13 ޖެނުއަރީ 2019
ޖެނޯއާ (ޖެނުއަރީ 13) – ބޮލޯނިއާ 2-0 އިން ބަލިކޮށް ޔުވެންޓަސް އިން އަދި ހަމަ އެ ނަތީޖާ އިން ޖެނޯއާ ބަލިކޮށް އޭސީ މިލާނުން އިޓާލިއަން ކަޕުގެ ކުއާޓާ ފައިނަލުން ރޭ ޖާގަ ހޯދައިފި އެވެ.
ޖެނޯއާ (ޖެނުއަރީ 13) – ބޮލޯނިއާ 2-0 އިން ބަލިކޮށް ޔުވެންޓަސް އިން އަދި ހަމަ އެ ނަތީޖާ އިން ޖެނޯއާ ބަލިކޮށް އޭސީ މިލާނުން އިޓާލިއަން ކަޕުގެ ކުއާޓާ ފައިނަލުން ރޭ ޖާގަ ހޯދައިފި އެވެ.
ރަށުން ބޭރުގައި ޔުވެންޓަސް ކުޅުނު މެޗުގައި އެ ޓީމުގެ ފުރަތަމަ ގޯލް ނުވަ ވަނަ މިނެޓުގައި ޖެހީ ފެޑެރިކޯ ބާނަޑެސްކީ އެވެ. ދެ ވަނަ ގޯލް 49 ވަނަ މިނެޓުގައި ޖެހީ އުމުރުން 18 އަހަރުގެ ފޯވާޑް މޮއިސް ކީން އެވެ. އޭނާ އަކީ އިޓަލީގައި މިވަގުތު ހުރި އެންމެ އުއްމީދީ އެއް ފޯވާޑެވެ.
ޔުވެންޓަސްގެ ފޯވާޑް ލައިނުގެ މުހިއްމު ކުޅުންތެރިންގެ ތެރެއިން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޕައޮލޯ ޑީބަލާ އެރީ މެޗުގެ ފަހުބައިގަ އެވެ. އެކަމަކު ޔުވެންޓަސް އިން ނެރެފައި އޮތީ ޖުމްލަކޮށް ވަރުގަދަ ޓީމެކެވެ.
ރަށުން ބޭރުގައި ޖެނޯއާ އަތުން 2-0 އިން މިލާން މޮޅުވީ ފުރިހަމަ ވަގުތު ހަމަވިއިރު 0-0 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ތެރޭގަ އެވެ. ދެ ގޯލް ވެސް ޖެހީ ބަދަލު ކުޅުންތެރިޔާ ޕެޓްރިކް ކުޓްރޯނޭ އެވެ. މިލާނަށް ދާދި ފަހުން ގެނައި ބްރެޒިލްގެ ހުނަރުވެރި މިޑްފީލްޑަރު ލޫކަސް ޕަކޭޓާ ވަނީ މި މެޗުގެ ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ.
އިޓާލިއަން ކަޕުގެ ކުއާޓާ ފައިނަލުގައި މިލާން ބައްދަލުކުރާނީ ދެ ވަނަ ބުރުގައި ނަޕޯލީ އާއި ސަސުއޮލޯ ކުޅެ މޮޅުވާ ޓީމަކާ އެވެ. ޔުވެންޓަސް ވާދަކުރާނީ ކަލިއާރީ އާއި އެޓަލާންޓާގެ ތެރެއިން ކުރި ހޯދާ ޓީމަކާ އެވެ.
މި ދެ ޓީމަށް ކުރިއަށް ދެން އެންމެ އަވަހަށް އޮތީ އިޓާލިއަން ސުޕަ ކަޕުގައި ކުޅޭ މެޗެވެ. ސައުދީ އަރަބިއާގެ ޖިއްދާގައި ބުދަ ދުވަހުގެރޭ ކުޅޭ މި މެޗަކީ މިދިޔަ ސީޒަނުގެ އިޓާލިއަން ލީގުގެ ޗެމްޕިއަން ޓީމާއި އިޓާލިއަން ކަޕުގެ ޗެމްޕިއަނުން ވާދަކުރާ މެޗެވެ. ދެ މުބާރާތް ވެސް ޔުވެންޓަސް ކާމިޔާބުކޮށްފައިވުމުން މިލާނަށް ފުރުސަތު ލިބުނީ އިޓާލިއަން ކަޕުގެ ދެ ވަނަ ޓީމުގެ ހައިސިއްޔަތުންނެވެ.
އިޓަލީ ފުޓްބޯޅައިގެ އާ ފެށުމާއެކު ޔުވެންޓަސް ފައިނަލަށް
ވައިރަހުގެ ސަބަބުން ޔުވެންޓަސް-މިލާން މެޗު ފަސްކޮށްފި
ރޮނާލްޑޯ ފަހު ވަގުތު ޔުވެންޓަސް ސަލާމަތްކޮށްދީފި
މިލާން އަތުން ފިއޮރެންޓީނާ މޮޅުކޮށްދިނީ ޑެހެއާ
ޔުވެންޓަސް ބަލިކޮށް އިންޓަ ފައިނަލަށް
އިޓާލިއަން ކަޕް: ފައިނަލުގައި އިންޓަ އާއި ޔުވެންޓަސް
އެންމެ ފަހު ވަގުތު ޔުވެންޓަސް އަށް ނަސީބު މޮޅެއް
ޔުވެންޓަސް އާއި ފިއޮރެންޓީނާ ވެސް ފަހު ވަގުތު ސެމީއަށް
އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ޔުވެންޓަސްއަށް
ޔުވެންޓަސްއަށް ޗެމްޕިއަންސް ލީގުން ޖާގަ ނުލިބުމުގެ ބިރު