މީޑިއާ ކޮންޓްރޯލް ކުރުމާ ގުޅޭ ބިލާ ދެކޮޅަށް ރައްޔިތުންގެ މަޖިލިސް ސަރަހައްދުގައި މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ދެ މީހުން މިރޭ ދޫކޮށްލައިފި އެވެ.
16 ސެޕްޓެމްބަރ 2025
މީޑިއާ ކޮންޓްރޯލް ކުރުމާ ގުޅޭ ބިލާ ދެކޮޅަށް ރައްޔިތުންގެ މަޖިލިސް ސަރަހައްދުގައި މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ދެ މީހުން މިރޭ ދޫކޮށްލައިފި އެވެ.
މަޖިލިސް ކުރާ ސަރަހައްދުގައި ބޭއްވި އެއްވުން ރޫޅާލުމުގެ ތެރޭގައި، ދައުލަތުގެ މުވައްޒަފުންގެ މަސައްކަތަށް ހުރަސްއެޅި މައްސަލައިގައި އަދަދުގެ ނޫސްވެރިޔާ، މީޑީއާ ކައުންސިލްގެ މެމްބަރު ލީވާން އަލީ ނަސީރުގެ އިތުރުން ޓެކްސީ ޑްރައިވަރު ޝާމިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
ނަމަވެސް، ފުލުހުންގެ ބަންދުގައި ދެ ތިން ގަޑިއިރު ބޭތިއްބުމަށްފަހު އެއްވެސް ޝަރުތެއް ނެތި ލީވާން އަދި ޝާމިން ވެސް ވަނީ ދޫކޮށްލައިފަ އެވެ.
މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި ސަރުކާރުގެ ފަރާތުން ބިލު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު އަބޫބަކުރެވެ.
ނަމަވެސް، ނޫސްވެރިންނާއި މީޑިއާތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި އެ ބިލް ވަނީ ފާސްކޮށްފަ އެވެ.
އެކަމަކު ސަރުކާރުން ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ބިލް ފާސްކޮށްފައި ވަނީ، ނޫސްވެރިން ބޭނުންވި އިސްލާހުތަކާ އެކުގައި ކަަމަށެވެ. މިނިވަންކަމާ އެކު ނޫސްވެރިކަން ކުރަން އެ ބިލުން ނޫސްވެރިންނާއި މީޑިއާތަކަށް ހުރަހެއް ކުރިމަތިނުވާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ. އެކަމަކު، ނޫސްވެރިންގެ ޖަމިއްޔާއިން ގޮވާލާފައިވަނީ އެ ބިލު އަނބުރާ ނެގުމަށެވެ.
ހަމަނުޖެހުމަށް ހިތްވަރު ދިންކަމަށް ބުނެ ހައްޔަރު
ފަރާތަކަށް ބުރަނުވެ މައުލޫމާތު ފޯރުކޮށްދޭން އެދިއްޖެ
ނޫސްވެރިއަކު ނެގި ފޮޓޯއެއް ޑިލީޓް ކުރުވި މައްސަލައެއް
ނޫސްވެރިއަކަށް ފުރައްސާރަކުރި މައްސަލައެއް ބަލަނީ
ދެ މީޑިއާއަކަށް އިންޒާރު ދިނުން ކުށްވެރިކޮށްފި
ނޫސްވެރިންނަށް އަނިޔާ ދިނުމަކީ ނިޔަތެއް ނޫން: ފުލުހުން
އޭސީޕީ ރިޔާޒާ ގުޅިގެން ދެއްކި ވާހަކަ ދޮގުކޮށްފި
ނޫސްވެރިން "ހޭއަރުވާލާނަމޭ" ބުނި މައްސަލަ ބަލަންޖެހޭ
ނޫސްވެރިންނަށް އަނިޔާވި މައްސަލަ ބަލަން ގޮވާލައިފި
މީޑިއާގެ ފޭކު ފާސްތަކެއް ބޭނުންކުރާ މައްސަލައެއް!