12 ނޮވެމްބަރ 2018
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ނުހައްގުން ޖަލަށް ލައި އަނިޔާ ދިނުމުގައި ރައީސް އަބްދުﷲ ޔާމީންގެ ސީދާ ބައިވެރިވުން ހިމެނޭ ކަމަށް ވިދާޅުވެ، ނާޒިމް ދެއްކެވި ވާހަކަތަކައް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ މިއަދު ދޮގުކުރައްވައިފި އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ނުހައްގުން ޖަލަށް ލައި އަނިޔާ ދިނުމުގައި ރައީސް އަބްދުﷲ ޔާމީންގެ ސީދާ ބައިވެރިވުން ހިމެނޭ ކަމަށް ވިދާޅުވެ، ނާޒިމް ދެއްކެވި ވާހަކަތަކައް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ މިއަދު ދޮގުކުރައްވައިފި އެވެ.
ޓެރަރިޒަމްގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ނާޒިމް ބޭސްފަރުވާ އަށް މެލޭޝިއާގައި ހުންނަވަނިކޮށް، އޭނާގެ ހުކުމް ތަންފީޒުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ވަނީ އަމުރުކޮށްފަ އެވެ. އެހެންވެ، މިނިވަނެއްގެ ގޮތުގައި ރޭ ރާއްޖެ ވަޑައިގެން އޭނާ ވަނީ، ޖަލަށް ލި މަައްސަލައިގައި ފުރަތަމަ ފަހަރަށް މީޑިއާގައި ވާހަކަ ދައްކަވައިފަ އެވެ.
ނާޒިމް ޖަލަށް ލީ، އޭނާ ދިރިއުޅުއްވި ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލައިގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގަ އެވެ.
"Kureege Defence Minister @nazim7878 Raeesuljumhooriyyaa aa gulheygothun heddhevee ithurufulheh. Kushehge thuhumathah fuluhun thaneh balaa faas kurumugai, ei sarukaaruge vazeereh dhirulhuvvaa thaneh namaves, fuluhun Raeesuljumhooriyyaa ge huddha hoaddhavan..
— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV) November 12, 2018
1/3
ރައީސް އޮފީހުގެ ތަރުޖަމާނު މުއާޒު ކުރެއްވި ޓްވީޓް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނާޒިމް ވަނީ އޭނާގެ ކުށެއް ނެތި ޖަލަށް ލުމުގައި ރައީސް ޔާމީނާއި އޭރުގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދުގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރައްވައިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޑިފެންސް މިނިސްޓަރަކު ދިރިއުޅުއްވާ ގެއަކަށް، އެއިރަކު ހުންނަވާ ރައީސެއްގެ ހުއްދަ ނެތި ފުލުހުންނަކަށް ނުވަދެވޭނެ އެވެ.
އެ ވާހަކަތައް ދޮގުކުރައްވައި ރައީސް އޮފީހުގެ ތަރުޖަމާން މުއާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީނާ ގުޅޭގޮތުން ނާޒިމް ހެއްދެވީ ދޮގެއް ކަމަށެވެ. އަދި ކުށެއްގެ ތުހުމަތަށް ވަޒީރެއްގެ ގެއެއް ކަމަށް ވިޔަސް، އެ ގެއެއް ފުލުހުން ފާސްކުރުމުގައި ހުއްދަ ހޯދަން ޖެހޭ ގޮތަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އެއްވެސް އިރެއްގައި އަންގާފައި ނުވާނެ ކަމަށް މުއާޒް ވިދާޅުވި އެވެ.
"ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ވެސް އެ ފަދައިން އަމަލު ކުރައްވައިފައެއް ނުވާނެ. ރައީސް ދެކެވަޑައިގަންނަވާ ގޮތުގައި، ފުލުހުންގެ މަސައްކަތަކީ އެންމެހައި ނުފޫޒުތަކުން އެއްކިބާވެފައިވާ، މިނިވަންކަމާ އެކު ކުރެވެން ޖެހޭ މަސައްކަތެއް،" މުއާޒްގެ ޓްވީޓެއްގައި ވެ އެވެ. "އެހެންކަމުން ވަކި ބޭފުޅަކު ދިރިއުޅުއްވާ ތަނަކަށް ފުލުހުން ވަނުމާއި ނުވަނުން ބިނާވެފައި އޮންނާނީ ރައީސްގެ އަތްޕުޅުމަތީގައެއް ނޫން."
kurevenjehey masakkatheh. Ehen kamun vaki beyfulhaku dhiriulhuvvaa thanakah fuluhun vanumaai nuvanun binaavefai onnaanee Raees ge aiypulhumatheega eh noon!" -im
— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV) November 12, 2018
3/3
ރައީސް އޮފީހުގެ ތަރުޖަމާނު މުއާޒު ކުރެއްވި ޓްވީޓް
ނާޒިމް ޖަލަށް ލި މައްސަލައިގައި އޭނާ ރައީސް ޔާމީނަށް ތުހުމަތުތަކެއް ކުރެއްވިއިރު، އެކަން ހިނގައި ދިޔަ ގޮތް އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް ޔާމީން ވަނީ ތަފާތު އެކި ފަހަރު މަތިން ވިިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ނާޒިމަށް ތުހުމަތު ކުރެވެމުން ދިޔައިރު ވެސް މަގާމުން ވަކިނުކުރައްވައި މަޑުކުރެއްވީ ފުލުހުންގެ ތަހުގީގުން ކަން ހިނގި ގޮތް މުޅިން ސާފުވަންދެނެވެ.
ނާޒިމް ޖަލަށް ލީ ކުށެއް ނެތި، ފްރޭމްކުރުމަށް ފަހު ކަމަށް ބުނަމުން ދަނިކޮށް، އެ ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ފަހުން ބުނެފަ އެވެ. ފިސްތޯލަ އިން ނާޒިމްގެ އިނގިލީގެ ނިޝާނެއް ވެސް އަދި އޭނާގެ ޑީއެންއޭ ވެސް ފެނިފައެއް ނުވެ އެވެ.
ނާޒިމްގެ ތުހުމަތު ރައީސް ޔާމީނާއި ހުސެއިން ވަހީދަށް!
ރޭވުމަކީ ނާޒިމްގެ ސިޔާސީ ހަޔާތް ނެތިކޮށްލުން: ވަކީލް
ނާޒިމްގެ މައްޗަށް ކުށް ސާބިތުވެގެން ނުވާނެ: ފާއިޒް
ބަރު ހިތެއް ނެތް، އެންމެންނަށް މާފުކޮށްފިން: ނާޒިމް
ނާޒިމްގެ ގެއިން ފިސްތޯލަ ފެނުނު މައްސަލަ އަލުން ބަލަނީ
ނާޒިމް ފްރޭމްކުރި މައްސަލަ ތަހުގީގުކޮށްދޭން އެދިއްޖެ
އިސްތިގުލާލަށް ގެއްލުން ދޭން ނާޒިމް ނޫޅޭ: ރިޔާޒް
"ބޭރުގެނުފޫޒާއެކު ވެރިކަން ގާއިމްކުރަން ނާޒިމް އުޅުނު"
އާޒިމަށް ދައުވާ ނުކުރަން ޕީޖީން ނިންމައިފި
ރާއްޖޭގެ ފަނޑިޔާރު ގެއަށް ފާޑެއް ނުކިޔޭނެ: ރައީސް