05 ޑިސެމްބަރ 2022
ފީފާ ވޯލްޑް ކަޕްގެ މެޗެއް ބައްލަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަތަރަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގައި ހުންނެވުމާއި ފަރިއްކޮޅުގެ ކަންކަން ހަމަޖައްސާނީ ގަތަރުގެ ސަރުކާރުން ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ފީފާ ވޯލްޑް ކަޕްގެ މެޗެއް ބައްލަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަތަރަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގައި ހުންނެވުމާއި ފަރިއްކޮޅުގެ ކަންކަން ހަމަޖައްސާނީ ގަތަރުގެ ސަރުކާރުން ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ގަތަރުގައި މިހާރު ކުރިއަށް ގެންދާ ވޯލްޑް ކަޕްގެ މެޗު ބައްލަވާލައްވަން ގަތަރުގެ އަމީރު ތަމީމް ބިން ހަމަދު އަލް ތާނީ ވަނީ ރައީސް އިބްރާހިމްމުހައްމަދު ސޯލިހަށް ދައުވަތު އަރުވައިފަ އެވެ. ނަމަވެސް، އެ ގައުމަށް ރައީސް ވަޑައިގަންނަވާނީ ކޮން އިރަކު ކަމެއް އަދި ކޮން މެޗަކަށް ކަމެއް ރައީސް އޮފީހަކުން ނުބުނެ އެވެ.
އެ ދަތުރުގެ ހަރަދާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ރައީސްގެ އެކޮމަޑޭޝަނާއި ފަރިއްކޮޅު ހަމަޖައްސަނީ ގަތަރުން ކަމަށެވެ. ޓިކެޓު ނަގަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަމިއްލަފުޅު ޖީބުން ކަމަށް މިއުވާން ވިދާޅުވި އެވެ.
"ފައިނަލް ނުވަތަ ސެމީ ފައިނަލްގެ މެޗަކަށް ވަޑައިގެންފާނެ. ސީދާ އަޅުގަނޑަށް ޔަގީންކަމާއެކު ދަންނަވާކަށް ނޭނގޭ. ގަތަރުގެ އަމީރުގެ ދައުވަތެއް ރައީސަށް ވަނީ ލިބިވަޑައިގެންފައި،" ތަރުޖަމާނު ވިދާޅުވި އެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހު ވޯލްޑް ކަޕްގެ މުބާރާތް ފެށުމާ ގުޅިގެން ރައީސް ފޮނުއްވި ތަހުނިޔާގައި ވިދާޅުވީ މުސްލިމް ގައުމެއްގައި ވޯލްޑް ކަޕް ބާއްވާތީ އުފާފުޅު ކުރައްވާ ކަމަށާއި އެ މުބާރާތް ބޭއްވުމުގައި ގަތަރަށް ކުރިމަތިވި ގޮންޖެހުންތަކާއި ހިކުމަތްތެރިކަމާ އެކު ކުރިމަތިލީތަން ފެނުމުން ހިތްވަރު ލިބޭ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކުގައި ފުޓްބޯޅަ ސަޕޯޓަރުންގެ ހަނދާނުގައި އެ މުބާރާތް ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކުޅިވަރުގެ ރީތި ނަމޫނާއެއް ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް، ގަތަރާއި ސާބިއާ އަދި ޖަރުމަނަށް
ސެމީ ފައިނަލްގެ މެޗުތައް ބައްލަވަން ރައީސް ގަތަރަށް
ކޮކާކޯލާގެ ނަސީބުވެރިން ވޯލްޑް ކަޕް ބަލަން ގަތަރަށް!
ވޯލްޑް ކަޕް މެޗެއް ބައްލަވާލައްވަން ރައީސް ގަތަރަށް
ރައީސް، ގަތަރުގެ އަމީރާ ބައްދަލުކުރައްވައިފި
ގުޅުން ގާއިމްކުރަން ރައީސް ގަތަރަށް ފުރާވަޑައިގެންފި
ގުޅުން ގާއިމްކުރަން ރައީސް ގަތަރަށް ވަޑައިގަންނަވަަނީ
ގަތަރުން އުރީދޫއާއެކު ކުރާ މަސައްކަތްތައް ހަރުދަނާކުރަނީ
ޒަމީރު، ގަތަރުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި
ފޮރިން މިނިސްޓަރު ޒަމީރު ރަސްމީ ދަތުރެއްގައި ގަތަރަށް