މިއަދު ފާހަގަކުރަމުން އަންނަ ނަރުހުންގެ ދުވަހާ ގުޅިގެން ޓީވީ ޗެނަލަކަށް އިންޓަވިއުއެއް ދިން ފިރިހެން ނަރުހަކަށް ސޯޝަލް މީޑިއާގައި ފުރައްސާރަކުރާތީ އެކަން ކުށްވެރިކޮށްފި އެވެ.
12 މެއި 2025
މިއަދު ފާހަގަކުރަމުން އަންނަ ނަރުހުންގެ ދުވަހާ ގުޅިގެން ޓީވީ ޗެނަލަކަށް އިންޓަވިއުއެއް ދިން ފިރިހެން ނަރުހަކަށް ސޯޝަލް މީޑިއާގައި ފުރައްސާރަކުރާތީ އެކަން ކުށްވެރިކޮށްފި އެވެ.
މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަނުން ނެރުނު ބަޔާނެއްގައި ބުނީ، ފިރިހެން ނަރުހަށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ބުލީކޮށް ފުރައްސާރަ ކުރަމުން ގެންދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"މީހެއްގެ ސިފައާ ގުޅިގެން އެ މީހަކަށް ގަނާ އާއި ފުރައްސާރަކުރުމަކީ ތަހުޒީބީ މުޖުތަމައަކުން ފެނިގެން ނުވާނެ ފަދަ ވަރަށް ދަށު ދަރަޖައިގެ އަމަލުތަކެއް ކަމުގައި މި ޔޫނިއަން އިން ދެކެމެވެ،" އެމްއެޗްޕީޔޫ އިން ނެރުނު ބަޔާނުގައިވެ އެވެ.
އެމްއެޗްޕީޔޫއިން ބުނީ ނަރުހުންގެ މަސައްކަތަކީ އަންހެނުންނަށް އެކަނި ހާއްސަ ވަޒީފާއެއް ނޫން ކަމަށާއި އެއީ ހުރިހާ މިންތިއެއްގެ މީހުންގެ ބައިވެރިވުން ވެސް ނުހަނު ބޮޑަށް ބޭނުންވެފައިވާ ދާއިރާއެއް ކަމަށެވެ.
ގަނާ އާއި ފުރައްސާރަ އާއި ބިރު ދެއްކުމަކީ ސިއްހީ ހިދުމަތްތެރިންނާ އާންމުކޮށް ކުރިމަތިލާން ޖެހިފައިވާ ކަންކަމަށް ވާއިރު، އެކަންކަމުން އަރައިގަތުމަށް ބޭނުންވާ ފަރުވާ އާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އެ ޔޫނިއަނުން ވަނީ ގޮވާލައިފަ އެވެ.
ނާސިން ކެއާގައި އަދިވެސް 90 ޕަސެންޓް ހިއްސާކުރަނީ އަންހެނުންނެވެ.
ނަރުސްކަމަށް ވަންނަ ދިވެހިންގެ އަދަދު މައްޗަށް
ބަލިމީހުންގެ ހިދުމަތުގައި ނުކުރާ ތަޖުރިބާއެއް ނެތް
ނަރުހުންގެ އަޑުއަހައި އިޖާބަދޭނަން: ރައީސް
ގައުމަށްޓަކައި ނަރުހުން ވަނީ ބޮޑު ގުރުބާނީއެއް:މަބްރޫކް
ނަރުހުންގެ އާދޭސް: ސިއްހީ ދާއިރާއަށް ސަމާލުކަންދީ!
ނަރުހުންގެ އާ ޔުނީފޯމަށް ފާޑުކިއުން!
ސިޔާސަތު ކަނޑައަޅަން ނަރުހުންގެ ދައުރު އޮންނަން ޖެހޭ
އައިޖީއެމްއެޗް ނަރުހުންގެ ޔުނީފޯމް ބަދަލުކޮށްފި
"އަމާޒަކީ ހުރިހާ ނަރުހުންނަކީ ދިވެހިން ކަމަށް ހެދުން"
އިތުރުގަޑީ ފައިސާގެ މައްސަލަ ހައްލުކުރަން ގޮވާލައިފި