އެކި ތުހުމަތުތަކުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ ތެރެއިން ބޮޑެތި ތުހުމަތުތައް ނުކުރެވޭ ތިން ބައިކުޅަ އެއްބައި މީހުންގެ ޓެގް އެޅުވުމަށްފަހު، މޮނީޓާ ކުރެވޭ ގޮތަށް ބަންދުން ދޫކުރެވިދާނެތޯ ބަލަން ކަމާގުޅޭ ފަރާތްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.
08 މެއި 2025
އެކި ތުހުމަތުތަކުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ ތެރެއިން ބޮޑެތި ތުހުމަތުތައް ނުކުރެވޭ ތިން ބައިކުޅަ އެއްބައި މީހުންގެ ޓެގް އެޅުވުމަށްފަހު، މޮނީޓާ ކުރެވޭ ގޮތަށް ބަންދުން ދޫކުރެވިދާނެތޯ ބަލަން ކަމާގުޅޭ ފަރާތްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.
"ރައްޔިތުންނާ އެކު" ގެ ނަމުގައި ރައީސް އޮފީހުން ފަށާފައިވާ ޕޮޑްކާސްޓުގައި، ރައީސް މިއަދު ވިދާޅުވީ އެކި މައްސަލަތަކުގައި 300 އަށްވުރެ ގިނަ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި ބަންދުގައި ހައެއްކަ އަހަރު ހޭދަކޮށްފައި ތިބި ފަސް ވަރަކަށް މީހުން ވެސް އެބަތިއްބެވެ.
ރައީސް ވިދާޅުވި ގޮތުގައި އެގޮތަށް ބަންދުގައި ތިބުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. ނަމަވެސް، ފާއިތުވި ސަރުކާރުތަކުގައި ވެސް އެކަށީގެންވާ ހައްލެއް ހޯދިފައި ނެތްކަން ފާހަގަ ކުރެއްވި އެވެ.
ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އާއްމުކޮށް ކިޔާ "ވާނުވާ" ބަންދުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ މައްސަލަތަކުގެ ތުހުމަތު ކުރެވޭ 100 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ.
ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަ ހައްލުކުރަން ސަރުކާރުން މަސައްކަތް ފެށިއިރު، އެކަމަށް ވަކާލާތުކުރާ ޖަމިއްޔާތަކުން ވަނީ އިއްޔެ ރައީސްއާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ރައީސް ވަނީ ކަމާބެހޭ ފަރާތްތަކާއެކު އެއަށް ހައްލެއް ހޯދަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ ބަންދުގެ މައްސަލަ ހައްލުކުރަން ކޯޓުތަކުގެ ޖާގައަށް ވެސް ލުއިތަކެއް ހޯދަންޖެހޭ ކަމަށެވެ. އަދި ހާއްސަކޮށް، ކްރިމިނަލް ކޯޓަށް ޖާގައިގެ ދަތިކަން އޮތުމުން އެ ކޯޓަށް ހާއްސަކޮށްގެން މިހާރު ގެންދަނީ 11 ކޮޓަރީގެ ތަނެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.
ހުޅުމާލޭގެ އޮރެންޖު ހިޔާގައި ހަދާ އެ ކޯޓު ފެސިލިޓީގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށާއި އަދި އެ މަސައްކަތް ނިމޭއިރަށް އެތަނަށް ބޭނުންވާ ވަސީލަތްތަކާއި މުވައްޒަފުން ހޯދައިދޭނެ ކަމަށާއި އޭރުން އަވަހަށް ޝަރީއަތްތައް ފެށޭނެކަން ރައީސް ފާހަގަ ކުރެއްވި އެވެ.
ރައީސް ވިދާޅުވީ ކޯޓުގެ ޖާގައިގެ މައްސަލަ ހައްލު ކުރެވެންދެން ވެސް މި ވަގުތަށް އެޅޭނެ ފިޔަވަޅުތައް ބަލަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން ވާނުވާ ބަންދުގައި ތިބި ބައެއް މީހުންގެ ފައިގައި ޓެގް އެޅުވުމަށްފަހު މޮނީޓާ ކުރެވޭ ގޮތަށް ބަންދުން ދޫކޮށްލެވިދާނެތޯ ބަލަން އޭޖީ އަދި ޕީޖީ އޮފީއަށް އަންގަވާފައިވާ ކަމަށެވެ.
