ތެލެސީމިއާ ސެންޓަރުގެ ހިންގުން މާލެ ހޮސްޕިޓަލް ގްރޫޕަށް ބަދަލުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
08 މެއި 2025
ތެލެސީމިއާ ސެންޓަރުގެ ހިންގުން މާލެ ހޮސްޕިޓަލް ގްރޫޕަށް ބަދަލުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"ރައްޔިތުންނާ އެކު" ނަމުގައި ރައީސް އޮފީހުން ގެންދާ ޕޮޑްކާސްޓުގައި އެ މަނިކުފާނު މިއަދު ފާހަގަކުރެއްވި ގޮތުގައި، ތެލެސީމިއާ ކުދިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދަން ޖާގަ ތަނަވަސް އާ އިމާރާތަކަށް ބަދަލުކޮށް މިއަދު ބޭނުންކުރަން މިހާރު ވަނީ ފަށައިފަ އެވެ. އެކަމަށް ބޭނުންވާ ހުރިހާ ވަސީލަތްތައް ހޯދަން ފިނޭންސް މިނިސްޓްރީއަށް އަންގާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ހުޅުމާލެ 1 ގެ "އޮރެންޖު ހިޔާ" އަށް ބަދަލުކުރި ތެލެސީމިއާ ސެންޓަރަށް އިތުރު 12 މުވައްޒަފުން ނަގައި، ތަން ހިންގާ ގޮތް ރަނގަޅު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ތެލެސީމިއާ ސެންޓަރު މިހާތަނަށް ހިންގީ ހެލްތު މިނިސްޓްރީގެ ދަށުންނެވެ. އެކަމަކު، ހޮސްޕިޓަލެއް ގޮތަށް އެ ތަން ހިންގަން މާލެ ހޮސްޕިޓަލްސް ގްރޫޕުގެ ދަށަށް ބަދަލުކުރަން ނިންމާފައިވާ އެ މަނިކުފާނު ވިދާޅުވި އެވެ.
ޕޮޑްކާސްޓުގައި ރައީސް މިއަދު ވާހަކަފުޅު ދައްކަވަނީ: ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރެއިން ބައެއް މީހުން މޮނީޓާ ކުރެވޭ ގޮތަށް ދޫކުރެވޭތޯ ބައްލަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި --- ފޮޓޯ/ރައީސް އޮފީސް
"މިއީ ވަރަށް މުހިއްމު ބޭނުމެއްގައި ކުރާ ކަމެއް. ތަނުގެ ފަރާތުން ތެލެސީމިއާ ކުދިންނަށް ދޭ ހިދުމަތް ރަނގަޅު ކުރުމަށް ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި އެ ކުދިންގެ ފަރާތުން ވެސް އަޅުގަނޑަށް ލިބުނު ހިޔާލެއް މިއީ. އަޅުގަނޑު ވިސްނާލާއިރު ވެސް ރަނގަޅު ކަމެއް މިއީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ވަކި ބޯޑެއްގެ ދަށުން ރައީސް އުފައްދަވާފައިވާ މާލެ ގްރޫޕު އޮފް ހޮސްޕިޓަލްސްގެ ދަށުން މި ވަގުތު ހިންގަނީ އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލެވެ.
ރައީސް ވިދާޅުވީ އެ ގްރޫޕުގެ ދަށަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުމުން އެ ކުދިންނަށް ވަރަށް ރަނގަޅު ފައިދާތަކެއް ވާ ކަމަށެވެ. އޭގެ ތެރޭގައި ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދެއްކުމުގައި ފަސޭހަތަކެއް ވާނެ ކަން ފާހަގަކުރެއްވި އެވެ.
އިދާރީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި، ބްލަޑް ސާވިސްގެ ކަންކަމާ މާލެ ސިޓީ ގްރޫޕު އޮފް ހޮސްޕިޓަލުން ހަވާލުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަލަށްހެދި ތެލަސީމިއާ ސެންޓަރު މިނިސްޓްރީއާ ހަވާލުކޮށްފި
ތެލެސީމިއާ ކޮމިއުނިޓީގެ ކަންބޮޑުވުންތައް ގަބޫލުކުރަން
ތެލެސީމިއާ ސެންޓަރަށް އާ ޑީޖީއެއް ހޯދަން އިއުލާންކޮށްފި
ތެލެސީމިއާ ސެންޓަރުގެ ބައެއް ވެރިން މަގާމުން ވަކިކޮށްފި
ތެލެސީމިއާ ސެންޓަރަށް ޑިރެކްޓަ ޖެނެރަލަކު ހަމަޖައްސައިފި
ރާއްޖޭގައި ކްރޮސްމެޗު ޓެސްޓު ސާމްޕަލް ނެގޭގޮތް ހަދައިފި
ތެލެސީމިއާ އަށް ހުރިހާ ދިވެހިން ޓެސްޓުކުރަނީ
ސަރުކާރުގެ ހަރަދުގައި ބޯންމެރޯ ހަދާ ކުއްޖާ ފުރައިފި
ތެލަސީމިއާ ހޮސްޕިޓަލެއް ހަދައި، ބޯންމެރޯ ހިލޭ
ތެލެސީމިއާއިން ސަަލާމަތްވެފައި އޮތީ އެންމެ އަތޮޅެއް