Roadha Mihaaru

ވެކޭޝަންސް އެކްްސްޕޯގައި ސަންލޭންޑް ޖާނީސް އިން ޕްރޮމޯޝަނެއް ބާއްވަނީ

އާޓް ގެލަރީގައި މާދަމާ ފަށާ ވެކޭޝަންސް އެކްސްޕޯގައި ހުންނަ ސަންލޭންޑް ޖާނީސްގެ ސްޓޯލްގައި އަގުހުރި އިނާމުތައް ލިބޭ ޕްރޮމޯޝަނެއް ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ވެކޭޝަންސް އެކްްސްޕޯގައި ސަންލޭންޑުން ޕްރޮމޯޝަނެއް
މަރިޔަމް ސާލިޔާ
މަރިޔަމް ސާލިޔާ

03 އޯގަސްޓް 2016

އާޓް ގެލަރީގައި މާދަމާ ފަށާ ވެކޭޝަންސް އެކްސްޕޯގައި ހުންނަ ސަންލޭންޑް ޖާނީސްގެ ސްޓޯލްގައި އަގުހުރި އިނާމުތައް ލިބޭ ޕްރޮމޯޝަނެއް ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސަންލޭންޑުން ބުނި ގޮތުގައި "ޑްރީމް ޑެސްޓިނޭޝަން"ގެ ނަމުގައި ފަށާ މި ޕްރޮމޯޝަންގައި، އެ ކުންފުނީގެ ސްޓޯލަށް ޒިޔާރަތް ކޮށްގެން ބައިވެރިވެވޭނެ އެވެ. އެގޮތުން އެ ސްޓޯލަށް ޒިޔާރަތް ކުރާ ކޮންމެ މީހަކަށް ވެސް ކޫޕަނެއް ދޭނެ ކަމަށް ސަންލޭންޑުން ބުނެ އެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ދޭ އިނާމުތަކުގެ ތެރޭގައި ސިންގަޕޫރު ދެކޮޅު ޓިކެޓް، ތައިލޭންޑުގެ ޕުކެޓް ދެކޮޅު ޓިކެޓް، މެލޭޝިއާގެ ކުއަލާ ލަމްޕޫރު ދެކޮޅު ޓިކެޓް އަދި އައްޑު ދެކޮޅު ޓިކެޓް ހިމެނެ އެވެ.

"މިއިން ކޮންމެ އިނާމެއްގައި ދެ މީހަކަށް ޓިކެޓް ލިބޭނެ. އަދި އެއާއެކު، ހަތަރު ދުވަހުގެ ހުރުން ވެސް ސަންލޭންޑުން ހިލޭ ދޭނެ،" އެ ކުންފުނީގެ މެނޭޖަރު މާކެޓިން އެންޑް ސޭލްސް ހުސެއިން ވިޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަންލޭންޑުގެ ސްޓޯލްގައި އެ ކުންފުނީގެ ފަހުގެ ފެއާތަކާއި ހޮލިޑޭ ޕެކޭޖުތަކާ ބެހޭ މައުލޫމާތު ވެސް ފޯރުކޮށްދޭނެ އެވެ. އަދި ސަންލޭންޑް ޓްރެވަލްސްއާ ގުޅިގެން ޑިޖިޓަލް އަދި ސޯޝަލް މީޑިއާގައި ވެސް ޕްރޮމޯޝަނެއް ފަށަން ރާވާފައިވާ ކަމަށް ވިޝާމް ވިދާޅުވި އެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ ފަހުކޮޅު އެވެ.