06 ޖުލައި 2017
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލަ އަކީ އޭނާއާ އެއްވެސް ގުޅުމެއް އޮތް އެއްޗެއް ނޫން ކަމަށާއި އެކަން ހިނގައިދިޔަ ގޮތް ހާމަކޮށްދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީ އދ. ގެ ސަމާލުކަމަށް ގެނެސްފި އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލަ އަކީ އޭނާއާ އެއްވެސް ގުޅުމެއް އޮތް އެއްޗެއް ނޫން ކަމަށާއި އެކަން ހިނގައިދިޔަ ގޮތް ހާމަކޮށްދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީ އދ. ގެ ސަމާލުކަމަށް ގެނެސްފި އެވެ.
އަދީބުގެ ސިޓީ އަކީ ނާޒިމްގެ ކުށެއް ނެތް ކަން ސާބިތުވެގެން ދިޔަ އިތުރު ހެއްކެއް ކަމަށް ވިދާޅުވެ އެ ސިޓީ އދ. އަށް ހުށަހެޅުއްވީ ދީނީ އަދި ފިކުރީ މިނިވަންކަމާ ބެހޭ އަދ.ގެ ޚާއްސަ މަންދޫބު ޑރ. އަހްމަދު ޝަހީދު އެވެ.
އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނާޒިމުގެ ދިފާއުގައި އަދީބު ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީ އ.ދ ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށާއި އދ.ގެ ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް، ޕްރިންސް ޒައިދު ބިން ރާދު އަލްހުސެއިންގެ އޮފީހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
ނާޒިމްގެ މައްސަލަ ކުރިން ވެސް އދ. އިން ބެލި އެވެ. އޭނާ ހައްޔަރުކޮށްގެން އުޅެނީ ގާނޫނުތަކާ ޚިލާފަށް ކަމަށް ކަނޑައަަޅައި ވަގުތުން ދޫކޮށްލަން ސަރުކާރަށް އެ ފަހަރު އދ. އިން އެންގި އެވެ.
ނާޒިމް ދޫކޮށްލަން އދ. އިން ދިވެހި ސަރުކާރަށް ދިން މުއްދަތު މި މަހު ހަމަވާނެ ކަން ވެސް ޝަހީދު ފާހަގަކުރެއްވި އެވެ. އެ މުއްދަތު ހަމަވުމުން، އދ. ގެ ހިއުމަން ރައިޓްސް ކޮމެޓީ އަށް އެ މައްސަލަ ވައްދަން ވެސް ނާޒިމަށް އެހީތެރިވެދެއްވާނެ ކަމަށް ޝަހީދު ވިދާޅުވި އެވެ.
ގ. އެނިފްގޭގައި ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓްގައި ހުރި އޭނާގެ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލާގައި ނާޒިމްގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ ޖެނުއަރީ 2015، ގަ އެވެ.
އެކަމަކު އެ ހުކުމާ ގުޅިގެން ހައި ކޯޓުގެ މަރުހަލާ ނިމި ސުޕްރީމް ކޯޓުގައި އިސްތިއުނާފުގެ އަޑުއެހުން ކުރިއަށް ދަނިކޮށް، ޖޫން 21، 2016 ގައި ފުލުހުން ބުނެފައި ވަނީ ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލަ އިން އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށެވެ. ނަމަވެސް ނާޒިމް ފްރޭމް ކޮށްފައިވާ ކަމަށް ބުނަން އަވަސް ކަމަށް ފުލުހުން އޭރު ބުނެފައިވެ އެވެ.
ނާޒިމަށް އިއްވީ ނާއިންސާފު ހުކުމެއް ކަމަށާއި އޭނާ ފްރޭމްކުރުމުގައި އަދީބު ބައިވެރިވި ކަމުގެ ހެކި އެބަހުރި ކަމަށް ވަކީލުން ގެންދެވީ އޭގެ ކުރިން ވެސް ވިދާޅުވަމުންނެވެ. އެ ހެކިތަކަށް ޝަރުއީ މަރުހަލާތަކުގައި ރިއާޔަތް ނުކޮށް، ޖަލުގައި ދެ އަހަރަށް ވުރެ ގިނަ ދުވަސް ނާޒިމް ހޭދަކުރެއްވި ފަހުން އަދީބު ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ފިސްތޯލަ އާއި ތިން ވަޒަނާ ބެހޭ އެއްވެސް މައުލޫމާތެއް ނާޒިމަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އަދީބު ވިދާޅުވެފައި ވަނީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި އެކަމުގައި ބައިވެރިވި މީހުންނާއި ކަން ނިމިގެން ދިޔަ ގޮތް ވެސް އެމަނިކުފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދީބުގެ ސިޓީގެ އިތުރުން ވެސް ނާޒިމަށް އިއްވާފައިވާ ހުކުމަކީ ނާއިންސާފު ހުކުމެއް ކަމުގެ ސާބިތު ހެކި ހުރުމާ އެކު އޭނާ ޖަލުގައި ބަންދުކޮށްފައި ވަނީ ރާއްޖޭގެ ގާނޫނުތަކާއި އިންސާނީ ހައްުގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާ ވެސް ޚިލާފަށް ކަމަށް ވަކީލުން ވިދާޅުވެ އެވެ. އެހެންވެ، ކަމާބެހޭ މުއައްސަސާތަކުން މައްސަލަ އަލުން ބަލައި ނާޒިމް ވަގުތުން ދޫކޮށްލަން އޭނާގެ އާއިލާ އާއި ވަކީލުން ވަނީ ގޮވާލައިފަ އެވެ.
ނާޒިމްގެ ގެއިން ފިސްތޯލަ ފެނުނު މައްސަލަ އަލުން ބަލަނީ
ނާޒިމްގެ މައްސަލަ އަލުން ބަލަން އާއިލާއިން އެދެފި
އަދީބާ ފިސްތޯލައާ ކޮން ގުޅުމެއް؟
"އަދީބަށް އަވަހަށް ހުކުމްކުރީ ރައީސް އަންގަވައިގެން"
ކުރީގެ މިނިސްޓަރު ނާޒިމްގެ ހުކުމް ވެސް ބާތިލް
ރޭވުމަކީ ނާޒިމްގެ ސިޔާސީ ހަޔާތް ނެތިކޮށްލުން: ވަކީލް
އަދީބުގެ ޑީއެންއޭ ފެނުމުން ނާޒިމްގެ ހުކުމަށްއަސަރުކުރާނެ
އަދީބުގެ ސިޓީއާ ގުޅިގެން އާ ކަމެއް ފެނިދާނެތަ؟
ނާޒިމްގެ ދިފާއުގައި އަދީބުގެ ސިޓީއެއް ސުޕްރީމް ކޯޓަށް
އަދީބާ ހަމައިން ފިސްތޯލައިގެ މައްސަލަ އޮބުނީތަ؟