14 އެޕްރީލް 2020
ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ހާއްސަ އެލަވަންސް ޕޮލިސީއެއް އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.
ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ހާއްސަ އެލަވަންސް ޕޮލިސީއެއް އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި، އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން މި ދުވަސްވަރު ސަރުކާރު ބަންދުކޮށްފައި ވާތީ ގިނަ މުވައްޒަފުން މުހިންމު މަސައްކަތެއް އޮތް ނަމަ ކުރަމުން އަންނަނީ ގޭގައި ތިބެ ކަމަށެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި މުވައްޒަފުން އޮފީހަށް ނުކުންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ސިއްހީ ދާއިރާގައި އުޅޭ މީހުންނަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ބައެއްކަން ފާހަގަ ކުރައްވައި، މަބްރޫކް ވިދާޅުވީ އެ މީހުންގެ އިތުރު ގަޑީގެ ފައިސާ ބަރާބަރަށް ލިބޭނެ ކަމަށެވެ. އެއާ އެކު، ސިއްހީ ދާއިރާގެ މީހުންގެ އެލަވަންސް ޕޮލިސީ ވީ އެންމެ އަވަހަކަށް ނިންމައި، ތަފްސީލުތައް ހާމަކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން މިފަދަ އެލަވަންސެއް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މަބްރޫކް ވިދާޅުވިއިރު، މި ދަނޑިވަޅުގައި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބޭފުޅުންނަށް ރަނގަޅު އެހީއެއް ވެދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިވެސް ވަނީ ވިދާޅުވެފަ އެވެ.
މިދިޔަ މަހުގެ 25 ގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އެ މަނިކުފާނު ވިދާޅުވީ، ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އިސް ސަފުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިންނަށް ސަރުކާރުން ހާއްސަ ގޮތްތަކެއް ރާވަމުން އަންނަ ކަމަށާއި ރަނގަޅު އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށެވެ. ރައީސް ވިދާޅުވީ މި ދަނޑިވަޅުގައި އިސް ސަފަށް ނުކުމެ، ފުރާނަ އަތްމައްޗަށް ލައިގެން ސިއްހީ ހިދުމަތްތެރިން ކުރަމުން އަންނަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކަމަށެވެ.
އައިޖީއެމްއެޗުގެ 16 ނަރުހަކު އައިސޮލޭޝަނަށް
ކޭސް 26 އަކީ ޕްރޮބަބްލް ކޭހެއް
އެންމެން ބިރުން ދުރަށް! ހިތްދަތިކަމެއް
ނުތަކާ ވަރަށް ފަރުވާދޭން ޖެހިދާނެތީ ބިރުއެބައޮތް: މޫސަ
ނަރުހުންނާއި ޑޮކްޓަރުން ހޯދަނީ ދިވެހިންނަށް ފުރުސަތުދޭން
މާބަނޑު މުވައްޒަފުންނަށް ދިން ލުއިތައް އިޔާދަކޮށްފި
ޑރ. އިސްނީން: ގޮހޮރުގެ ފުރަތަމަ ދިވެހި ޑޮކްޓަރު
މޭ މަހުން ފެށިގެން ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރަނީ
އައިޖީއެމްއެޗް ޕޭޝަންޓް ޕޯޓަލް ހިދުމަތް މެދުކަނޑާލައިފި
ޑޮކްޓަރުންގެ ޝަކުވާ ރައީސް ހައްލުކޮށްދެއްވާނެ: މަބްރޫކް