26 ޖެނުއަރީ 2017
ޓިއުރިން (ޖެނުއަރީ 26) – އެކަކު މަދުކޮށް ކުޅުނު އޭސީ މިލާން އަތުން އަމިއްލަ ދަނޑުގައި 2-1 އިން މޮޅުވެ އިޓާލިއަން ކަޕުގެ ސެމީ ފައިނަލުން ޗެމްޕިއަން ޔުވެންޓަސް ރޭ ޖާގަ ހޯދައިފި އެވެ.
ޓިއުރިން (ޖެނުއަރީ 26) – އެކަކު މަދުކޮށް ކުޅުނު އޭސީ މިލާން އަތުން އަމިއްލަ ދަނޑުގައި 2-1 އިން މޮޅުވެ އިޓާލިއަން ކަޕުގެ ސެމީ ފައިނަލުން ޗެމްޕިއަން ޔުވެންޓަސް ރޭ ޖާގަ ހޯދައިފި އެވެ.
އިޓާލިއަން ލީގުގައި އަދި އިޓާލިއަން ސުޕަ ކަޕުގައި މިލާން އަތުން ބަލިވި ބަލިވުމުގެ ބަދަލު ޔުވެންޓަސް އިން ރޭ ހިފިއިރު ސެމީ ފައިނަލުގައި އެ ޓީމު ބައްދަލުކުރާނީ ނަޕޯލީއާ އެވެ. ކުއާޓާ ފައިނަލުގައި ދެން އޮތީ އިންޓަ މިލާނާއި ލާޒިއޯގެ ކުރިމަތިލުމާއި ރޯމާ އާއި ސެސެނާގެ މެޗެވެ.
ރޭގެ މެޗުގެ 10 ވަނަ މިނެޓުގައި ޔުވެންޓަސް އިން ވަނީ ލީޑު ނަގައިފަ އެވެ. މި ގޯލް ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ހުނަރުވެރިޔާ ޕައޮލޯ ޑީބަލާ އެވެ. އަދި 21 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން މިރެލަމް ޕިޔަނިޗް ޖެހި ގޯލާ އެކު އެ ޓީމުން ދެ ލަނޑުގެ ލީޑެއް ނެގި އެވެ. މިލާން އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް ފުރަތަމަ ހާފުގައި ވަނީ ބައިކޮޅަށް ދެ ލަނޑު ވަދެފަ އެވެ.
ދެ ވަނަ ހާފުގައި މިލާނުން ކުޅުން ރަނގަޅުކޮށް 53 ވަނަ މިނެޓުގައި ކާލޯސް ބަކާގެ ގޯލުން ތަފާތު ކުޑަކުރި އެވެ. އެކަމަކު ޖެހިގެން އައި މިނެޓުގައި މެނުއަލް ލޮކަޓެއްލީ އަށް ދެ ވަނަ ރީނދޫކާޑާ އެކު ރަތްކާޑެއް ދެއްކުމުން އެ ޓީމުން އެކަކު މަދުވި އެވެ. މެޗުގެ ފަހުބައިގައި ވެސް އެކަކު މަދުކޮށް ކުޅެ މިލާނުން ވަނީ ޔުވެންޓަސް އަށް ބާރުބޮޑުކޮށްފަ އެވެ. އެކަމަކު ނަތީޖާއަށް ބަދަލެއް ނުގެނެވުނެވެ.
ވައިރަހުގެ ސަބަބުން ޔުވެންޓަސް-މިލާން މެޗު ފަސްކޮށްފި
ޔުވެންޓަސް އިން އިޓާލިއަން ކަޕް ކާމިޔާބުކޮށްފި
މިއީ މިލާނަށް ވޯލްޑް ކަޕް ފައިނަލެއް ފަދަ މެޗެއް: ގަޓޫސޯ
އިޓަލީގެ ގަދަ ހަތަރު ކްލަބަށް ވަރުގަދަ ތުހުމަތެއް
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
މިލާނުން ގަދަ ހަތަރެއް ކަށަވަރު ކޮށްފި
ޔުވެންޓަސް ބަލިކޮށް އިންޓަ ފައިނަލަށް
ޔުވެންޓަސް ހާލަތު ގޯސް، މިލާން އަނެއްކާވެސް ބަލިވެއްޖެ
ޔުވެންޓަސް ކަޓައިފި، ޗެލްސީ އާއި ޕީއެސްޖީ ދެވަނަބުރަށް
ޗެމްޕިއަން މިލާނުން ޔުވެންޓަސް ބަލިކޮށްފި