19 ފެބުރުއަރީ 2017
ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ސަންލޭންޑް ހޮޓެލްސްގެ އެއް ހިއްސާދާރު ހުސެއިން ހިލްމީގެ މައްޗަށް މިދިޔަ ބުރާސްފަތިދުވަހު ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ސަންލޭންޑް ހޮޓެލްސްގެ އެއް ހިއްސާދާރު ހުސެއިން ހިލްމީގެ މައްޗަށް މިދިޔަ ބުރާސްފަތިދުވަހު ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި 11 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވާ، އެކަމަކު ވަގުތީ ގޮތުން ގޭ ބަންދުގައި މިހާރު ހުންނެވި ނާޒިމަށް 2.3 މިލިއަން ރުފިޔާ ދައްކަން ކުރީގެ ރައީސް މައުމޫންގެ ސަރުކާރުގައި ޔޫތު މިނިސްޓަރު ކަމާއި ފިޝަރީޒް މިނިސްޓަރުކަން ކުރެއްވި، މއ. ވާހާރި، ހުސައިން ހިލްމީގެ މައްޗަށް ހުކުމް އައީ ދެ ފަރާތުގެ ދެމެދު ކުރެވުނު މުއާމަލާތެއްގެ ދަށުން، އެ ފައިސާ ނާޒިމަށް ލިބެންޖެހޭ ކަމަށް ބުނެ އޭނާ ދައުވާ ކުރެއްވުމުންނެވެ.
ސުޕްރީމް ކޯޓުގައި އޮތް އިސްތިއުނާފުގެ ޝަރީއަތަކަށް ނާޒިމް ވަޑައިގަންނަވަނީ: އޭނާ އަށް ދެ މިލިއަން ރުފިޔާ ދިނުމަށް ސަންލޭންޑް ހުސެއިން ހިލްމީ އަށް ކޯޓުން ވަނީ އަންގާފައި.---ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު
މި ފައިސާ ދައްކަންޖެހޭ ކަމަށް ހުސެއިން ހިލްމީގެ ފަރާތުން ކޯޓުގައި އެއްބަސްވެ، މި މަހުން ފެށިގެން އަންނަ ޖުލައި މަހާ ހަމަ އަށް އެކި ފަހަރު މަތިން އެކި މިންވަރަށް ފައިސާ ދައްކައި، އެ ދަރަނި ޚަލާސް ކުރަން އޭނާ ހުށަހެޅުމުން، ނާޒިމްގެ ފަރާތުން އެ ހުށަހެޅުން ގަބޫލުކުރި އެވެ. އެހެންވެ، އެގޮތަށް ފައިސާ ދައްކަން ހުސެއިން ހިލްމީގެ މައްޗަށް ކޯޓުގެ ހުކުމުގައިވަނީ އަންގައިފަ އެވެ.
ނަމަވެސް ކާސްޓް އަވޭ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏެއްގެ ނަމުގައި ބޭންކް އޮފް ސިލޯންގެ މާލޭ ބްރާންޗްގައި ހުރި އެކައުންޓަކުން ނާޒިމަށް ދޫކޮށްފައިވާ އެއްވެސް ޗެކަކަށް ފައިސާ ލިބިއްޖެ ނަމަ، އެ ފައިސާއަކީ ހުސެއިން ހިލްމީ ދައްކަންޖެހޭ އެ ދަރަނިން އުނި ކުރެވޭނެ ފައިސާއެއް ކަމަށް ހުކުމުގައިވެ އެވެ. އެ ޗެކްތަކަކީ ހުސެއިން ހިލްމީގެ ބޭނުމަކަށް ނާޒިމަށް ދޫކޮށްފައިވާ ޗެކްތަކެއް ކަމަށް ހުކުމުގައި ވެ އެވެ.
ހުސެއިން ހިލްމީގެ ސަންލޭންޑަކީ އެކި ރިސޯޓްތައް ހިންގަމުން އަންނަ ކުންފުންޏެކެވެ.
ނާޒިމްގެ އާއިލީ މަސްލަހަތު އޮންނަ އާރްސީސީ ކުންފުނިން ވަނީ ކުރީގެ ރައީސް މައުމޫންގެ ހަތަރު ބޭފުޅުންނާ ދެކޮޅަށް ވެސް، ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ދައުވާކޮށްފަ އެވެ. އެ ދައުވާ ކުރަނީ އެ ހަތަރު ބޭފުޅުންގެ ނަމުގައި އޮތް ބިމެއްގައި އިމާރާތް ކޮށް ދިނުމުން ފައިސާ ނުދޭ ކަމަށް ބުނެއެވެ.
ނާޒިމްގެ އެޕީލް ތައްޔާރުކޮށްދިނިން: ޕްރިމިއާ ޗެމްބާސް
ހޯދަން އުޅެނީ ނާޒިމް އެއްބަސް ނުވާ އަގެއް: ވަކީލު
ނާޒިމް އަތުން 1.3މިލިއަން ރުފިޔާ ހޯދަން ދައުވާކޮށްފި
3.7 މިލިއަން ޑޮލަރު ދޭން ހިލްމީ އަށް ހުކުމްކޮށްފި
ނާޒިމްގެ ގެއިން ފިސްތޯލަ ފެނުނު މައްސަލަ އަލުން ބަލަނީ
ރޭވުމަކީ ނާޒިމްގެ ސިޔާސީ ހަޔާތް ނެތިކޮށްލުން: ވަކީލް
ނާޒިމްގެ ވާހަކަތައް މުއާޒު ދޮގުކުރައްވައިފި
ނާޒިމްގެ ތުހުމަތު ރައީސް ޔާމީނާއި ހުސެއިން ވަހީދަށް!
ނާޒިމް، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވަނީ
ދެ މިލިއަން ދައްކަން މައުމޫންގެ ބޭފުޅުންނަށް ޖެހިއްޖެ