ހުޅުމާލޭގެ "ފިޔަވަތި" ގައި ހިނގަމުންދާ ކަންކަމާ ދެކޮޅަށް ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނުން މިރޭ މާލޭގައި ކުރާ މުޒާހަރާ ރޫޅައިލުމުގެ ތެރޭގައި އާންމުންނާއި ބައެއް ނޫސްވެރިންނަށް ވެސް ފުލުހުން އަނިޔާ ކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ތުހުމަތު ކޮށްފި އެވެ.
19 ސެޕްޓެމްބަރ 2021
ހުޅުމާލޭގެ "ފިޔަވަތި" ގައި ހިނގަމުންދާ ކަންކަމާ ދެކޮޅަށް ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނުން މިރޭ މާލޭގައި ކުރާ މުޒާހަރާ ރޫޅައިލުމުގެ ތެރޭގައި އާންމުންނާއި ބައެއް ނޫސްވެރިންނަށް ވެސް ފުލުހުން އަނިޔާ ކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ތުހުމަތު ކޮށްފި އެވެ.
ޕީޕީއެމްގެ އޮފީސް ކުރިމަތިން މިރޭ 8 ޖަހާކަންހާއިރު ފެށި މުޒާހަރާ ރޫޅައިލުމުގެ ތެރޭގައި ޗެނަލް13 ގެ ނޫސްވެރިޔާ މުހައްމަދު ސަމާއުގެ ބޯ ފަޅައިގެން ގޮސް އަދި އެހެން ބައެއް މީޑިއާތަކުގެ ނޫސްވެރިންނަށް ވެސް ވަނީ އަނިޔާވެފަ އެވެ.
ސަމާއުގެ ބޯ ފަޅައިގެން ގޮސްފައި ވަނީ މަޖީދީ މަގާއި ޗާންދަނީ މަގާ ގުޅޭ ކަންމަތީގައި އާންމުންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގެ ތެރެއިންނެވެ. ސަމާއުގެ އިތުރުން ޗެނަލް 13 ގެ ކެމެރާމަން މުހައްމަދު ޝަހީމް އަށް ވެސް އަނިޔާވި އެވެ. އެ ދެ ނޫސްވެރިންނަށް ފަރުވާ ދިނުމަށް މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި މުޒަހާރާގައި ބައެއް ނޫސްވެރިންނަށް އަނިޔާވެފައި.-- ފޮޓޯ: ކޭޑު
ބައެއް ނޫސްވެރިން ބުނާގޮތުގައި، މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ފުލުހުން މީޑިއާ ފާހަށް ވެސް ބެލުމެއް ނެތެވެ. އަދި ނޫސްވެރިންނާ މެދު ވެސް އަމަލުކުރީ މުޒާހަރާގެ ބައިވެރިންނާ އެއް އުސޫލަކުން ކަމަށް މުޒާހަރާ ކަވަރު ކުރަން ހަރަކާތްތެރިވި ބައެއް ނޫސްވެރިން ބުނެ އެވެ.
މުޒާހަރާ ރޫލައިލުމުގެ ތެރޭގައި ފުލުހުން އާދަޔާ ހިލާފަށް ބާރުގެ ބޭނުންކޮށް، ޝީލްޑުން ކޮއްޕައި ބައެއް މީހުންނަށް "ގަސްދުގައި އަނިޔާކުރި" ކަމަށް މުޒާހަރާގެ ބައެއް ބައިވެރިން ބުނެ އެވެ.
އެއްވުން ފެށިތަނާ ވަކި ހިސާބަކުން، މުޒާހަރާ ކުރަން ފުރުސަތު ނުދޭނެ ކަމަށް ބުނެ، ގާނޫނީ އިންޒާރު ދިނުމަށް ފަހު، ބާރުގެ ބޭނުންކޮށްގެން ފުލުހުން މުޒާހަރާ ރޫޅައިލި އެވެ. އެއާކު މުޒާހަރާގެ ބައިވެރިން މާލޭގެ އެކި ސަރަހައްދުތަކަށް ބެހިގަތެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި މުޒަހާރާގައި ބައެއް ނޫސްވެރިންނަށް އަނިޔާވެފައި.-- ފޮޓޯ: ކޭޑު
މި ވަގުތު އެއް ބަޔަކު ސޯސަން މަގުގައި ތިބިއިރު، ޗާންދަނީ މަގާއި މަޖީދީ މަގު ކަންމަތީގައި ވެސް ދަނީ މުޒާހަރާ ކުރަމުންނެވެ.
މުޒާހަރާ ރޫޅައިލަން ފުލުހުން ވަނީ ޝީލްޑާއި ޕެޕާ ސްޕްރޭ ބޭނުންކޮށްފަ އެވެ. މި ކުރިމަތިލުންތަކާ ބައެއް އާންމުންނަށް އަނިޔާވެގެން ފަރުވާ އަށް ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ނަމަވެސް ލިބުނު އަނިޔާތަކުގެ ތަފުސީލެއް އަދި ނުލިބެ އެވެ.
މި މުޒާހަރާގެ ތެރެއިން ބައެއް މީހުން ވަނީ ހައްޔަރު ވެސް ކޮށްފަ އެވެ.
މި މުޒާހަރާގައި އިދިކޮޅު ކޯލިޝަންގެ ބައެއް އިސްވެރިންނާއި ސަޕޯޓަރުން ވެސް ބައިވެރިވެ އެވެ. ފިޔަވަތީގައި ހިނގާ ކަންކަމާ ދެކޮޅަށް ބާއްވާ މުޒާހަރާއެއް ކަމަށް ބުނި ނަމަވެސް، މުޒާހަރާގެ ބައިވެރިން ވަނީ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށާއި އަދުލު އިންސާފު ގާއިމް ކުރުމަށް ވެސް ގޮވާލައިފަ އެވެ.
ގާނޫނީ ހުރަހެއް ނެތަސް މި މަންޒަރު ރީއްޗެއް ނޫން!
ޗެނަލް13 ގެ ނޫސްވެރިއެއްގެ ބޯ ފަޅާލައިފި
ނޫސްވެރިންނަށް އަނިޔާ ދިނުމަކީ ނިޔަތެއް ނޫން: ފުލުހުން
ނޫސްވެރިންނަށް އަނިޔާވި މައްސަލަ ބަލަން ގޮވާލައިފި
ގާނޫނަށް ބުރޫ އަރާ ކަމެއް ނުކުރަން އިންޒާރު ދީފި
މުޒާހަރާކުރާ މީހުން ޓްރެފިކްހުއްޓުވާ މައްސަލަ ބޮޑުވެއްޖެ
އަނިޔާވި ޗެނަލް13 ގެ ނޫސްވެރިޔާ ފަރުވާއަށް ލަންކާއަށް
މުޒާހަރާގެ ތެރެއިން ދެ ނޫސްވެރިއަކަށް އަނިޔާވެއްޖެ
ނޫސްވެރިން "ހޭއަރުވާލާނަމޭ" ބުނި މައްސަލަ ބަލަންޖެހޭ
"ގޮތް ނޭނގޭ" މި މީހާ އަށް އެތައް ތުހުމަތެއް!