ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ ސަންލޭންޑު ހޮޓެލްސްގެ އެއް ހިއްސާދާރު، މުހައްމަދު ނަޒީރު (ސަންލޭންޑު ނަޒީރު) މިރޭ އަވަހާރަވެއްޖެ އެވެ.
10 މެއި 2025
ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ ސަންލޭންޑު ހޮޓެލްސްގެ އެއް ހިއްސާދާރު، މުހައްމަދު ނަޒީރު (ސަންލޭންޑު ނަޒީރު) މިރޭ އަވަހާރަވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ނަޒީރު އަވަހާރަވީ، އާލަސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދުވަސްކޮޅެއް ފަހުންނެވެ. އޭނާ ފަރުވާ ހޯއްދަވަމުން ގެންދެވީ އިނގިރޭސިވިލާތުގަ އެވެ.
ވިޔަފާރީގެ ދާއިރާގެ އިތުރުން ސިޔާސީ ގޮތުން ވެސް ގިނަ ބަޔަކާ ގުޅުން އޮންނަ އަދި ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އެންމެ ފުންނާބު އުސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަންލޭންޑު ޓްރެވެލްސްގެ ވެސް އެއް ޑިރެކްޓަރު ނަޒީރަކީ އިނގިރޭސި ވިލާތަށް ރާއްޖެ އިން ކަނޑައަޅާފައިވާ ޓްރޭޑް އެމްބެސެޑަރު ވެސް މެ އެވެ.
އައްޑޫ ހުޅުދު އަށް އުފަން ނަޒީރަކީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ އާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސުނުއްސުއޫދުގެ އަނބިކަނބަލުންގެ ވެސް އެއްބަނޑުއެއްބަފާ ބޭބެ އެވެ. ނަޒީރަކީ އެ އާއިލާގެ ދެވަނަ އަދި އެންމެ ދޮށީ ފިރިހެން ބޭފުޅާ ވެސް މެ އެވެ.
ސަންލޭންޑު ގްރޫޕުތަކުގެ ހިއްސާދާރުންގެ ގޮތުގައި ވެސް ދެން ތިއްބެވީ އެއްބަނޑުއެއްބަފާ ބޭފުޅުންނެވެ.
ރިސޯޓު ހިންގުމުގެ ދާއިރާގައި އެންމެ ތަޖުރިބާކާރު ދިވެހި އެއް ކުންފުނި، ސަންލޭންޑުގެ ދަށުން މަކުނޑު އައިލެންޑު ރިސޯޓާއި ކޮކޯ ޕާމް ބޮޑުހިތި، ކޮކޯ ޕާމް ކުޑަހިތި އަދި ކޮކޯ ޕާމް ދުނިކޮޅުގެ އިތުރުން ބިޔާދޫ ރިސޯޓު ހިންގަ އެވެ.
ނަޒީރުގެ މައްޗަށް ޣައިބަށް ކުރާ ކަށުނަމާދު މިރޭ
ނާޒިމަށް ދެމިލިއަން ދޭން ސަންލޭންޑް ހިލްމީއަށް ޖެހިއްޖެ
ވެކޭޝަންސް އެކްްސްޕޯގައި ސަންލޭންޑުން ޕްރޮމޯޝަނެއް
އައްޑޫގައި ކިޔަވައިދޭތާ 23އަހަރުވީ ޓީޗަރަކު ނިޔާވެއްޖެ
ޖަރުމަނުގައި ދިވެހި ޒުވާނަކު ނިޔާވެއްޖެ
ޒަކިއްޔާ މަރަށް އަހަރެއް: އަނެއްކާވެސް މުޒާހަރާއެއް
އެމްޔޫ މަނިކުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް
ޖަޕާނުގައި ނިޔާވި ލުޖައިނާގެ ޖަނާޒާ މިއަދު ބާއްވަނީ
ރިސޯޓުން ފެނުނު ޒުވާނާގެ އޮޓޮޕްސީ ހަދައި ވަޅުލައިފި
މަޝްހޫރު ފެޝަން ޑިޒައިނަރު ޖޯޖިއޯ އަރްމާނީ މަރުވެއްޖެ