ސިއްހީ ދާއިރާގެ މީހުންގެ މުސާރަ މި އަހަރުގެ މޭ މަހުން ފެށިގެން ބޮޑުވާނެ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާނުގައި މިއަދު އިއުލާން ކުރައްވައިފި އެވެ.
06 ފެބުރުއަރީ 2023
ސިއްހީ ދާއިރާގެ މީހުންގެ މުސާރަ މި އަހަރުގެ މޭ މަހުން ފެށިގެން ބޮޑުވާނެ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާނުގައި މިއަދު އިއުލާން ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި ރިޔާސީ ބަޔާނުގައި އެކަން އިއުލާން ކުރެއްވިޔަސް އޭގެ ތަފުސީލެއް އެ މަނިކުފާނު ނުދެއްވަ އެވެ. ނަމަވެސް ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ހިދުމަތްތެރިންގެ މުސާރަ ބޮޑު ކުރުމަށް ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ވަނީ 500 މިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ.
ސިއްހީ ދާއިރާގެ މީހުންގެ މުސާރަ ބޮޑުވާނެކަން ރައީސް އެންމެ ފުރަތަމަ އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބޭއްވި ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިނަށް އެ ރަށުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ މަނިކުފާނު އޭރު ވިދާޅުވީ، ޓީޗަރުންގެ މުސާރަ އަށް ގެނައި ހެޔޮ ބަދަލަށް ފަހު ދެން އޮންނާނީ ސިއްހީ ދާއިރާގެ މީހުންގެ މުސާރަ ބޮޑުކުރުން ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ފަހަރު ވިދާޅުވީ، ހަދަންޖެހޭ ދިރާސާތައް ނިމުމުން ދެން އުފާވެރިކަން ލިބޭނީ ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ކަމަށެވެ.
ޕޭ ހާމަނައިޒް ކުރުން ނިމިގެން ދާއިރު، ޝަރުއީ ދާއިރާ އާއި އިމާމުންނާއި މުދިމުންނާއި އަދި ޖުމްލަކޮށް ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުން ޝާމިލްވާނެ،"--- ރައީސް
"އަޅުގަނޑު ނިންމައިގެން މި ހުރީ އެކަމާ ގުޅޭ ދިރާސާތައް މި އަހަރުގެ ތެރޭގައި ނިންމައި އެ މަސައްކަތް ކުރަން. އެ އަށް ފަހުގައި ދެން ފެނިގެންދާނީ ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ދާއިރާގައި އެ ނޫން މުވައްޒަފުންގެ މުސާރަތައް ބޮޑުވެގެންދާތަން،" މިދިޔަ އަހަރުގެ ފެބްރުއަރީ 3 ގައި ރައީސް ވިދާޅުވެފައި ވެ އެވެ.
އޭގެ ފަހުން ފިނޭންސް މިނިސްޓްރީން މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ބުނީ، ސިއްހީ ދާއިރާގެ އެންމެންގެ މުސާރަ ބޮޑުވާނެ ކަމަށެވެ. އޭގެ ތެރޭގައި ސިއްހީ ދާއިރާގެ ފަންނީ އެންމެން ވެސް ހިމެނެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މި އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވީ، ސިއްހީ ދާއިރާގެ މީހުންގެ މުސާރަ ބޮޑުކުރުމުގެ އިތުރުން މިނިސްޓްރީތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި މިހާރު ތިބި ހުރިހާ މުވައްޒަފުންނަށް ވެސް މޭ 1 އިން ފެށިގެން އެ އެލަވަންސް ދޭން ފަށާނެ ކަމަށެވެ.
ދެން ވިދާޅުވީ، ޔުނިވަސިޓީގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ މުސާރަ އަށް ވެސް އަންނަ މާޗު މަހުން ފެށިގެން ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. އެކަމަކު، ތަފުސީލެއް ނުދެއްވަ އެވެ.
"ޕޭ ހާމަނައިޒް ކުރުން ނިމިގެން ދާއިރު، ޝަރުއީ ދާއިރާ އާއި އިމާމުންނާއި މުދިމުންނާއި އަދި ޖުމްލަކޮށް ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުން ޝާމިލްވާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މި އަހަރުގެ ރިޔާސީ ބަޔާން މަޖިލިހަށް އިއްވަވަނީ.---ފޮޓޯ: މަޖިލިސް
ރައީސް މިއަދު ވިދާޅުވިގޮތުގައި، މިނިމަމް ވޭޖްގެ ބޮޑު ބަދަލަށް އަހަރެއް ވެފައި ވާއިރު، އެއީ ދިވެހި އެތައް މަސައްކަތްތެރިންނަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. ސީދާ ގޮތެއްގައި 33،500 އަށް ވުރެ ގިނަ މަސައްކަތްތެރިންނަށް މިނިމަމް ވޭޖްގެ ހެޔޮ ބަދަލުން އަސަރު ކުރި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެން ފާހަގަކުރެއްވި ކަމަކީ ޓޫރިޒަމް ދާއިރާގެ މީހުންނަށް ދޭ ސާވިސް ޗާޖާ ގުޅޭ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު 22 ގައި ގެޒެޓްކުރި ގާނޫނެވެ.
އެއީ މަދުވެގެން 10 އިންސައްތައިގެ ސާވިސް ޗާޖެއް ނަގާ މުވައްޒަފުންގެ މެދުގައި ހަމަހަމައަށް ބެހުން ލާޒިމްކުރާ ގާނޫނީ ބަދަލު. މުވައްޒަފުންގެ އާމްދަނީ އަށް އައި ބަދަލުން އެ އާއިލާ ތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެއްޖެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ސިއްހީ ދާއިރާގެ ވެސް މުސާރަ ބޮޑުވާނެ: ރައީސް
ސިއްހީ ދާއިރާގެ ބޮޑު މުސާރަ ރައީސް އިއުލާންކުރައްވައިފި
ޑޮކްޓަރުންގެ ޝަކުވާ ރައީސް ހައްލުކޮށްދެއްވާނެ: މަބްރޫކް
ސިއްހީ ދާއިރާ އަންނަނީ ކުރިއަރަމުން: ހެލްތު
އުފާވެރި ޚަބަރެއް، ކޮރޯނާވައިރަސް ޓެސްޓްތައް ނެގެޓިވް
ސިއްހީ ދާއިރާ މުވައްޒަފުންގެ އޯޓީ ލިމިޓްކުރުމުން ޝަކުވާ ބޮޑުވެއްޖެ
ސިއްހީ ދާއިރާގެ މުސާރައަށް އިތުރު ބަދަލުތަކެއް ގެންނަނީ
އިތުރު ތަނެއްގައި މަސައްކަތްނުކުރާނަމަ އެލަވަންސެއް
ސިއްހީ ދާއިރާގެ އެންމެންގެ މުސާރަ ބޮޑުވާނެ: ފިނޭންސް
ނަރުހުންގެ މުސާރަ 3-4 މަސް ތެރޭގައި ބޮޑުކުރަނީ