25 މާޗް 2019
ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އަދި ތެލެސީމިއާ އިންޓަނޭޝަނަލް ފެޑެރޭޝަނުން ގަބޫލުނުކުރާ ފަރުވާއެއް ހޯދި ދިވެހި ތެލެސީމިއާ ކުއްޖަކު މަރުވެއްޖެ އެވެ.
ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އަދި ތެލެސީމިއާ އިންޓަނޭޝަނަލް ފެޑެރޭޝަނުން ގަބޫލުނުކުރާ ފަރުވާއެއް ހޯދި ދިވެހި ތެލެސީމިއާ ކުއްޖަކު މަރުވެއްޖެ އެވެ.
މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) ގެ އެސޯސިއޭޓް ސްޕެޝަލިސްޓް ޕީޑިއެޓްރިކްސް ޑރ. އަހުމަދު އުމަރު ވިދާޅުވީ މިިދިޔަ އަހަރުގެ ފަހުކޮޅު މަރުވި 17 އަހަރުގެ ތެލެސީމިއާ ކުއްޖެއްގެ މައުލޫމާތު ހޯދިއިރު، އެ ބޭސްތައް ބޭނުންކުރަމުން ދިޔަކަން އެނގިފައިވާ ކަމަށެވެ.
އުމަރު ވިދާޅުވީ އިންޑިޔާގެ ޕޫނޭގެ ހޮސްޕިޓަލަކުން، ދުނިޔޭގެ ފެންވަރުގައި ގަބޫލުނުކުރާ ފަރުވާއެއް ދިވެހިން ހޯދާ ކަމަށެވެ. އެ ފަރުވާއަށް ދިވެހިން ބޭނުންކުރަނީ، ރަސްމީ ފަރާތެއްގެ ހުއްދަ ނެތި ތަހުލީލުކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ޕޫނޭ އިން މި ފަރުވާ ހޯދާ މީހުންނަށް ގާތްގަނޑަކަށް 8-9 ވަރަކަށް ބޭސް ދެ އެވެ. މިހާރު ވެސް 20-30 އާ ދެމެދުގެ އަދަދެއްގެ ދިވެހިން އެ ބޭސް ބޭނުންކުރަމުންދާ ކަމަށް ލަފާކުރެވޭ ކަމަށް އުމަރު ވިދާޅުވި އެވެ.
"އެ ބޭސްތަކުގެ ތެރޭގައި ބައެއް ހާލަތްތަކުގައި ލޭ ހިފެހެއްޓުމަށް އެހީތެރިވެދޭ ބޭސްތަކެއް ވެސް އެބަ އުޅޭ. އެހެންވީމަ ލޭ އަޅަންޖެހޭ މުއްދަތަށް ލަސްތަކެއް އަތުވެދާނެ. އެކަމަކު އެ ބޭސްތަކަކީ، ޓެސްޓުތަކެއް ހެދި އެކަމުން ކުރާނެ އަސަރުތައް ދެނެގަނެވިފައިވާ ބޭސްތަކެއްނޫން،" އުމަރު ވިދާޅުވި އެވެ.
ތެލެސީމިއާ ކުދިންނަށް މައިގަނޑު ގޮތެއްގައި ދެނީ ތިން ފަރުވާއެކެވެ. އެއީ އާންމުކޮށް ލޭ އެޅުމާއި ދަގަނޑުގެ ބައި ދަށްކުރުމަށް ބޭސް ދިނުމާއި ބޯންމެރޯ ހެދުމެވެ. ރާއްޖޭގައި އެ ކުދިންގެ ފަރުވާ ފޯރުކޮށްދެނީ ހިލެ އެވެ.
އުމަރު ވިދާޅުވި ގޮތުގައި އެ ބޭސްތައް ބޭނުންކުރުމުގެ ސަބަބުން ގުނަވަންތަކަށް ވެސް ގެއްލުންލިބެ އެވެ. އިނގިރޭސިވިލާތާއި އެމެރިކާ އާއި އިންޑިއާގެ އެކި ސަރަހައްދުގައި ތިބޭ ޑޮކްޓަރުންނާ ވެސް ވާހަކަދައްކައި އެ ފަރުވާއާ ގުޅޭ މައުލޫމާތު ހޯދި ކަމަށާއި އެކަމަކު އެއިން އެއްވެސް ގައުމެއްގައި އެގޮތަށް ފަރުވާ ނުދޭ ކަމަށް އެ ޑޮކްޓަރުންނާ ހަވާލާދީ އުމަރު ވިދާޅުވި އެވެ.
"ފަރުވާއެއް ކަމަށް ގަބޫލުކުރާ ވަކި ޓެސްޓުތަކެއް ހަދައި އެ ބޭނުންކުރަން ފަށަނީ. އެކަމަކު އެކަހަލަ އެއްވެސް ކަމެއް އެ ބޭސްތަކުގައި ނެތް. ޑޮކްޓަރަށް ފެންނަ ފެނުމަށް އެކްސްޕެރިމެންޓް ހަދަނީ. އޭގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާނެ. އެ ކުދިންނަށް ދިމާވާނެ ކަންތައްތަކަކީ ކޮންތައްތަކެއް ކަން އެނގޭކަށް ނެތް،"
ބްލަޑް ސާވިސްގައި ތެލެސީމިއާގެ 880 މީހުން ރަޖިސްޓްރީވެފައިވާއިރު އޭގެ ތެރެއިން ދުނިޔޭގައި މިވަގުތު ތިބީ 635 މީހުންނެވެ.
ތެލެސީމިއާއިން ސަަލާމަތްވެފައި އޮތީ އެންމެ އަތޮޅެއް
ތެލެސީމިއާ ކުދިންގެ އަދަދު ރާއްޖޭގައި އިތުރުވަނީ
ރާއްޖޭގައި ކްރޮސްމެޗު ޓެސްޓު ސާމްޕަލް ނެގޭގޮތް ހަދައިފި
ތެލެސީމިއާ އަށް ހުރިހާ ދިވެހިން ޓެސްޓުކުރަނީ
ތެލެސީމިއާ ސެންޓަރުގެ ހިދުމަތް އިސްލާހުކުރާނަން: ނަސީމް
އުމުރަށްބަލައި ފަރުވާ ބަދަލުނުކުރާތީ ފުރާނައަށް ނުރައްކާ
ތެލެސީމިއާ ކުދިންނާ ގުޅޭ ވައުދު ފުއްދައިފި
ތެލެސީމިއާ ކަންކަން ހަރުދަނާކުރަން ސައިޕްރަސްގެ އެހީ
ލޭ ހަދިޔާކުރުމަކީ އުފަލަކަށް ވާން ޖެހޭ: ނައިބު ރައީސް
ތެލެސީމިއާ ހޮސްޕިޓަލު އަޅަން އެއްބަސްވުމުގައި ސޮއިކޮށްފި