އިދިކޮޅު ފަރާތްތަކުން މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން ބައެއް ނޫސްވެރިންނަށް އަނިޔާވިޔަސް އެ ނިޔަތުގައި އެއްވެސް ކަމެއް ނުކުރާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
06 ފެބުރުއަރީ 2023
އިދިކޮޅު ފަރާތްތަކުން މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން ބައެއް ނޫސްވެރިންނަށް އަނިޔާވިޔަސް އެ ނިޔަތުގައި އެއްވެސް ކަމެއް ނުކުރާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ފުލުހުން އެހެން ބުނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލިހަށް މިއަދު ރިޔާސީ ބަޔާނާ އިއްވެވުމާ ދިމާކޮށް، ޕީޕީއެމް/ޕީއެންސީން ސޯސަން މަގުގައި ކުރި މުޒާހަރާ ކަވަރު ކުރަން އުޅުނު ޗެނަލް13 ގެ ދެ ނޫސްވެރިއަކަށް އަނިޔާވުމާ ގުޅިގެންނެވެ. އޭގެ ތެރެއިން އެއް ނޫސްވެރިއެއްގެ ހާލު ސީރިއަސްވެ ސްރީ ލަންކާ އަށް މިހާރު ވަނީ އިތުރު ފަރުވާ އަށް ފުރުވާލައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ފުލުހުން މިރޭ ބުނީ، މިހާތަނަށް ބެލި ބެލުމުން ފުލުހުންގެ ފަރާތުން ނޫސްވެރިންނަށް އަނިޔާ ދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.
އެ ނޫސްވެރިޔާ ވެއްޓުނީ ފުލުހުން މުޒާހަރާ ރޫޅާލުމަށް ޝީލްޑްތަކާއެކު ކުރިޔަށް ޖެހެމުން ދިޔައިރު އެއްވުމުގެ ބައިވެރިން ނޫސްވެރިންގެ ގައިގައި އަޅައި ކޮއްޕުމާއި ނޫސްވެރިން ޝީލްޑް ތަކުގައި އަޅައި ކޮއްޕުން ފަދަ ކަންކަމުގެ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ.
"ހާދިސާގައި ކަން ހިނގާފައިވާ ގޮތުގެ ފުރިހަމަ ރިވިއުއެއް ޕްރޮފެޝަނަލް ސްޓަންޑަޑްސް ކޮމާންޑުން ގެންދަނީ ކުރަމުންނެވެ،" ފުލުހުން ބުންޏެވެ.
ޕީޕީއެމް/ޕީއެންސީން ބުނެފައިވާ ގޮތުގައި މުޒާހަރާ ރޫޅާލުމުގެ ތެރެއިން ދެ ނޫސްވެރިންނާއި އާންމުންގެ ހަތަރު މީހަކަށް އެކި ވަރުގެ އަނިޔާ ވަނީ ލިބިފަ އެވެ. އޭގެ އިތުރުން 11 މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.
މުޒާހަރާ ރޫޅާލުމަށް ފުލުހުން އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ބާރުގެ ބޭނުންކުރި ކަމުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފަ އެވެ.
އަނިޔާވި ޗެނަލް13 ގެ ނޫސްވެރިޔާ ފަރުވާއަށް ލަންކާއަށް
މުޒާހަރާގެ ތެރެއިން ދެ ނޫސްވެރިއަކަށް އަނިޔާވެއްޖެ
ނޫސްވެރިން "ހޭއަރުވާލާނަމޭ" ބުނި މައްސަލަ ބަލަންޖެހޭ
ގާނޫނީ ހުރަހެއް ނެތަސް މި މަންޒަރު ރީއްޗެއް ނޫން!
ނޫސްވެރިންނަށް އަނިޔާވި މައްސަލަ ބަލަން ގޮވާލައިފި
ޗެނަލް13 ގެ ނޫސްވެރިއެއްގެ ބޯ ފަޅާލައިފި
މުޒާހަރާ ރޫޅާލުމުގައި ނޫސްވެރިންނާއި އާންމުންނަށް އަނިޔާ
ޗެނަލް 13ގެ ނޫސްވެރިޔާ އަށް އެއްވުމުން ޖެއްސުންކޮށްފި
މީޑިއާގެ އަމަލު ހުރީ އެއްވި މީހުންނާ އެއް ހަމައެއްގައި
މީޑިއާތަކަށް ފިޔަވަޅު އަޅަން ގޮވާލައިފި