ކަޝްމީރުގައި ދިން ހަމަލާއަށް ފަހު އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ނުރައްކާ ހާލަތަކަށް ގޮސްފައި ވަނިކޮށް ހަނގުރާމައިގެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް އިންޑިއާގެ އެކި ސްޓޭޓްތަކުގައި ބާއްވަން ނިންމައިފި އެވެ.
ކަޝްމީރުގައި ދިން ހަމަލާއަށް ފަހު އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ނުރައްކާ ހާލަތަކަށް ގޮސްފައި ވަނިކޮށް ހަނގުރާމައިގެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް އިންޑިއާގެ އެކި ސްޓޭޓްތަކުގައި ބާއްވަން ނިންމައިފި އެވެ.
އިންފޮމޭޝަން މިނިސްޓްރީގެ ސީނިއާ އެޑްވައިޒަރެއް ކަމަށްވާ ކަންޗަން ގުޕްތާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި ސިވިލް ޑިފެންސްގެ މޮކް ޑްރިލްތަކެއް ކުރިއަށް ގެންދަން ހޯމް މިނިސްޓްރީން ބައެއް ސްޓޭޓްތަކަށް ވަނީ އަންގައިފަ އެވެ.
ގުޕްތާ ވިދާޅުވީ އޭގެ ތެރޭގައި "އިވެކުއޭޝަން ޕްލޭން" ރިހާސަލް ކުރުމާއި، ހަމަލާއެއް ދީފި ނަމަ އަމިއްލަ ނަފްސު ރައްކާތެރިކުރުމަށް މަދަނީ ދިފާއީ ކަންކަމާ ބެހޭ ގޮތުން އާންމުންނާއި ދަރިވަރުންނާއި އެހެން މީހުން ވެސް ތަމްރީނުކުރުން ހިމެނޭނެ ކަމަށެވެ.
މީގެ އިތުރުން އެއާ ރެއިޑް އިންޒާރުދޭ ސައިރަންތައް ޓެސްޓްކުރުމާއި ކަރަންޓު ކެނޑޭ ހާލަތްތަކަށް ތައްޔާރުވުމުގެ އިތުރުން ކެމޮފްލާޖަށް ބޭނުންވާ މުހިންމު ތަންތަން ތައްޔާރުކުރުން ހިމެނެ އެވެ.
ކަޝްމީރުން އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދުގެ ޕަހަލްގަމްގައި ޓޫރިސްޓުން ގޮސް އުޅޭ ހިސާބެއްގައި އާންމުންނަށް އަމާޒުކޮށް މިދިޔަ މަހުގެ 22 ވަނަ ދުވަހު ދިން ހަމަލާގެ ޒިންމާ އިންޑިއާއިން އަޅުވަނީ ޕާކިސްތާނުގެ ބޮލުގަ އެވެ. މިހާތަނަށް އެއްވެސް ޖަމާއަތަކުން ޒިންމާ އުފުލާފައި ނުވާ މި ހަމަލާއާ ޕާކިސްތާނާ ގުޅުމެއް ނެތް ކަމަށް އެ ގައުމުން ބުނަމުން ދިޔަ ނަމަވެސް އިންޑިއާއިން ވަނީ ޕާކިސްތާނާ ދެކޮޅަށް ފިޔަވަޅުތައް އަޅައިފަ އެވެ. އެއާ އެކު ޕާކިސްތާނުން ވެސް ވަނީ އިންޑިއާއަށް ދަތިކުރަން ފިޔަވަޅު އަޅައިފަ އެވެ.
އިންޑިއާގައި ހަނގުރާމައެއްގެ ހާލަތަށް ތައްޔާރުވާން ނިންމާފައި ވާއިރު ޕާކިސްތާނުން މިއަދު ވަނީ އަނެއްކާވެސް މިސައިލް ޓެސްޓު ވެސް ކޮށްފަ އެވެ. ސާފޭސް ޓު ސާފޭސް މި މިސައިލަކީ 120 ކިލޯމީޓަރަށް ދަތުރުކުރާ އެއްޗެއް ކަމަށް ވަނީ ބުނެފަ އެވެ. މިއީ މަސްރަހު ގޯސްވި ފަހުން ޕާކިސްތާނުން ޓެސްޓުކުރި ދެ ވަނަ މިސައިލެވެ.
ކަޝްމީރުގައި 23 މީހަކު މަރާލި ހަމަލާއަށް ފަހު ކަޝްމީރުގެ ބޯޑަރު ކައިރީގައި އިންޑިއާ އާއި ޕާކިސްތާނު ސިފައިން ކޮންމެ ރެޔަކު ލުއި ހަތިޔާރުން ހަމަލާ ވެސް ދަނީ ބަދަލުކުރަމުންނެވެ.
އިންޑިއާގައި ޕާކިސްތާނު ސެލެބްރިޓީންގެ ސޯޝަލްމީޑިއާ މަނާ
އިންޑިއާއިން ހަމަލާދޭން އެބަ ތައްޔާރުވޭ: ޕާކިސްތާން
ކަޝްމީރު ހަމަލާގެ ރައްދު ދިނުމުގެ "މިނިވަންކަން ދީފި"
ޕާކިސްތާނުން އިންޑިއާގެ ޑްރޯންއެއް ވައްޓާލައިފި
އިންޑިއާއިން ޕާކިސްތާނުގެ ޗެނަލްތައް ބްލޮކް ކުރަނީ
އިންޑިއާ-ޕާކިސްތާނު ސިފައިންގެ އިތުރު ކުރިމަތިލުމެއް
އިންޑިއާ-ޕާކިސްތާން ނުރައްކާ ހާލަތަކަށް
ހަމަލާއަށްފަހު އިންޑިއާގައި ކަޝްމީރު ދަރިވަރުންނަށް ގޯނާ
ކަޝްމީރުގެ ހަމަލާ: އިންޑިއާއިން ޕާކިސްތާނަށް ދަތިކޮށްފި
ރާއްޖޭގެ މަޖިލިހުގައި ޕާކިސްތާނާއި އިންޑިއާގެ ޒުވާބެއް!