ގިނަ އަދަދެއްގެ ބިދޭސީ ޑޮކްޓަރުންނާއި ބިދޭސީ ނަރުހުން ހޯދަން ހެލްތު މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.
17 އެޕްރީލް 2025
ގިނަ އަދަދެއްގެ ބިދޭސީ ޑޮކްޓަރުންނާއި ބިދޭސީ ނަރުހުން ހޯދަން ހެލްތު މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.
އެ މިނިސްޓްރީން ބުނީ 40 ސްޕެޝަލިސްޓު ޑޮކްޓަރުންނާއި 70 ނަރުހުން ހޯދަނީ ރަށްރަށުގެ ސިއްހީ މަރުކަޒުތަކަށް ކަމަށެވެ.
އެ މަގާމުތަކަށް ހޯދަން ފުރަތަމަ އިއުލާންކުރީ ދިވެހިންނެވެ. އެކަމަކު، އެކަށީގެންވާ ވަރަށް ދިވެހިން ނުލިބިގެން ބިދޭސީން ހޯދަން އިއުލާންކުރީ އެވެ.
ސްޕެޝަލިސްޓުން ހޯދަނީ މައިގަނޑު ހަތް ދާއިރާއަކުންނެވެ. އެއިން ކޮންމެ ސްޕެޝަލިޓީއަކުން ފަސް ޑޮކްޓަރުން ބޭނުންވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެއީ؛
- އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން.
- ލޮލުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން.
- ހޭނައްތުމަށް ހާއްސަ ޑޮކްޓަރުން.
- ކަށީގެ އޮޕަރޭޝަން ޑޮކްޓަރުން.
- އާއްމު ސާޖަރީތަކަށް ހާއްސަ ޑޮކްޓަރުން.
- ރޭޑިއޮލޮޖިސްޓުން.
ޑޮކްޓަރުންނަށް މުސާރައިގެ ގޮތުގައި 30،990ރ، މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 425ރ، އެކޮމޮޑޭޝަން އެލަވަންސްގެ ގޮތުގައި 7،000ރ، އަދި ފުޑް އެލަވަންސްގެ ގޮތުގައި 2،400ރ. އާއެކު މަދުވެގެން 51،440ރ. ލިބެ އެވެ.
އެ ޝަރުތުތަކުގެ ތެރޭގައި ސްޕެޝަލައިޒޭޝަނަށް ފަހު މަދުވެގެން އެއް އަހަރު މަސައްކަތް ކުރުން ހިމެނެ އެވެ. އަދި އުމުރުން 50 އަހަރުން ދަށް ނަމަ އިސްކަންދިނުމަކީ ޝަރުތެކެވެ.
ނަރުހުންގެ މުސާރަ އަށް 9،060ރ. މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 120ރ. އެކޮމޮޑޭޝަން އެލަވަންސަށް 3،000ރ. އަދި ފުޑް އެލަވަންސް އަށް 1،800ރ. އާ އެކު މަދުވެގެން 16،980ރ. ލިބޭނެ އެވެ.
އެ ވަޒީފާއަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި 150 ނުވަތަ އެ އަށް ވުރެ ގިނަ އެނދު ހުންނަ ހޮސްޕިޓަލެއްގައި މިޑްވައިފް ނުވަތަ ސައިކޭޓްރީގެ ދާއިރާއިން މަދުވެގެން ދެ އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބުން ހިމެނެ އެވެ. އަދި އުމުރުން 35 އަހަރުން ދަށް ނަމަ އިސްކަންދޭނެ ކަމަށް ވެސް ބުންޏެވެ.
އެ މަގާމުތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކި އަންނަ ބުރާސްފަތި ދުވަހެވެ.
ހެލްތު މިނިސްޓްރީން ބުނީ އެއްފަހަރާ ގިނަ އަދަދެއްގެ މުވައްޒަފުން ނެގުމަށް ފަހު ރިޒާވްގައި ބައެއް ޑޮކްޓަރުން ބައިތިއްބާނެ ކަމަށެވެ. އޭރުން، އެހެން ތަނަކަށް ބޭނުންވުމުން ވަގުތުން ޑޮކްޓަރުންނާއި ނަރުހުން ފޮނުވާލެވޭނެ ކަމަށް ބުންޏެވެ.
މޭ މަހުން ފެށިގެން ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރަނީ
ސިއްހީ ދާއިރާ އަންނަނީ ކުރިއަރަމުން: ހެލްތު
އައިޖީއެމްއެޗުގެ 16 ނަރުހަކު އައިސޮލޭޝަނަށް
ސިއްހީ އޮފިޝަލުންނަށް ޚާއްސަ އެލަވަންސެއް ހަމަޖައްސަނީ
އެތެރެވެފައި ތިބީ އެންމެ ރަނގަޅު ޑޮކްޓަރުންނެއް ނޫން!
ބޭރު ޑޮކްޓަރުންގެ ފެންވަރު ބަލަނީ އެޖެންސީއަކުން ނޫން
ބޭރު ނަރުހުންނާއި ޑޮކްޓަރުން ހޯދުން ހެލްތަށް އެކަނި
ޗުއްޓީގައި ތިބޭ ޑޮކްޓަރުންނަށް ސާވިސް އެލަވަންސް ދެނީ
ދިވެހި ޑޮކްޓަރުންނާއި ނަރުހުން މަދީ ކީއްވެ؟
ބިދޭސީ ޑޮކްޓަރުންނާއި ނަރުހުން މަދެއް ނުކުރެވޭ: އޮޑިޓް