15 ޖުލައި 2017
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސުޕްރީމް ކޯޓަށް ފޮނުވި ސިޓީއާ ގުޅިގެން އެ މައްސަލަ އަލުން ބަލައި ދިނުމަށް ނާޒިމްގެ އާއިލާއިން ކަމާބެހޭ ފަރާތްތަކުގައި އެދިއްޖެ އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސުޕްރީމް ކޯޓަށް ފޮނުވި ސިޓީއާ ގުޅިގެން އެ މައްސަލަ އަލުން ބަލައި ދިނުމަށް ނާޒިމްގެ އާއިލާއިން ކަމާބެހޭ ފަރާތްތަކުގައި އެދިއްޖެ އެވެ.
ނާޒިމްގެ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލާގައި އޭނާ 11 އަހަރަށް ޖަލަށްލައި، ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް އަދީބު މިދިޔަ މަހު ސުޕްރީމް ކޯޓަށް ފޮނުވި ސިޓީގައިވަނީ އެ ފިސްތޯލައާ ނާޒިމާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އޭގެ ހަގީގަތް އޭނާ އަށް ރަނގަޅަށް އެނގޭ ކަމަށެވެ. އެ ސިޓީއާ ގުޅިގެން އެ މައްސަލަ އަލުން ބަލައި ދިނުމަށް ނާޒިމްގެ އާއިލާއިން އެދުނީ ސުޕްރީމް ކޯޓާއި ޕްރޮސެކިއުޓާ ޖެނެރަލާއި ފުލުހުންގެ ކިބައިންނެވެ.
ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް ވިދާޅުވި ގޮތުގައި އެކަން ބަލައި ދިނުމަށް މިމަހުގެ ދެ ވަނަ ދުވަހު އެ އިދާރާތަކުގައި އެދިފައިވިޔަސް ވަކި ޖަވާބެއް މިހާތަނަކަށް ނުލިބެ އެވެ.
"ފުލުސް އޮފީހަށް ޖޫން ފަހުކޮޅު އޮންނާނީ ސިޓީ ފޮނުވާފައި. ސުޕްރީމް ކޯޓާއި ޕީޖީ އޮފީހަށް ފޮނުވީ މިމަހުގެ ދެވަނަ ދުވަހު ސިޓީ. އެކަމަކު އަދި ވަކި ޖަވާބެއް ނުދޭ އެއްވެސް އިދާރާއަކުން،" އާޒިމް ވިދާޅުވި އެވެ.
ފިސްތޯލައާ ނާޒިމާ ގުޅުމެއް ނެތް ކަމަށް ވިދާޅުވެ، އަދީބުގެ ފަރާތުން ސުޕްރީމް ކޯޓަށް ސިޓީ ފޮނުވިއިރު ނާޒިމް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް މަރުހަލާ މިހާރު އޮތީ ނިމިފަ އެވެ.
ނާޒިމްގެ ގެއިން ފިސްތޯލަ ފެނުނު މައްސަލަ އަލުން ބަލަނީ
ކުރީގެ މިނިސްޓަރު ނާޒިމްގެ ހުކުމް ވެސް ބާތިލް
އަދީބުގެ ޑީއެންއޭ ފެނުމުން ނާޒިމްގެ ހުކުމަށްއަސަރުކުރާނެ
ނާޒިމްގެ ކުށެއް ނެތް ކަމަށް ފޮނުވި ސިޓީ އދ. އަށް
އަދީބުގެ ސިޓީއާ ގުޅިގެން އާ ކަމެއް ފެނިދާނެތަ؟
ނާޒިމްގެ ދިފާއުގައި އަދީބުގެ ސިޓީއެއް ސުޕްރީމް ކޯޓަށް
ނާޒިމްގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައެެއް ނުގަތް
ޑީއެންއޭ ރިޕޯޓާ މެދު ވަކި ގޮތެއް ނުނިންމަން: ޕީޖީ
އަދީބާ ފިސްތޯލައާ ކޮން ގުޅުމެއް؟
ރޭވުމަކީ ނާޒިމްގެ ސިޔާސީ ހަޔާތް ނެތިކޮށްލުން: ވަކީލް