30 ޖެނުއަރީ 2017
ރާއްޖޭގެ ދާޚިލީ ކަންކަމާއި ސިޔާދަތާ ބެހި، ބޭރުގެ އެކި ޖަމިއްޔާތަކާއި ޖަމާއަތްތަކުން ނިންމާ ނިންމުންތަކަށް އެމަނިކުފާނުގެ ސަރުކާރަށް އަތްތިލަބަޑި ނުޖެހޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ދާޚިލީ ކަންކަމާއި ސިޔާދަތާ ބެހި، ބޭރުގެ އެކި ޖަމިއްޔާތަކާއި ޖަމާއަތްތަކުން ނިންމާ ނިންމުންތަކަށް އެމަނިކުފާނުގެ ސަރުކާރަށް އަތްތިލަބަޑި ނުޖެހޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ގިނަ އަދަދެއްގެ ކައުންސިލަރުން ވެރިކަންކުރާ ޕީޕީއެމަށް ސޮއިކުރުން ފާހަގަކުރަން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދޫކޮށްލަން ޖެހޭ ކަމަށް އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ނިންމި ނިންމުމަށް ނުސީދާކޮށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވައިފަ އެވެ.
ރައީސް ޔާމީން ވިދާޅުވީ އދ. އަކީ ރާއްޖެ ބައިވެރިވެފައިވާ ޖަމާއަތަކަށް ވިއަސް އެ ޖަމާއަތުގެ ޗާޓަރުގައި ވެސް ރާއްޖެ އަށް ނުކުރެވޭނެ ކަންކަން ހިމެނޭ ކަމަށެވެ. މިސާލެއް ނަންގަވައި ވިދާޅުވީ މިނިވަންކަމާ އެކު ހުރިހާ ދީނަކަށް އުޅުމުގެ މިނިވަންކަން އދ. ގެ ޗާޓަރުގައި ހިމެނޭ ކަމަށެވެ. އެކަމަކު އެއީ ރާއްޖޭގައި ތަންފީޒު ކުރެވޭނެ ކަމެއް ނޫން ކަމަށާއި ހަމަ އެގޮތަށް، ރާއްޖޭގެ ކޯޓުތަކުގެ ނިންމުންތަކަށް ފާޑުކިއުމުގެ ފުރުސަތެއް އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އަޅުގަނޑުމެންގެ މައްޗަށް ލާޒިމް މި ކުރަނީ ދިވެހިރާއްޖޭގެ ތިން މަރުހަލާގެ ކޯޓުން ނިންމާ ކަމެއް ނިންމީމާ، އެއީ ދިވެހި ހުރިހާ ރައްޔިތުން ކިޔަމަންތެރިވެ، އެއަށް ބޯލެނބުން ލާޒިމް ކުރާ ކަމެއްގެ ގޮތުގައި. --ރައީސް
ޕީޕީއެމަށް ސޮއިކުރެއްވި ކައުންސިލަރަކާ ރައީސް ސަލާމްކުރައްވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
"ބައިނަލްއަގުވާމީ މުޖުތަމައަކަށް ވެސް ލިބިގެން ނުވޭ [ރާއްޖޭގެ ފަނޑިޔާރުގެއަށް] ފާޑުކިއުމުގެ ހައްގެއް. އަޅުގަނޑުމެންގެ ގާނޫނުއަސާސީ އަޅުގަނޑުމެންގެ މައްޗަށް ލާޒިމް މި ކުރަނީ ދިވެހިރާއްޖޭގެ ތިން މަރުހަލާގެ ކޯޓުން ނިންމާ ކަމެއް ނިންމީމާ، އެއީ ދިވެހި ހުރިހާ ރައްޔިތުން ކިޔަމަންތެރިވެ، އެއަށް ބޯލެނބުން ލާޒިމް ކުރާ ކަމެއްގެ ގޮތުގައި،" ރައީސް ވިދާޅުވި އެވެ.
ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ނާޒިމް ދޫކޮށްލަން އދ.ގެ ނިންމުމަށް ސަރުކާރުން އަމަލުކުރަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގޮވާލައްވައިފަ އެވެ.
ރައީސް ވިދާޅުވީ ޖަމިއްޔާ ޖަމާއަތްތަކުން ނިންމާ ނިންމުންތައް ތަންފީޒުކުރަން ބައެއް ބޭފުޅުން ގޮވާލައްވާއިރު، އެއީ ކިހާ ވަރަކަށް ރާއްޖޭގެ އިސްތިގުލާލާއި ކަރާމާތާ ބެހެން ޖާގަ ލިބޭ ކަންކަންތޯ ބަލަން ޖެހޭ ކަމަށެވެ. އެ ގޮވާލުންތައް ގޮވާލައްވަނީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ރާއްޖޭގައި އޮންނަން ޖެހޭ ކަމަށް ވަކާލާތު ކުރެއްވި ބޭފުޅުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި ޝަރީއަތުން ނިންމާ ކަމެއް ރައީސްއާ ހަމައަށް އަންނާކަށް ނުޖެހެ އެވެ. ކުށުން ބަރީއަވާން ތިން މަރުހަލާ އޮންނައިރު، އެކަން ނުވުމުން، ރައީސާ ހަމައަށް އަންނަން ޖެހޭ ކަމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖެ ބައިވެރިވެފައިވާ ޖަމާއަތުގެ ނިންމުންތަކަށް އިހްތިރާމްކުރިއަސް އެ ޖަމާއަތްތަކުގެ އުސޫލްތަކުގެ ތެރޭގައި ހިމެނޭ އިސްލާމްދީނާ ނުގުޅޭ އަދި ރާއްޖޭގެ ދާހިލީ ކަންކަމާ ބެހޭ ނިންމުންތަކަށް ރުހެވެން ނެތް ކަމަށެވެ. މީގެ ކުރީގެ ސަރުކާރުތަކުގައި ވެސް އެ އުސޫލުން، މުއާހަދާތައް ތަންފީޒުކޮށްފައި ހުރި ކަމަށް ރައީސް ވިދާޅުވި އެވެ.
