މީޑިއާތައް ރެގިއުލޭޓްކުރާ ބިލް މިއަދު ފާސްކުރުމާ ދެކޮޅަށް މަޖިލީސް ދޮށުގައި ހެނދުނުން ފެށިގެން މުޒާހަރާކުރާ ނޫސްވެރިންގެ ތެރެއިން އަދަދުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު ހައްޔަރުކޮށްފި އެވެ.
16 ސެޕްޓެމްބަރ 2025
މީޑިއާތައް ރެގިއުލޭޓްކުރާ ބިލް މިއަދު ފާސްކުރުމާ ދެކޮޅަށް މަޖިލީސް ދޮށުގައި ހެނދުނުން ފެށިގެން މުޒާހަރާކުރާ ނޫސްވެރިންގެ ތެރެއިން އަދަދުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މުޒާހަރާގައި، ދައުލަތުގެ މުވައްޒަފުންގެ މަސައްކަތަށް ހުރަސްއަޅާފައިވާ މައްސަލައިގައި 40 އަހަރާއި 28 އަހަރުގެ ދެ ފިރިހެނުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން އެކަކީ ލީވާންކަން އާއްމުވެފައިވާ ވީޑީއޯ އިން ފެނެ އެވެ.
މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި އެ ބިލު ހުށަހެޅީ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު އަބޫބަކުރެވެ.
މީޑިއާ ބިލު އެކުލަވާލާފައި ވަނީ މިނިވަން މީޑިއާއަށް ހުރަސް އެޅޭ ގޮތަށް ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ނޫސްވެރިން ރައީސަށް ވެސް ހުށަހެޅި އެވެ.
ބިލު ބޭރުކޮށްލަން އެދި ރައީސާއި މަޖިލީހަށް ގިނަ އަދަދެއްގެ ނޫސްވެރިންގެ ސޮޔާ އެކު ޕެޓިޝަނެއް ހުށަހެޅިޔަސް އެ ކަމަށް ބެލުމެއް ނެތި ބިލުގެ މަސައްކަތް އަވަސް އަރުވާލައިގެން ނިންމާލީ އެވެ. އެ ޕެޓިޝަން ވެސް ވަނީ ކޮމެޓީން ބޭރުކޮށްލައިފަ އެވެ.
މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީން ދިފާއުކުރާ އެ ބިލަށް ހުށަހެޅި އިސްލާހުތަކާ އެކު ދިރާސާކުރުމުގެ މަސައްކަތް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ރޭ ނިންމައި ފާސްކުރި އެވެ.
ބިލު އިއްޔެ ފާސްކުރި ފަހުން، އެ ބިލަށް ކައުންސެލް ޖެނެރަލްގެ ރިކޮމެންޑޭޝަންތަކެއް ލިބިގެން އެ ކަންކަން ވެސް ބިލުގައި ހިމެނުމަށް މިއަދު ބޭއްވި ކޮމެޓީގައި ޕީއެންސީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ބިލު ފާސްކުރި އެވެ. އެ ކަމާ ދެކޮޅަށް ވޯޓު ދެއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް ނަސީމް އެކަންޏެވެ.
އެ ބިލު މަޖިޅިހުން ފާސްކުރަން ތައްޔާރުވަމުން އަންނައިރު ބިލު ބޭރުކުރަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި ބޭރުގެ އެކި ޖަމިއްޔާތައް ހިމެނޭ ގޮތަށް 21 ޖަމިއްޔާއަކުން ގޮވާލާފައިވެ އެވެ. ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ ވަރު ބަލައި ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ޖަމިއްޔާ "ރިޕޯޓާސް ވިތައުޓް ބޯޑާސް" ވެސް ވަނީ ބިލަކީ މިނިވަން މީޑިއާއަށް އޮތް ނުރައްކަލެއް ކަމަށް ބުނެ ބިލު އަނބުރާ ގެންދަން ގޮވާލައިފަ އެވެ.
އެކަމަކު ސަރުކާރުން ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ބިލް ފާސްކޮށްފައި ވަނީ، ނޫސްވެރިން ބޭނުންވި އިސްލާހުތަކާ އެކުގައި ކަަމަށެވެ. މިނިވަންކަމާ އެކު ނޫސްވެރިކަން ކުރަން އެ ބިލުން ނޫސްވެރިންނާއި މީޑިއާތަކަށް ހުރަހެއް ކުރިމަތިނުވާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.
ނޫސްވެރިއަކު ނެގި ފޮޓޯއެއް ޑިލީޓް ކުރުވި މައްސަލައެއް
ނޫސްވެރިން ކޮއްޕައި ވެއްޓި މައްސަލަ ބަލަނީ
ނޫސްވެރިންނަށް އަނިޔާ ދިނުމަކީ ނިޔަތެއް ނޫން: ފުލުހުން
ނޫސްވެރިން "ހޭއަރުވާލާނަމޭ" ބުނި މައްސަލަ ބަލަންޖެހޭ
ނޫސްވެރިއަކަށް އިންޒާރުދިން މައްސަލަ ބަލައިދޭން އެދިއްޖެ
ގާނޫނީ ހުރަހެއް ނެތަސް މި މަންޒަރު ރީއްޗެއް ނޫން!
ޗެނަލް 13ގެ ނޫސްވެރިޔަކަށް އަނިޔާކުރި ކަމަށް ބުނެފި
ޗެނަލް13 ގެ ނޫސްވެރިއެއްގެ ބޯ ފަޅާލައިފި
މުޒާހަރާ ރޫޅާލުމުގައި ނޫސްވެރިންނާއި އާންމުންނަށް އަނިޔާ
މީޑިއާގެ ފޭކު ފާސްތަކެއް ބޭނުންކުރާ މައްސަލައެއް!