ޖަރުމަނުގައި މިދިޔަ މަހުގެ 8 ވަނަ ދުވަހު އެއްޗެއް ގޮވައި، ހިނގި ހާދިސާގައި ފިހުނު ދިވެހި ޒުވާނަކަށް އެ ގައުމުގައި ފަރުވާދެމުން އަންނަނިކޮށް މިއަދު ނިޔާވެއްޖެ އެވެ.
14 ސެޕްޓެމްބަރ 2025
ޖަރުމަނުގައި މިދިޔަ މަހުގެ 8 ވަނަ ދުވަހު އެއްޗެއް ގޮވައި، ހިނގި ހާދިސާގައި ފިހުނު ދިވެހި ޒުވާނަކަށް އެ ގައުމުގައި ފަރުވާދެމުން އަންނަނިކޮށް މިއަދު ނިޔާވެއްޖެ އެވެ.
އެ ހާދިސާގައި ނިޔާވީ ބ. ތުޅާދޫ ޒުވާނެއް ކަމަށްވާ ފައްޔާޒު ދާއޫދު އެވެ.
މީގެ ފަސް ވަރަކަށް އަހަރު ކުރިން ޖަރުމަނު މީހަކާ އިނދެގެން އުމުރުން މިހާރު 36 އަހަރުގެ ފައްޔާޒު ދިރިއުޅެމުން އައީ ފުރަތަމަ ރާއްޖޭގަ އެވެ. އެކަމަކު މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ހިސާބުގައި އޭނާ ޖަރުމަނަށް ދިރިއުޅުން ބަދަލުކުރީ އަންހެނުންގެ ބައްޕަ ބަލިވެގެންނެވެ.
ފައްޔާޒުގެ ގާތް އެކުވެރިއަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި އެ ހާދިސާ ހިނގީ ތާނގީއެއް ކަފަން އުޅުމުގެ ތެރޭގައި ބުރައިގެން ދިޔަ އަލިފާންކަނިތަކެއް އެ ތަނުގައި ހުރި ކެމިކަލް ފީފާއެއްގައި ޖެހި، އަލިފާން ރޯވެގެން ކަމަށެވެ. އެ ހާދިސާގައި ފައްޔާޒުގެ ގައިގައި އަލިފާން ހިފީ ކަމަށް އޭނާގެ އެކުވެރިޔާ ބުންޏެވެ.
ހާދިސާ ހިނގިއިރު އެ ތަނުގައި އެއްވެސް މީހަކު ނެތް ކަމަށް ބުންޏެެވެ.
އެ ހާދިސާގައި ފައްޔާޒުގެ އަތާއި ފަޔާއި މޫނު އޮތީ ވަރަށް ބޮޑަށް ފިހިފަ އެވެ. ހާލު ސީރިއަސް ވެގެން ފުރަތަމަ ވެންޓިލޭޓަރުގައި ފަރުވާދެމުން އަޔަސް ފަހުން ހާލު ވަރަށް ބޮޑަށް ރަނގަޅުވެ، ވެންޓިލޭޓަރުން ނެގި ކަމަށް ދާއޫދުގެ އެކުވެރިޔާ ބުންޏެވެ.
އެކަމަކު ފަހުން ފައްޔާޒު އަލުން ވެންޓިލޭޓަރަށްލީ ތަދަށް ކެތްނުކުރެވިގެން ކަމަށާއި އޭނާ ނިޔާވި ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރެއްހާއިރު ކަމަށް ބުންޏެވެ.
އެ ހާދިސާއާ ގުޅިގެން ފައްޔާޒުގެ އާއިލާގެ ބަޔަކު ވަނީ ޖަރުމަނަށް ދިއުމަށް ވެސް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ރާއްޖޭގައި ޖަރުމަނު ވިސާ ޖަހައިދޭ އޮފީހުން ވިސާ ލިބިފައިނުވާ ކަމަށާއި ފަހުން ދެވަނަ ފަހަރަށް ވިސާ އަށް އެދުމުން މި ހަފުތާގައި ލިބޭނެ ކަމަށް ބުނެފައިވާ ކަމަށް ފައްޔާޒުގެ އެކުވެރިޔާ ބުންޏެވެ.
"ސަރުކާރުން އެއްބާރުލުން ދިން ނަމަ ކޮންމެވެސް އެކަކަށް [އާއިލާ އިން] އެކޮޅަށް ދެވުނީސް. އަހަރެން އެ ތަނަށް ގޮސްގެން ވެސް ރިކުއެސްޓް ކުރިން މިހެން ވެގެންނޭ މި އުޅެނީ. ބުނީމާ ވެސް ބުނީ އިތުރު އެއްވެސް ބުނީ ގޮތެއް ނޯންނާނެއޭ،" އެކުވެރިޔާ ކަންބޮޑުވުން ފާޅުކޮށް ބުންޏެވެ.
ފައްޔާޒު ނިޔާވިއިރު އޭނާގެ ކުޑަ ފިރިހެން ކުއްޖަކު ވެސް ދުނިޔޭގައި އެބަހުއްޓެވެ. އަދި މި އަހަރުގެ ޑިސެމްބަރު މަހަށް ރާއްޖެ އަށް އައުމަށް އެ އާއިލާ އައީ ތައްޔާރުވަމުންނެވެ.
ޖަރުމަނުގައި ދިރިއުޅޭ ދިވެއްސަކު މަރުވެއްޖެ
މަރުވި ދިވެހި މީހާއަށް ތުހުމަތުވަނީ އޭނާގެ އަންހެނުން މަރާލި ކަމަށް
ޔަހޫދީން ހިތްހަމަޖައްސައިދޭން މެކްރޯން ވެސް އިޒްރޭލަށް
ގާޒާގެ ރެފިއުޖީން މިސްރަކަށް ނުގެނެވޭނެ: ސީސީ
ރައީސް، ގަތަރާއި ސާބިއާ އަދި ޖަރުމަނަށް
ޝާން ޝާކިރަށް މަޖިލީހުން ރުހުން ދީފި
ޝާން ޝާކިރު ޖަރުމަނުގެ ސަފީރަކަށް ހަމަޖައްސަނީ
ގެނބިގެން މަރުވެފައި އޮތް ޓޫރިސްޓަކު ފެނިއްޖެ
ނަޝީދުގެ ފަރުވާގެ ހަރަދު ކުރަނީ އޮނަރަރީ ކޮންސުލް
ނަޝީދު ފަރުވާއަށް މާދަމާ ޖަރުމަނަށް ފުރާވަޑައިގަންނަވަނީ