20 ޖޫން 2020
ރައްްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް ކްރިމިނަލް ކޯޓުން 2015 ވަނަ އަހަރު ކުރި ޖަލު ހުކުމާ ގުޅޭ ގޮތުން ހައި ކޯޓުގައި ވަކާލާތު ކޮށްފައި ނުވިޔަސް އެ މައްސަލަ އިސްތިއުނާ ކުރުމުގެ ހުރިހާ މަސައްކަތްތަކެއް ކޮށްފައި ވާނެ ކަމަށް ޕްރިމިއަ ޗެމްބާސް އިން މިއަދު ބުނެފި އެވެ.
ރައްްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް ކްރިމިނަލް ކޯޓުން 2015 ވަނަ އަހަރު ކުރި ޖަލު ހުކުމާ ގުޅޭ ގޮތުން ހައި ކޯޓުގައި ވަކާލާތު ކޮށްފައި ނުވިޔަސް އެ މައްސަލަ އިސްތިއުނާ ކުރުމުގެ ހުރިހާ މަސައްކަތްތަކެއް ކޮށްފައި ވާނެ ކަމަށް ޕްރިމިއަ ޗެމްބާސް އިން މިއަދު ބުނެފި އެވެ.
ގ. އެނިފްގައި ހުންނަ ނާޒިމްގެ އެޕާޓްމަންޓުގެ ކޮޓަރިން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލައިގައި ފެބްރުއަރީ 10، 2015 ގައި އޭރުގެ ޑިފެންސް މިނިސްޓަރު ނާޒިމް ހައްޔަރުކުރި ހިސާބުން ފެށިގެން، އެ މައްސަލަ އިސްތިއުނާފުކުރަން ހައި ކޯޓަށް ހުށަހެޅުމާ ހަމައަށް އޭނާގެ ގާނޫނީ މަސައްކަތްތައް ކުރަމުން ދިޔައީ ވަކީލް މައުމޫން ހަމީދުގެ ހިއްސާ އޮންނަ ޕްރިމިއާ ޗެމްބާސް އިންނެވެ.
ނަމަވެސް އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން ބޭއްވި ފަހުން ނާޒިމް ވަނީ، ޕްރިމިއާ ޗެމްބާސް އިން ހުށަހެޅި އަގަށް ދެ ފަރާތުން އެއްބަސްނުވުމުން އެ ލޯ ފާމު ދޫކޮށްލައްވައިފަ އެވެ.
ނާޒިމް ހައްޔަރުކުރުމާ ގުޅިގެން ފޯރުކޮށްދިން ގާނޫނީ ކަންކަމަށް ލިބެންޖެހޭ 1.3 މިލިއަން ރުފިޔާ ނުލިބޭ ކަމަށް ބުނެ އެ ފައިސާ ހޯދަން ޕްރިމިއާ ޗެމްބާސް އިން ވަނީ ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ. ޑިސްޕިއުޓު މަރުހަލާގައި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެވެ.
ޕްރިމިއާ ޗެމްބާސްގެ ތުހުމަތުތައް ދޮގުކުރައްވައި، ނާޒިމްގެ ވަކީލް އަލީ އަބްދުއްލަތީފް "މިހާރު" އަށް ވިދާޅުވީ، ނާޒިމް ހައްޔަރުކުރި ދުވަހުން ފެށިގެން ކްރިމިނަލް ކޯޓުގައި މައްސަލަ ނިމުމާ ހިސާބަށް ދޭންޖެހޭ ފައިސާ ދައްކައި ހަލާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅި އިރު، ޕްރިމިއާ ޗެމްބާސް އިން އޭރު ހުށަހެޅި އަގަށް ނާޒިމް އެއްބަސްވެވަޑައިނުގަންނަވާ ކަމަށް ވަކީލް ވިދާޅުވި އެވެ.
ޕްރިމިއާ ޗެމްބާސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ނާޒިމަށް 11 އަހަރުގެ ޖަލުހުކުމެއް އިއްވި ދުވަހުން ފެށިގެން ޖެހިގެން އައި ތިން މަސް ދުވަހު އެ ކުންފުނީގެ ތިން ވަކީލުންނާއި ދެ ލީގަލް އޮފިސަރުންނާއި އިދާރީ ދެ މުވައްޒަފަކު ހާއްސަވެގެން ތިއްބެވީ ހަމަ އެކަނި ނާޒިމްގެ ދިފާއީ މަަސައްކަތަށް ކަމަށެވެ. އެގޮތުން އޭނާގެ ފަރާތުން މައްސަަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ޓަކައި ކުރަން ޖެހޭ ހުރިހާ މަސަައްކަތްތަކެއް ކޮށް، އިސްތިއުނާފް ކުރުމުގެ މުުހުލަތުގެ ތެރޭގައި ހައިކޯޓުގައި މަައްސަަލަ އިސްތިއުނާފް ކޮށްފައި ވާނެ ކަަމަށް އެ ބަޔާނުގައި ބުންޏެވެ.
ނާޒިމްގެ ފަރާތުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރުމަށް ޓަކައި ކުރި މަސައްކަތްތަކުގެ ތަފްސީލާ އެކު ބަޔާނުގައި ބުނީ ނާޒިމްގެ އިސްތިއުނާފީ ހައްގު ގެއްލުނަނުދީ ކަށަވަރުކުރެވުނީ ޕްރިމިއާ ޗެމްބާސް އިން ކުރި މަސައްކަތުން ކަމަށެވެ.
"...ހައިކޯޓުގައި ޝަރީއަތުގެ މަޖިލީހުގައި ކާނަލް ނާޒިމް ތަމްސީލުކޮށްފައި ވަނީ އެހެން ލޯފާމަކުން ކަމަށް ވީނަަމަވެސް އިސްތިއުނާފުގެ ދައުވާ ތައްޔާރުކޮށް ހުށަހަޅައި ރަޖިސްޓްރީކުރުމަށް ޕްރިމިއާ ޗެމްބާސް އިން ކޮށްދީފައިވާ މަސައްކަތްތަކުން ކާނަލް ނާޒިމްގެ އިސްތިއުނާފީ ހައްގު ގެއްލުނަނުދީ ކަށަވަރުކުރެވުނުކަން ފާހަގަކުރަމެވެ،" ޕްރިމިއާ ޗެމްބާސްގެ ބަޔާނުގައި ބުންޏެވެ.
ހޯދަން އުޅެނީ ނާޒިމް އެއްބަސް ނުވާ އަގެއް: ވަކީލު
ނާޒިމް އަތުން 1.3މިލިއަން ރުފިޔާ ހޯދަން ދައުވާކޮށްފި
ނާޒިމް ފްރޭމްކުރި މައްސަލަ ތަހުގީގުކޮށްދޭން އެދިއްޖެ
ރޭވުމަކީ ނާޒިމްގެ ސިޔާސީ ހަޔާތް ނެތިކޮށްލުން: ވަކީލް
ނާޒިމްގެ ވާހަކަތައް މުއާޒު ދޮގުކުރައްވައިފި
ނާޒިމްގެ ތުހުމަތު ރައީސް ޔާމީނާއި ހުސެއިން ވަހީދަށް!
ނާޒިމް، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވަނީ
"ޒިންމާ އަދާކުރި ނަމަ ފާރިސް ބަންދަކު ނުހުންނާނެ"
ނާޒިމަށް ދެމިލިއަން ދޭން ސަންލޭންޑް ހިލްމީއަށް ޖެހިއްޖެ
އަދީބާ ފިސްތޯލައާ ކޮން ގުޅުމެއް؟