Roadha Mihaaru
ނާޒިމްގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައެެއް ނުގަތް

ނާޒިމްގެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމައިފި

26 ޖޫން 2016

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ހަތިޔާރު ފެނުނު މައްސަލާގައި އޭނާގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފުގެ މައްސަލަ ބަލައިނުގަންނަން ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ހަތިޔާރު ފެނުނު މައްސަލާގައި އޭނާގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފުގެ މައްސަލަ ބަލައިނުގަންނަން ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.

ނާޒިމްގެ އިސްތިއުނާފުގެ މައްސަލަ ބަލައިނުގަތުމަށް ރާއްޖޭގެ އެންމެ މަތީ ކޯޓުން ނިންމިއިރު، އޭނާގެ ކޮޓަރިން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ފުލުހުން ވަނީ މިދިޔަ ބުދަދުވަހުގެ ރޭ ބުނެފަ އެވެ. އަދި އެ ޑީއެންއޭގެ ރިޕޯޓް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން މިދިޔަ ބުރާސްފަތިދުވަހު ވަނީ ސުޕްރީމް ކޯޓަށް ފޮނުވައިފަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ނާޒިމްގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަންނަން މިއަދު ނިންމީ، ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނިފައިވާތީ، އެކަމާ ގުޅޭ ގޮތުން ކޯޓުގައި ދައުލަތުގެ ފަރާތުން ވާހަކަ ދައްކަން އެދިފައި ވަނިކޮށެވެ. އެކަމަށް އެދިފައި ވަނީ އެނގިފައިވާ ގޮތުގައި، ޑީއެންއޭގެ ރިޕޯޓާ އެކު ޕީޖީގެ އޮފީހުން ސުޕްރީމް ކޯޓަށް ފޮނުވި ސިޓީއެއްގަ އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ނާޒިމްގެ ކޮޓަރިން ފިސްތޯލައަކާއި ތިން ވަޒަން ފެނުނު މައްސަލާގައި ނާޒިމް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފުގެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމީ، އެ ،މައްސަލަ ބަލައިިގަތުމާ މެދު ގޮތެއް ނިންމަން އިޖްރާއީ އަޑުއެހުންތަކެއް ކުރިއަށް ގެންދިއުމަށް ފަހު އެވެ.

ސުޕްރީމް ކޯޓުން މިއަދު ނާޒިމްގެ ވަކީލުންނަށް ފޮނުވި ލިޔުމުގައި ވަނީ ނާޒިމް ޖަލަށްލާން ކުރި ހުކުމަށް ތާއީދުކޮށް ހައި ކޯޓުން ކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ބެލެވެން ނެތް ކަމަށެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ނާޒިމްގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަންނަން މިއަދު ނިންމީ، ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނިފައިވާތީ، އެކަމާ ގުޅޭ ގޮތުން ކޯޓުގައި ދައުލަތުގެ ފަރާތުން ވާހަކަ ދައްކަން އެދިފައި ވަނިކޮށެވެ. އެކަމަށް އެދިފައި ވަނީ އެނގިފައިވާ ގޮތުގައި، ޑީއެންއޭގެ ރިޕޯޓާ އެކު ޕީޖީގެ އޮފީހުން ސުޕްރީމް ކޯޓަށް ފޮނުވި ސިޓީއެއްގަ އެވެ.

އެހެންވެ އެ މައްސަލައަކީ ކޯޓުތަކުގެ ގާނޫނާއި ސުޕްރީމް ކޯޓުގެ ގަވާއިދުގެ ދަށުން ބަލައިގަންނަންޖެހޭ ބާވަތުގެ މައްސަލައަކަށް ނުވާތީ، އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ނިންމީ ކަމަށް އެ ލިޔުމުގައިވެ އެވެ.

ސުޕްރީމް ކޯޓަށް މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމަނީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ.

ސުޕްރީމް ކޯޓަކީ އިސްތިއުނާފްގެ އެންމެ ފަހު މަރުހަލާ ކަމަށް ވެފައި ސުޕްރީމް ކޯޓުގެ އެ ނިންމުމާ އެކު އިސްތިއުނާފްގެ ހުރިހާ ދޮރެއް ނާޒިމަށް ބަންދުވީ އެވެ. އެ އަދަބުން ނާޒިމަށް ދެން ސަލާމަތްވެވޭނީ މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން އޭނާއަށް ރައީސުލްޖުމްހޫރިއްޔާ މައާފް ދެއްވުމުން ނުވަތަ އަދަބު ލުއިކޮށް ދިނުމުންނެވެ.

ދަށު ކޯޓާއި ހައި ކޯޓުގައި މައްސަލަ ކުރިއަށް ގެންދިޔައިރު ވެސް އެފަދަ މައުލޫމާތެއް ފުލުހުން ހާމަކޮށްފައި ނުވާއިރު އެ ޑީއެންއޭ ފެނުނު ކަން ފުލުހުން ހާމަ ކުރީ ނާޒިމްގެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމަން ކުރިއަށް ގެންދިޔަ އިޖްރާއީ އަޑުއެހުންތައް ވެސް ނިންމާލާފައި ވަނިކޮށެވެ. އެކަމަކު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފަހުން ވަނީ އެ މައުލޫމާތު ސުޕްރީމް ކޯޓާއި ހިއްސާކޮށްފަ އެވެ.