ކައުންސިލަރުން ޕީޕީއެމަށް ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އެމަނިކުފާނު ވިދާޅުވި ގޮތުގައި ފަނޑިޔާރުގެއެއް، ގައުމަށް މުހިއްމުއިރު މަގުން ކައްސާލައިގެން ދާއިރު ހަމައަކަށް އެޅުވޭނެ ގޮތްތަކެއް ވެސް ހުންނަން ޖެހެ އެވެ. ބައެއް ކަންކަމުގައި އެ ގޮތްތަކަށް އަމަލުކުރުމަށް ފަހު އެހެން ބައެއް ކަންކަމަށް އެ ގޮތަށް ގޮންޖަހައި އަތްތިލަބަޑި ޖެހުމަކީ ސިޔާދަތު ހިމާޔަތް ކުރުމެއް ނޫން ކަމަށް ވިދާޅުވި އެވެ.
މި ސަރުކާރުން ކޮންމެ ކަމެއް ކުރަނީ ވެސް، ރައީސް ވިދާޅުވި ގޮތުގައި، ގާނޫނީ ހުކޫމަތުގެ ތެރެއިންނެވެ.
"މި ސަރުކާރަކީ މި ސަރުކާރުގެ ވިސްނުމުގައި މީހުން ހިފައި ހައްޔަރުކުރާ ހިތްވާ ސަރުކާރެއް ނޫން. އެކަމެއް ނުކުރާނެ. މި ސަރުކާރުން ކުރާ ކަމެއް ކުރަނީ ބައަކު، ބައެއްގެ ހައްގުތަކަށް އަރައިގަތީމާ އެކަމާ ގުޅިގެން، މުޅި ރައްޔިތުންގެ މަސްލަހަތަށް ކުރާ ކަމެއް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މުޒާހަރާއެއް ކޮށްގެން މީހަކު ހައްޔަރުކުރިއަސް އެކަން ކުރަނީ ރައީސް އޮފީހުން އަންގައިގެނެއް ނޫނެވެ.
ބޭރުގެ އެކި ފަރާތްތަކުން ރާއްޖޭގެ ދާހިލީގެ ކަންކަމާ ބެހޭއިރު، ބަރުމާ ކަހަލަ ގައުމުތަކުގައި މުސްލިމުން މަރަމުން ދާދިއުން ބަލަން ބައިނަލްއަގުވާމީ ޖަމާއަތްތައް ނުވަތަ އދ. ވޯކިން ގްރޫޕް ފަދަ ގުރޫޕްތައް ކޮބައިތޯ ރައީސް ސުވާލު އުފެއްދެވި އެވެ. ދުނިޔެ ހިނގާ ހަގީގަތަކީ ކުދި ގައުމުތަކަށް ކުދި އިންސާފު އަދި ބޮޑެތި ގައުމުތަކަށް ބޮޑެތި އިންސާފު ހޯދައިދިނުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެ އަކީ ކުޑަ ގައުމަކަށް ވި ނަމަވެސް ސަރުކާރުން މަސައްކަތް ކުރަނީ ދުނިޔޭގެ މުއައްސަސާތަކުގެ ކުރިމަތީގައި ޝަރަފާއި އިއްޒަތް ގާއިމްކުރުން ކަމަށެވެ.
ނުފޫޒުު ފޯރުވުނު ނަމަ މިނިވަނެއް ނުކުރާނެ: ޔާމީން
ނާޒިމްގެ ވާހަކަތައް މުއާޒު ދޮގުކުރައްވައިފި
ނާޒިމްގެ ތުހުމަތު ރައީސް ޔާމީނާއި ހުސެއިން ވަހީދަށް!
އިސްތިގުލާލަށް ގެއްލުން ދޭން ނާޒިމް ނޫޅޭ: ރިޔާޒް
"ބޭރުގެނުފޫޒާއެކު ވެރިކަން ގާއިމްކުރަން ނާޒިމް އުޅުނު"
އަދީބަށް ބޭރަށް ދެވޭނީ ފައިސާ ދައްކާފައި: ރައީސް
ނާޒިމްގެ ކުށެއް ނެތް ކަމަށް ފޮނުވި ސިޓީ އދ. އަށް
އަދީބާ ހަމައިން ފިސްތޯލައިގެ މައްސަލަ އޮބުނީތަ؟
ނަޝީދު، ނާޒިމް، އިމްރާނަށް ޓެރަރިޒަމް ދައުވާނުކުރެވޭނެ
ސުއޫދުގެ އަސްލު ނިޔަތަކީ ކޮބާ؟