12 މާޗް 2023
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ގަތަރާއި ޖަރުމަނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު މާލެ ވަޑައިގެންފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ގަތަރާއި ޖަރުމަނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު މާލެ ވަޑައިގެންފި އެވެ.
މިދިޔަ ހަފުތާގައި ފެއްޓެވި އެ ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ އެ ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަތީ ފަންތީގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ. އަދި އެ މަނިކުފާނު ވަނީ ދޯހާގައި ކުރިޔަށްދިޔަ އދ.ގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ފަސްވަނަ ކޮންފަރެންސްގެ ޖެނެރަލް ޑިބޭޓްގައި ވާހަކަފުޅު ދައްކަވައި، އ.ދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައިފަ އެވެ.
ހަމަ އެއާ އެކު މި ދަތުރުފުޅުގައި ރައީސް ވަނީ ސޭޝެލްސްގެ ރައީސާއި ފަލަސްތީނުގެ ރައީސާއި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ޓިމޯ-ލެސްޓޭގެ ރައީސާއި އދ.ގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ގުރޫޕުގެ ޗެއާ އަދި މަލާވީގެ ރައީސްގެ އިތުރުން އދ. ގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ފަސް ވަނަ ކޮންފަރެންސްގެ ހަވާސާގައި ސާބިއާގެ ރައީސާ ވެސް ބައްދަލުކުރައްވައިފަ އެވެ.
މި ބައްދަލުކުރެއްވުންތަކުގައި އެ މަނިކުފާނު ވަނީ ރާއްޖެ އާއި އެގައުމުތަކުގެ ދެމެދުގައި އޮތް ގާތް ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަވައި އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރައްވައިފަ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ދެވަނަ މަންޒިލެއްގެ ގޮތުން ވަޑައިގެންނެވީ ޖަރުމަންވިލާތަށެވެ. އެ މަނިކުފާނު ޖަރުމަނަށް ކުރެއްވި ދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ވެސް ބައިވެރިވެވަޑައިގަތެވެ.
ރައީސްގެ ދެކަނބަލުން ވަނީ ޖަރުމަންގެ މެސޭ ބާލިންގައި އޮތް ޓޫރިޒަމްގެ އެންމެ ބޮޑުފެއާ ކަމުގައިވާ، އިންޓަނޭޝަނަލް ޓުއަރިޒަމް ބޯސޭ (އައިޓީބީ) ބާލިން ފެއާއަށް ޒިޔާރަތް ކުރައްވައިފަ އެވެ.
މި ދަތުރުގައި ޖަރުމަނުގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސުލް ޖެނެރަލް، ކްރިސްޓިއަން ފޮން ސްޓެޓެން އަދި އޮނަރަރީ ކޮންސުލް، އެންޑްރިއާސް ޕީޓާ ވިއްޓެ ވަނީ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވި އެވެ. އަދި މި ދަތުރުފުޅުގެ އެންމެ ފަހުގެ ރަސްމީ ބައްދަލުވުމެއްގެ ގޮތުން ރައީސް ވަނީ ޖަރުމަނުގެ ރައީސާ ވެސް ބައްދަލުކުރައްވާފަ އެވެ.
ރައީސް، ގަތަރާއި ސާބިއާ އަދި ޖަރުމަނަށް
ސެމީ ފައިނަލްގެ މެޗުތައް ބައްލަވަން ރައީސް ގަތަރަށް
ރައީސްގެ ކެއުމާއި ހުރުން ހަމަޖައްސާނީ ގަތަރުން
ވޯލްޑް ކަޕް މެޗެއް ބައްލަވާލައްވަން ރައީސް ގަތަރަށް
ޝާން ޝާކިރު ޖަރުމަނުގެ ސަފީރަކަށް ހަމަޖައްސަނީ
ޖަރުމަނަށް ގޭސް ވިއްކަން ގަތަރުން އެއްބަސްވެއްޖެ
ތާލިބާނުން އެކަހެރިކޮށްގެން އުފެދޭނީ އިތުރު ހަމަނުޖެހުން: ގަތަރު
ރައީސް، ގަތަރުގެ އަމީރާ ބައްދަލުކުރައްވައިފި
ގުޅުން ގާއިމްކުރަން ރައީސް ގަތަރަށް ވަޑައިގަންނަވަަނީ
ލަތީފް ޖަރުމަނު ސަފީރަކަށް، ލަންކާއަށް އުމަރު