12 ޑިސެމްބަރ 2022
ގަތަރުގައި ބާއްވާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގެ މެޗުތައް ބައްލަވާލައްވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މިރޭ އެ ގައުމަށް ފުރާވަޑައިގެންފި އެވެ.
ގަތަރުގައި ބާއްވާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގެ މެޗުތައް ބައްލަވާލައްވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މިރޭ އެ ގައުމަށް ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ރަސްމީ ދަތުރުފުޅުގައި ގަތަރުގައި މިހާރު ކުރިޔަށްދާ ފީފާ ވޯލްޑް ކަޕް 2022ގެ ސެމީ ފައިނަލް މެޗުތައް ބައްލަވާލެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ދަތުރުފުޅަކީ ގަތަރުގެ އަމީރު ޝައިހް ތަމީމް ބިން ހަމަދު އައްސާނީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ގަތަރުގައި ބާއްވާ ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު މިރޭ އެ ގައުމަށް ފުރާވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް
ވޯލްޑް ކަޕް ބައްލަވާލައްވަން ރައީސް ގަތަރަށް ވަޑައިގަންނަވާތީ ފާޑުކިޔުން ވެސް އަމާޒުވި އިރު އެކަމާ ގުޅިގެން މީގެ ކުރިން ރައީސް އޮފީހުން ބުނެފައި ވަނީ މެޗުގެ ޓިކެޓަށް ހަރަދުކުރައްވާނީ ރައީސް އަމިއްލަފުޅަށް ކަމަށެވެ. އެކަމަކު، ކެއުމާއި ހުރުން ހަމަޖައްސާނީ ގަތަރުން ކަމަށެވެ.
ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
ވޯލްޑް ކަޕްގެ ސެމީ ފައިނަލްއަށް ދަތުރުކޮށްފައި ވަނީ އާޖެންޓީނާ، ކްރޮއޭޝިއާ ފްރާންސް އަދި މޮރޮކޯ އެވެ. އޭގެ ތެރެއިން އާޖެންޓީނާ އާއި ކްރޮއޭޝިއާ ބައްދަލު ކުރާ މެޗު މާދަމާ ރޭ ރާއްޖެ ގަޑިން 12:00ގައި ފަށާއިރު، ފްރާންސްއާއި މޮރޮކޯ ބައްދަލު ކުރާ މެޗު އޮންނާނީ ޖެހިގެން އަންނަ ދުވަހުގެ އެ ވަގުތުގަ އެވެ.
ރައީސްގެ ކެއުމާއި ހުރުން ހަމަޖައްސާނީ ގަތަރުން
ދަތުރުފުޅަށް ފަހު ރައީސް ވަޑައިގެންފި
ރައީސް، ގަތަރާއި ސާބިއާ އަދި ޖަރުމަނަށް
ވޯލްޑް ކަޕުން ޔޫރަޕަށް ދިޔައީ މުސްލިމް ޝަވަރު
ސަގާފީ ހެދުން މެސީގެ ގަޔަށް، އަމީރުގެ މެސެޖެއްް
ކޮކާކޯލާގެ ނަސީބުވެރިން ވޯލްޑް ކަޕް ބަލަން ގަތަރަށް!
ވޯލްޑް ކަޕް މެޗެއް ބައްލަވާލައްވަން ރައީސް ގަތަރަށް
12 އަހަރުވަންދެން ގަތަރުން ކުރި މަސައްކަތް ފެނަށް
ސައުދީ އާއި ޖަޕާންގެ ނަތީޖާއިން ގަތަރަށް ހިތްވަރު
އަނގަމަތި ނިވާކޮށްގެން ޖަރުމަނުން ހަޅުތާލުކޮށްފި