04 މާޗް 2023
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ތިން ގައުމަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ތިން ގައުމަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް ފުރާވަޑައިގަތީ ގަތަރާއި ސާބިއާގެ އިތުރުން ޖަރުމަނަށް ވަޑައިގަތުމަށް ކަމަށެވެ.
ގަތަރަށް މިއަދު ވަޑައިގެން، އދ. ގެ ކޮންފަރެންސެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ އަށް ފަހު ސާބިއާއަށް ވަޑައިގެން، އެ ގައުމާ އެކު ރަސްމީ އެއްބަސްވުންތަކެއްގައި ސޮއި ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ ރައީސަކު ސާބިއާއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ސާބިއާއަށް ފަހު ޖަރުމަނަށް ރައީސް ވަޑައިގެން، އެ ގައުމުގެ ރައީސް ފްރޭންކް ވޯލްޓާ ސްޓައިންމަޔާއާ ބައްދަލު ކުރައްވާނެ އެވެ. ޖަރުމަނާ އެކު ވެސް އެ ދަތުރުފުޅުގައި ރަސްމީ މަޝްވަރާތައް ބާއްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް، ގަތަރުގެ އަމީރާ ބައްދަލުކުރައްވައިފި
ލަތީފް ޖަރުމަނު ސަފީރަކަށް، ލަންކާއަށް އުމަރު
ޒަމީރު، ގަތަރުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި
ފޮރިން މިނިސްޓަރު ޒަމީރު ރަސްމީ ދަތުރެއްގައި ގަތަރަށް
ދަތުރުފުޅަށް ފަހު ރައީސް ވަޑައިގެންފި
ރައީސްގެ ކެއުމާއި ހުރުން ހަމަޖައްސާނީ ގަތަރުން
ވޯލްޑް ކަޕް މެޗެއް ބައްލަވާލައްވަން ރައީސް ގަތަރަށް
ޝާން ޝާކިރު ޖަރުމަނުގެ ސަފީރަކަށް ހަމަޖައްސަނީ
ގުޅުން ގާއިމްކުރަން ރައީސް ގަތަރަށް ވަޑައިގަންނަވަަނީ
ގަތަރުގެ މައްސަލައިން ރާއްޖެއަށް ވެސް ފިލާވަޅެއް