ސަންލޭންޑް ހޮޓެލްސްގެ އެއް ހިއްސާދާރު ހުސެއިން ހިލްމީ، ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރުކޮށްފި އެވެ.
ސަންލޭންޑް ހޮޓެލްސްގެ އެއް ހިއްސާދާރު ހުސެއިން ހިލްމީ، ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރުކޮށްފި އެވެ.
އޭނާ ހައްޔަރުކުރި ސަބަބެއް އަދިއެއް ނޭނގެ އެވެ. އަދި ހުސައިން ހިލްމީ މިހާރު ބަންދުކޮށްފައި ހުރީ އަތޮޅުވެހީގައި ކަމަށް ވެ އެވެ.
ހުސައިން ހިލްމީ ބަންދުކުރި މައްސަލައާ ގުޅޭ ތަފްސީލެއް އަދިއެއް ނުލިބެ އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ސަންލޭންޑް ހުސެއިން ހިލްމީގެ މައްޗަށް ފެބްރުއަރީ 2017 ގައި ވަނީ ހުކުމް ކޮށްފަ އެވެ.
މި ފައިސާ ދައްކަންޖެހޭ ކަމަށް ހުސެއިން ހިލްމީގެ ފަރާތުން ކޯޓުގައި އެއްބަސްވެ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެ އަހަރުގެ ޖުލައި މަހާ ހަމަ އަށް އެކި ފަހަރު މަތިން އެކި މިންވަރަށް ފައިސާ ދައްކައި، އެ ދަރަނި ޚަލާސް ކުރަން އޭނާ ހުށަހެޅުމުން، ނާޒިމްގެ ފަރާތުން އެ ހުށަހެޅުން ގަބޫލުކުރި އެވެ. އެހެންވެ، އެގޮތަށް ފައިސާ ދައްކަން ހުސައިން ހިލްމީގެ މައްޗަށް ކޯޓުގެ ހުކުމުގައިވަނީ އަންގައިފަ އެވެ.
އަދި އެ ހުކުމާ އެއްގޮތަށް ހުސައިން ހިލްމީ މިހާރު ވަނީ ފައިސާ ދައްކައި ނިންމަވައިފަ އެވެ.
ހުސައިން ހިލްމީ އަކީ ކުރީގެ ރައީސް މައުމޫންގެ ސަރުކާރުގައި ޔޫތު މިނިސްޓަރު ކަމާއި ފިޝަރީޒް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.
ހުސައިން ހިލްމީގެ ސަންލޭންޑް ޓްރެވަލްސް އަކީ ރާއްޖޭގައި ރިސޯޓުތައް ހިންގަމުން އަންނަ ކުންފުންޏެވެ.
ފެނަކައިގެ މައްސަލާގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފި
މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް
ގަވާއިދާ ހިލާފަށް ޑޮލަރު މާރުކުރަން އުޅެނިކޮށް ހައްޔަރު
މުޒާހަރާ އިން ހައްޔަރުކުރި ލީވާން ދޫކޮށްލައިފި
މީޑިއާ ބިލާ ދެކޮޅު މުޒާހަރާ އިން ލީވާން ހައްޔަރުކޮށްފި
ފޭކް ސްލިޕުން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި
ނިލަންދޫން ގެއްލުނު ކުއްޖާ ފެނިއްޖެ
މާފުށީ ޖަލުން 33 ފޯނު އަތުލައިގެންފި
އެސައިންމަންޓް ވިއްކާ ލަންކާ މީހަކު ނުހުއްޓުވިފައި
130ކިލޯގެ ޑްރަގު މައްސަލާގައި ހިމެނޭ ޝަހީބް ހޯދަނީ