ހުޅުމާލޭގައި ހެދި ތެލެސީމިއާ ސެންޓަރުގެ މަސައްކަތް ނިންމައި ހެލްތު މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.
08 މެއި 2025
ހުޅުމާލޭގައި ހެދި ތެލެސީމިއާ ސެންޓަރުގެ މަސައްކަތް ނިންމައި ހެލްތު މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.
އެމްއެންޑީއެފުން ބުނީ މިއަދު ފާހަގަކުރާ ތެލެސީމިއާ ދުވަހާ ގުޅުވައި ހުޅުމާލޭގެ އޮރެންޖު ހިޔާއަށް، ތެލެސީމިއާ ސެންޓަރުގައި ހުރި ތަކެތި ބަދަލުކުރުމުގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ.
ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި މިދިޔަ އަހަރު ބޭއްވި ޖަލްސާގައި އޭރުގެ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވީ ބްލަޑް ސާވިސް ހިންގާ އިމާރާތުގެ ޖާގައިގެ ދަތިކަން ކުރިމަތިވުމުގެ އިތުރުން އެ ތަން ބާވެ، ބައެއް ބައިތައް ވެއްޓިފައިވާ ކަމަށެވެ.
އަލަށް ހެދި ތެލަސީމިއާ ސެންޓަރު.-- ފޮޓޯ: އެމްއެންޑީއެފް
އެ ތަނަކީ ތެލެސީމިއާ ކުދިންނަށް ހިދުމަތް ފޯރުކޮށްދޭން އެކަށީގެންވާ ތަނެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، ތެލެސީމިއާ ސެންޓަރު އާ ތަނަކަށް ބަދަލުކުރަން ހުޅުމާލެ 1 އިން އާ ތަނެއް ހަމަޖައްސާފައިވާ ކަމަށް ހަލީލް އޭރު ވިދާޅުވި އެވެ. އެއީ ކޮވިޑު ފެސިލިޓީއަކަށް ބޭނުންކުރި އޮރެންޖު ހިޔާ އެވެ.
އޮރެންޖް ހިޔާގެ އިމާރާތުން ފްލޯއެއް ތެލެސީމިއާ ސެންޓަރު ހިންގުމަށް ބަދަލުކުރަމުން އަންނައިރު އެތަނުގެ މަސައްކަތް ހަވާލުކުރި ކުންފުނިން އެ މަސައްކަތުގެ ދެބައިކުޅަ އެއްބައި މަސައްކަތް ވެސް ނިންމާފައިނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެ އެވެ. އެހެންވެ މަސައްކަތް ނިންމަން ހަވާލުކުރީ ސިފައިންނަށެވެ.
ކުރިން މަސައްކަތް ހަވާލުކުރި ކުންފުންޏާ އެކު ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެ މުއްދަތު އިތުރެއް ނުކުރެ އެވެ.
ތެލެސީމިއާ ސެންޓަރު ހިންގުން ހޮސްޕިޓަލް ގްރޫޕަށް
ތެލެސީމިއާ ސެންޓަރަށް އާ ޑީޖީއެއް ހޯދަން އިއުލާންކޮށްފި
ރާއްޖޭގައި ކްރޮސްމެޗު ޓެސްޓު ސާމްޕަލް ނެގޭގޮތް ހަދައިފި
ތެލެސީމިއާ އަށް ހުރިހާ ދިވެހިން ޓެސްޓުކުރަނީ
ސަރުކާރުގެ ހަރަދުގައި ބޯންމެރޯ ހަދާ ކުއްޖާ ފުރައިފި
ތެލަސީމިއާ ހޮސްޕިޓަލެއް ހަދައި، ބޯންމެރޯ ހިލޭ
ތެލެސީމިއާއިން ސަަލާމަތްވެފައި އޮތީ އެންމެ އަތޮޅެއް
ބޯންމެރޯއަށް ފަހު ފަރުވާދެނިކޮށް ކުޑަކުއްޖަކު މަރުވެއްޖެ
ހުއްދަނެތް ފަރުވާއަކުން ތެލަސީމިއާ ކުއްޖަކު މަރުވެއްޖެ
ބޯންމެރޯ ހަދަން ފަސް ކުއްޖަކަށް އެހީ ދީފި