކުންނެވެ. އެގޮތުން 61 ވަނަ މިނެޓުގައި ޑަގްލަސް ކޮސްޓާ ފޮނުވާލި ބާރު ބޯޅަ ގޯލުގެ ތެރެއަށް ވަނީ ޑޮންނަރުއްމާ އެ ބޯޅަ މަތަކުރަން އުޅުމުގެ ތެރޭގަ އެވެ. އަދި ތިން ވަނަ ގޯލު 64 ވަނަ މިނެޓުގައި ބެނާޝިއާ ޖެހީ ޑޮންނަރުއްމާ އަތުން ދޫވި ބޯޅައަކުންނެވެ. ޔުވެންޓަސްގެ ފަހު ގޯލަކީ މިލާނުގެ ކްރޮއޭޝިއާ ފޯވާޑް ނިކޮލާ ކަލިނިޗް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ޔުވެންޓަސް އިން މި ފަހަރުގެ މުބާރާތުގައި ބައިކޮޅަށް އެންމެ ގޯލެއް ވެސް ވައްދާނުލަ އެވެ. އަނެއްކޮޅުން ރޭގެ މެޗަކީ ޔުވެންޓަސްގެ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން 1999 ވަނަ އަހަރަށް ފަހު ކުޅުނު އިޓާލިއަން ކަޕުގެ ފުރަތަމަ ފައިނަލެވެ. މި ސީޒަނަށް ފަހު އޭނާ ރިޓަޔާކުރާނެ ކަމަށް ބެލެވޭތީ ރޭގެ މެޗަކީ ފަހު ފައިނަލަށް ވުމުގެ ފުރުސަތު އެބައޮތެވެ.
ވައިރަހުގެ ސަބަބުން ޔުވެންޓަސް-މިލާން މެޗު ފަސްކޮށްފި
މިއީ މިލާނަށް ވޯލްޑް ކަޕް ފައިނަލެއް ފަދަ މެޗެއް: ގަޓޫސޯ
މިލާން ބަލިކޮށް ޔުވެންޓަސް ސެމީ އަށް
އިޓަލީގެ ގަދަ ހަތަރު ކްލަބަށް ވަރުގަދަ ތުހުމަތެއް
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
މިލާނުން ގަދަ ހަތަރެއް ކަށަވަރު ކޮށްފި
ޔުވެންޓަސް ބަލިކޮށް އިންޓަ ފައިނަލަށް
ޔުވެންޓަސް ހާލަތު ގޯސް، މިލާން އަނެއްކާވެސް ބަލިވެއްޖެ
ޔުވެންޓަސް ކަޓައިފި، ޗެލްސީ އާއި ޕީއެސްޖީ ދެވަނަބުރަށް
ޗެމްޕިއަން މިލާނުން ޔުވެންޓަސް ބަލިކޮށްފި