ހައްޖަށް ދާއިރު، އެއާޕޯޓާއި އިމިގްރޭޝަން މަރުހަލާ ނިންމުމުގެ ގިނަ ލުއިތަކެއް ލިބޭ ގޮތަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ފަށާފައިވާ މައްކާ ރޫޓު އިނީޝިއަޓިވްގައި ރާއްޖެ ހިމަނަން ނިންމައިފި އެވެ.
ހައްޖަށް ދާއިރު، އެއާޕޯޓާއި އިމިގްރޭޝަން މަރުހަލާ ނިންމުމުގެ ގިނަ ލުއިތަކެއް ލިބޭ ގޮތަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ފަށާފައިވާ މައްކާ ރޫޓު އިނީޝިއަޓިވްގައި ރާއްޖެ ހިމަނަން ނިންމައިފި އެވެ.
މައްކާ ރޫޓަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓުގައި ތިބެ ނިންމައިގެން ފުރޭނެ އިންތިޒާމް ހަމަޖައްސައިދޭ ޕްރޮގްރާމެކެވެ.
މިގޮތުން، ޖިއްދާގެ އެއާޕޯޓުގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދިޔުމާއި، ހައްޖުވެރިންގެ ލަގެޖްތައް ވެސް ލިބޭނީ ސީދާ ހޮޓަލަށް ގެންދިޔުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.
ސައުދީން މި ފުރުސަތު މިހާތަނަށް ދީފައިވަނީ މެލޭޝިއާ، އިންޑޮނޭޝިޔާ، ޕާކިސްތާނު ފަދަ ހައްޖުވެރިން އެންމެ ގިނަ ގައުމުތަކަށެވެ.
އެހެންކަމުން، މިއީ ދިވެހި ހައްޖުވެރިންނަށް ލިބިގެންދިޔަ ތާރީހީ ބޮޑު ފަސޭހައެއްގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން ސިފަކުރި އެވެ.
އަދި ރާއްޖެއަށް މި ފުރުސަތު ލިބިގެން ދިޔުމަކީ ސައޫދީން ރާއްޖޭގެ ރައްޔިތުންނާ މެދު ދެކޭ އަހުވަންތަ ގާތްކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ފުރުސަތު ރާއްޖެއަށް ފަހިކޮށްދިނުމުގެ ޝުކުރު އެ މިނިސްޓްރީން ވަނީ، ސައުދީ ރަސްގެފާނު ސަލްމާން، ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އިތުރުން ސަައުދީގެ ހައްޖު އަދި އިންޓީރިއާ މިނިސްޓަރުންނަށް އަދާކޮށްފަ އެވެ.
މައްކާ ރޫޓްގައި ރާއްޖެ ހިމަނައި ދިނުމަށް އިސްލާމިކް މިނިސްޓްރީން ރަސްމީކޮށް އެދިފައިވަނީ މީގެ ދެ މަަސްކުރިނެވެ.
1446ވަނަ އަހަރުގެ ދިވެހި ޙައްޖު ވެރިންނަށް މައްކާ ރޫޓް އިނީޓިއޭޓިވް ހަމަޖެހުމުން ލުއިފަސޭހަކަމާއެކު ހަމަޖެހިގެންދާނެ ހިދުމަތްތައް:
1. ހައްޖު ވެރިންގެ ބައޯމެޓްރިކް ޑޭޓާ އެއްކުރެވި، އިލެކްޓްރޯނިކް ހައްޖު ވިސާ ލިބޭނެގޮތް މަގުފަހިވެ، ހައްޖުވެރިންގެ ސިއްސީ ނިޒާމާއި، ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަން ކަށަވަރުވުން.
2. ވެލާނާ އެއާޕޯޓުގައި، ހައްޖުވެރިން ފުރުމަށްދާ ޓަރމިނަލްގައި ފޮށިތަކުގައި ޓެގު ޖަހައި، ހައްޖާޖީންގެ ނަމުގައި ފޮށިތައް ރެޖިސްޓާ ކުރެވި، ބޯޑިން ޕާސް ވަގުތުން ލިބޭނެގޮތް މަގުފަހިވުން.
3. މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން އެއާޕޯޓުގައި މިކަމަށް ހާއްސަކޮށް ކަނޑައަޅާފައިވާ ޓާމިނަލްގެ ޕާސްޕޯޓްސް ޓީމު މެދުވެރިކޮށް، ސައުދީއަށް އެތެރެވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން ނިންމައި، ޖިއްދާ އަދި މަދީނާއަށް ދިޔުމަށް ފުރާ ޓާމިނަލަށް ވަގުތުން ގޮސް، މަޑުނުކޮށް ބޯޓަށް އެރޭނެ ނިޒާމް ގާއިމުވުން.
4. ސައުދީ އެއާޕޯޓުގައި ހައްޖުވެރިންނަށް ކަނޑައަޅާފައިވާ ޓާމިނަލަށް އައުމާއެކު، ހައްޖުވެރިންނަށް ހަމަޖައްސާފައިވާ ހޮޓަލަށް ވަގުތުން ދެވޭނެ އިންތިޒާމް ހަމަޖެހުން.
5. ހައްޖުވެރިންގެ ފޮށިތައް އެއާޕޯޓުން ލިބެންދެން އެރައިވަލް ޓާމިނަލްގައި ހައްޖުވެރިން މަޑު ކުރުމަކާ ނުލައި، ފޮށިތައް ހައްޖުވެރިން ތިބޭ ހޮޓަލަށް މި އިނީޝިއޭޓިވްގެ ދަށުން ސީދާ ރައްދުކޮށްދިނުން.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ 2018 އިން ފެށިގެން ސައުދީ ސަރުކާރުން އެ ގައުމުގެ ހައްޖު މިނިސްޓްރީއާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސައުދީ ވިޝަން 2030 ގައި ހިމެނޭ ކަމެކެވެ.
މިއަހަރު ހައްޖުކިއުގައި ތިބި އެންމެންނަށް ފުރުސަތު ދެނީ
ހައްޖާއި އުމްރާ ކުންފުނިތަކަށް އެވޯޑް ދޭން ފަށަނީ
ހައްޖު އޮޕަރޭޝަން ކާމިޔާބު، ކަންކަން ރަނގަޅު ކުރާނަން
ދިވެހި ހުރިހާ ހައްޖުވެރިން އަރަފާތުގައި، ހާލު ރަނގަޅު
ގަވާއިދާ ހިލާފަށް ހައްޖުގެ ފުރުސަތެއް ނުދެން: ޝަހީމް
އާމްދަނީ ލިބޭ މީހަކު ހިލޭ ހައްޖަށް ފޮނުވި މައްސަލައެއް
"ހައްޖު ކިއުފަޅާފައި އެއްވެސް ބަޔަކަށް ޖާގައެއް ނުދޭ"
ހައްޖު ކޯޓާ ހައްޖު ކޯޕަރޭޝަނަށް އެކަނި ދޭން ނިންމައިފި
މި ސަރުކާރުން ހިލޭ ހައްޖަށް ފޮނުވުން އަންނައަހަރު
ޚަތީބުންގެ ތިންވަނަ ބުރުގައި 283 ކުދިން