13 ޖޫން 2020
ޓިއުރިން (ޖޫން 13) – ކޮވިޑް-19 ގެ ސަބަބުން މާޗު މަހުން ފެށިގެން މެދުކަނޑާލާފައި އޮތް އިޓަލީގެ ފުޓްބޯޅަ އަލުން ފަށައި ކުޅުނު ފުރަތަމަ މެޗުގައި ރޭ އޭސީ މިލާނާއި 0-0 އިން އެއްވަރުވެ ޔުވެންޓަސް އިން އިޓާލިއަން ކަޕުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ޓިއުރިން (ޖޫން 13) – ކޮވިޑް-19 ގެ ސަބަބުން މާޗު މަހުން ފެށިގެން މެދުކަނޑާލާފައި އޮތް އިޓަލީގެ ފުޓްބޯޅަ އަލުން ފަށައި ކުޅުނު ފުރަތަމަ މެޗުގައި ރޭ އޭސީ މިލާނާއި 0-0 އިން އެއްވަރުވެ ޔުވެންޓަސް އިން އިޓާލިއަން ކަޕުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ސަޕޯޓަރުން ނުވައްދާ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ޔުވެންޓަސް އަށް ކުރި ލިބުނީ ފުރަތަމަ ލެގުގައި ރަށުން ބޭރުގައި ޖެހި ގޯލުގެ ސަބަބުންނެވެ. މި ދެ ޓީމު މިލާނުގައި ކުޅުނު ފުރަތަމަ ލެގު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ބުދަ ދުވަހުގެރޭ ރޯމުގައި އޮންނަ ފައިނަލުގައި ޔުވެންޓަސް ވާދަކުރަން ޖެހޭނީ މިރޭ އޮންނަ ދެ ވަނަ ސެމީގައި ނަޕޯލީ އާއި އިންޓަ މިލާން ވާދަކޮށް ކުރި ހޯދާ ޓީމަކާ އެވެ. އިންޓަގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން ނަޕޯލީ ވަނީ 1-0 އިން މޮޅުވެފަ އެވެ.
ސަސްޕެންޝަނުގެ ސަބަބުން، މުހިއްމު ތިން ކުޅުންތެރިން ކަމަށްވާ ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗާއި ތެއޯ ހެނާންޑޭޒް އަދި ސަމޫ ކަސްޓިޔެލޯ ނެތި ކުޅުނު މިލާނަށް އިތުރު މައްސަލައެއް ދިމާވީ، 16 ވަނަ މިނެޓުގައި ފޯވާޑް އަންޓެ ރެބިޗަށް ރަތްކާޑެއް ދެއްކުމުން މެޗުގެ ބޮޑުބައި އެކަކު މަދުކޮށް ކުޅެން ޖެހުމުންނެވެ. އޭނާ އަށް ސީދާ ރަތެއް ދެއްކީ، ޔުވެންޓަސްގެ ޑަނީލޯ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.
މެޗު ފަށައިގެން ޔުވެންޓަސް އިން ސަތޭކަ ޕަސެންޓް ކޮންޓްރޯލް ނަގައިގެން ކުޅެމުން އައިސް 16 ވަނަ މިނެޓުގައި ލީޑު ނަގަން ޕެނަލްޓީއެއް ލިބުނެވެ. އެކަމަކު ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕެނަލްޓީ އަމާޒުވީ ގޯލް ދަނޑި އަށެވެ. ޔުވެންޓަސް އިން ޖުމްލަކޮށް މުޅި މެޗުގައި ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހޯދި ނަމަވެސް، މިލާނުގެ ޑިފެންސުން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުން 1-0 އިން މޮޅުވެގެން ފައިނަލަށް ދެވެން ފުރުސަތު އޮތުމާ އެކު މިލާނުން ފަހުކޮޅު ކުރިއަށް ޖެހިގެން ކުޅެވޭތޯ މަސައްކަތްކުރި ނަމަވެސް، އެކަށޭނެ ފޯވާޑެއް ނެތުމުން ކުރީގައި ބޯޅަ ހިފެހެއްޓޭ ގޮތެއް ނުވި އެވެ.
އިޓާލިއަން ލީގު އަލުން ފަށާނީ، އިޓާލިއަން ކަޕް ނިންމާލުމަށް ފަހު މި މަހު 20 ވަނަ ދުވަހު އެވެ. ލީގު ވެސް ކުރިއަށްގެންދާނީ މިހާރުގެ އާއްމު އުސޫލުގެ މަތިން ސަޕޯޓަރުން ނުވައްދަ އެވެ.
ވައިރަހުގެ ސަބަބުން ޔުވެންޓަސް-މިލާން މެޗު ފަސްކޮށްފި
ރޮނާލްޑޯ ފަހު ވަގުތު ޔުވެންޓަސް ސަލާމަތްކޮށްދީފި
ޔުވެންޓަސް އާއި މިލާން ކުއާޓާ ފައިނަލަށް
މިލާން އަތުން ފިއޮރެންޓީނާ މޮޅުކޮށްދިނީ ޑެހެއާ
ޔުވެންޓަސް ބަލިކޮށް އިންޓަ ފައިނަލަށް
އިޓާލިއަން ކަޕް: ފައިނަލުގައި އިންޓަ އާއި ޔުވެންޓަސް
އެންމެ ފަހު ވަގުތު ޔުވެންޓަސް އަށް ނަސީބު މޮޅެއް
ޔުވެންޓަސް އާއި ފިއޮރެންޓީނާ ވެސް ފަހު ވަގުތު ސެމީއަށް
އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ޔުވެންޓަސްއަށް
ޔުވެންޓަސްއަށް ޗެމްޕިއަންސް ލީގުން ޖާގަ ނުލިބުމުގެ ބިރު