"މީގައި އެބަހުރި ކޮންމެ ވެސް ވަރަކަށް މާރާމާރީގެ ތުހުމަތު ވެސް، ޓެރަރިޒަމްގެ ތުހުމަތު ވެސް އަދި މަސްތުވާތަކެތި އަދި ގޭންގު ކުށްތައް ވެސް. އެކި ކަހަލަ އަދި ކުދިކުދި ކުށްތައް އެބަ ހިމެނޭ." ރައީސް ވިދާޅުވި އެވެ.
"ކޮންމެ ގޮތަކުން ވިޔަސް ޖިންސީ ގޮތުން ކުޑަކުދިންނާއި އެކި ފަރާތްތަކަށް ކުށްކޮށްގެން ތުހުމަތުކުރެވޭ މީހުން ނުހިމެނޭ. ދެން ވެސް ކޮން ބައެއްތޯ ބަލާފައި ވީހާ ވެސް ގިނަ މީހުން، ތިންބައިކުޅަ އެއްބައި ވަރު ގާތްގަނޑަކަށް ޓެގު އެޅުވޭނެތޯ ބަލަން އަޅުގަނޑު މިހާރު ވާނީ ފުލުހުންނާއި އޭޖީ އާއި ޕީޖީއާއެކު މަސައްކަތްތަކެއް ކުރަން ހަވާލުކޮށްފައި،" އެމަނިކުފާނު ވިދާޅުވި އެވެ.
"އެކަން ސާފުވެގެން ދިޔައީމަ އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތް ކުރާނަން ވީހާ ވެސް ގިނަ މީހުންނަށް އޭރުން ކަނޑައެޅޭ ޝަރުތުތަކާ އެކީގައި ގެއަށް ބަދަލުކުރަން ނޫނީ ޓެގު އަޅުވާފައި ދޫކޮށްލެވޭނެ އެންމެ ފުޅާ މިނިވަންކަމާ އެކީގައި ދޫކޮށްލެވޭނެ މައްސަލަ ބަލައި ނިމެންދެން."
ހައްޔަރުގައި ތިބި މީހުންގެ ތެރެއިން ކުދިކުދި ކުށްތައް ނުވަތަ "ބަލިކަށި" ހެކިތައް ހުރި މައްސަލަތައް ޕީޖީ އޮފީހުން އަލުން ބަލައި، އަނބުރާ ގެނެވެން ހުރި މައްސަލަތަކަކީ ކޮބައިތޯ ބަލަން އަންގާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެއީ ވެސް ވާނުވާ ބަންދުގައި ތިބި މީހުން މަދުވާނެ ކަމެއްކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
އޭގެ އިތުރުން، އާއިލާ މީހަކު ޖާމިނުކޮށް ނުވަތަ ކަފާލާތުގެ ދަށުން އިތުރު ކުށެއް ނުކުރަން ޝަރުތުކޮށް ވެސް ބަޔަކު ބަންދުން ދޫކުރާނެ ކަމަށް ވިދާޅުވި އެވެ. އަދި މިހާރު ވެސް އެ ނިޒާމު އޮންނަނީ ވަރަށް އަގުބޮޑުކޮށް ކަމަށާއި އެކަން އެފޯޑު ކުރެވޭ މީހުންނަށް އެ ފުރުސަތު ފަހިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނަމަވެސް، ބޮޑެތި ތުހުމަތުތައް ކުރެވޭ މީހުންނަށް އެ ފުރުސަތު ނުލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ތެލެސީމިއާ ކުދިންގެ މައްސަލަތައް ހައްލުކުރާނަން: ރައީސް
ވާނުވާ ބަންދު: މޮނީޓާކުރެވޭ ގޮތަށް ދޫކޮށްދޭން އެދިއްޖެ
ނޫސްވެރިންނާ އެކު 14 ގަޑިއިރު، ތާރީހުގެ ތެރެއަށް!
ރާއްޖެ ޑިޖިޓަލް ކުރަނީ ކޮރަޕްޝަން ނައްތާލަން: ރައީސް
ނޭޝަނަލް ސާވިސް ޕްރޮގްރާމަށް ހުޅުވާލައިފި
ރިޔާސީ ކޮމިޝަންގެ ފުރަތަމަ މީޑިއާ ބްރީފިން މިއަދު
ތަހުގީގީ ކޮމިޝަނަށް އިތުރު ތިން ބޭފުޅަކު އައްޔަންކޮށްފި
މެލޭޝިއާގައި ދިވެހިންނަށް ހުރި ދަތިތައް ހައްލުކޮށްދޭނަން
މުޖުތަމައު އިސްލާހުވާނީ އަންހެނުންގެ ދައުރާއެކު: ސާޖިދާ
ރައީސް މެލޭޝިއާއަށް ފުރާވަޑައިގެންފި