ނަރުހުންގެ ދާއިރާއާ ގުޅޭ ދިވެހިންގެ އަދަދު އިތުރުވާކަން ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
12 މެއި 2025
ނަރުހުންގެ ދާއިރާއާ ގުޅޭ ދިވެހިންގެ އަދަދު އިތުރުވާކަން ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިއަދަކީ ބައިނަލްއަގްވާމީ ނަރުހުންގެ ދުވަސް ކަމަށް ވާއިރު، އެ މިނިސްޓްރީން ބުނީ މިދިޔަ އަހަރު ނިމުނުއިރު 3،725 ނަރުހުން މުޅި ރާއްޖޭގައި މަސައްކަތް ކުރި ކަމަށެވެ. އެއީ 2،487 ދިވެހިންނާއި ބިދޭސީ 1،238 ނަރުހުންނެވެ.
ރަށްރަށުގައި 1،337 ދިވެހި ނަރުހުންނާއި ބިދޭސީ 589 ނަރުހުން އަދި މާލޭގައި 1،150 ނަރުހުންނާއި ބިދޭސީ 649 ނަރުހުން އެ އަހަރު މަސައްކަތްކުރި ކަމަށް ބުންޏެވެ.
ހެލްތު މިނިސްޓްރީން ބުނީ އޭގެ ކުރީ އަހަރު (2023 ވަނަ އަހަރު) 3،716 ނަރުހުން މަސައްކަތްކުރި ކަމަށެވެ. އޭގެ ތެރޭގައި އަންހެނުންގެ އަދަދަކީ 3،413 އެވެ. އެ އަހަރު ނިމުނުއިރު ފިރިހެން ނަރުހުންނަށް ތިބީ 303 މީހުންނެވެ.
އެ އަހަރު 2،370 ދިވެހިންނާއި 1،346 ބިދޭސީ ނަރުހުން މަސައްކަތްކުރި އެވެ. މާލޭގައި 1،710 ނަރުހުން އަދި ރަށްރަށުގައި 2023 ވަނަ އަހަރު 2006 ނަރުހުން މަސައްކަތްކުރި އެވެ.
ނަރުހުންގެ ބޮޑު ހިއްސާއެއް އަދާކުރަނީ ސަރުކާރު ހޮސްޕިޓަލުތަކުގަ އެވެ. ޕަބްލިކް ސެކްޓަރުގައި 3،119 ނަރުހުން އަދި އަމިއްލަ ތަންތަނުގައި 597 ނަރުހުން މަސައްކަތް ކުރެ އެވެ.
ނާސިން ކެއާގައި އަދިވެސް 90 ޕަސެންޓް ހިއްސާކުރަނީ އަންހެނުން ކަމަށް މިނިސްޓްރީން ބުންޏެވެ.
ސިޔާސަތު ކަނޑައަޅަން ނަރުހުންގެ ދައުރު އޮންނަން ޖެހޭ
ފިރިހެން ނަރުހަކަށް ބުލީކުރުން ކުށްވެރިކޮށްފި
ބަލިމީހުންގެ ހިދުމަތުގައި ނުކުރާ ތަޖުރިބާއެއް ނެތް
ނަރުހުންގެ އަޑުއަހައި އިޖާބަދޭނަން: ރައީސް
ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން ހޯދަނީ
ސިއްހީ ދާއިރާގެ ބަންދު ދުވަހުގެ އޯޓީ ލިމިޓު އުވާލައިފި
މޭ މަހުން ފެށިގެން ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރަނީ
ސިއްހީ ދާއިރާގެ އެންމެންގެ މުސާރަ ބޮޑުވާނެ: ފިނޭންސް
ރާއްޖޭގެ ހުރިހާ ނަރުހުންގެ ޔުނީފޯމު އެއް ޑިޒައިނަކަށް
އިހުމާލުވުން ހުއްޓުވުމުގެ ގާނޫނެއް މުހިންމު؟