09 މެއި 2024
ބޯންމެރޯ ޓްރާންސްޕްލާންޓު ހެދުމުގެ ކުރިން ހަދަންޖެހޭ ކްރޮސްމެޗު ޓެސްޓަށް ބޭނުންވާ ސާމްޕަލް، ރާއްޖޭގައި ތިބެގެން ނެގޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓު ހެދުމުގެ ކުރިން ހަދަންޖެހޭ ކްރޮސްމެޗު ޓެސްޓަށް ބޭނުންވާ ސާމްޕަލް، ރާއްޖޭގައި ތިބެގެން ނެގޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.
މޯލްޑިވިއަން ބްލަޑް ސާވިސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއެޓްރިކް ޑރ. އަހުމަދު އުމަރު މިއަދު ވިދާޅުވީ، ކްރޮސްމެޗު ހެދުމަށް މީގެ ކުރިން އާއިލާތަކުން ދާން ޖެހެނީ އިންޑިއާ އަށް ކަމަށެވެ. އެކަމަށް ބޮޑެތި ހަރަދުތަކެއް ހިނގާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، އަލަށް ގެނައި ބަދަލުން ލުއިތަކެއް ލިބޭނެ ކަމަށް އުމަރު ވިދާޅުވި އެވެ.
ސަރުކާރުން މިހާރު ހަމަޖައްސާފައިވާ ގޮތުން، ކްރޮސްމެޗުގެ ސާމްޕަލް ނެގުމަށް އިންޑިއާގެ ބެންގަލޫރު ހޮސްޕިޓަލްގެ ޓީމެއް ރާއްޖެ އަންނާނެ އެވެ. އެ އަށް ބޭނުންވާ ސާމްޕަލްތައް ނެގުމަށް ފަހު އެ ޓީމުތައް އަނބުރާ ދާނެ އެވެ.
އެ ގޮތަށް މި ފަހުން ވަނީ އެއް ބުރު ސާމްޕަލް ނަގައިފަ އެވެ.
"އެކަން މި ދާއިމީ ކުރީ. މީގެ ފަހުން އިންޑިއާގެ ޓީމުން ރާއްޖެ އައިސް ސާމްޕަލް ނެގުމަށް ފަހު އެކޮޅުގައި ޓެސްޓު ހަދާނީ. މި ދަތުރުގެ ހަރަދުތައް ކުރާނީ އިންޑިއާގެ ހޮސްޕިޓަލުން،" އުމަރު ވިދާޅުވި އެވެ.
ތެލަސީމިއާ ބަލީގައި 650 ކުދިން މިހާރު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަރުވާ ހޯދަމުން ދެ އެވެ. ސަރުކާރުން ވަނީ އެ ބައްޔަށް ހާއްސަކޮށްގެން ހޮސްޕިޓަލެއް އަޅަން ނިންމައިފަ އެވެ.
ތެލެސީމިއާ އަށް ހުރިހާ ދިވެހިން ޓެސްޓުކުރަނީ
ތެލެސީމިއާއިން ސަަލާމަތްވެފައި އޮތީ އެންމެ އަތޮޅެއް
ހުއްދަނެތް ފަރުވާއަކުން ތެލަސީމިއާ ކުއްޖަކު މަރުވެއްޖެ
ތެލެސީމިއާ ކުދިންނާ ގުޅޭ ވައުދު ފުއްދައިފި
ތެލެސީމިއާ ކުދިންގެ އަދަދު ރާއްޖޭގައި އިތުރުވަނީ
ތެލެސީމިއާ ކަންކަން ހަރުދަނާކުރަން ސައިޕްރަސްގެ އެހީ
ލޭ ހަދިޔާކުރުމަކީ އުފަލަކަށް ވާން ޖެހޭ: ނައިބު ރައީސް
ތެލެސީމިއާ ހޮސްޕިޓަލު އަޅަން އެއްބަސްވުމުގައި ސޮއިކޮށްފި
ތެލެސީމިއާ ދަފްތަރުގައި މި އަހަރު އަލަށް 13 ކުދިން
ލޭ ހަދިޔާކުރާ މީހުންނާ ގުޅުވައިދޭ އެޕް ތައާރަފުކޮށްފި