Roadha Mihaaru

އިންޑިއާއިން ޕާކިސްތާނުގެ ސޯޝަލް މީޑިއާ ޗެނަލްތައް ބްލޮކްކުރަނީ

ކަޝްމީރުގައި ހަމަލާދީ އެތައް ބަޔަކު މަރާލި މައްސަލައާ އެކު އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ މައްސަލަތައް ހޫނުވަމުން ދާއިރު އިންޑިއާ އިން ޕާކިސްތާނުގެ ސޯޝަލް މީޑިއާ އެކައުންޓުތައް ވެސް ބްލޮކް ކުރަން ފަށައިފި އެވެ.

އިންޑިއާއިން ޕާކިސްތާނުގެ ޗެނަލްތައް ބްލޮކް ކުރަނީ

ކަޝްމީރުގައި ހަމަލާދީ އެތައް ބަޔަކު މަރާލި މައްސަލައާ އެކު އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ މައްސަލަތައް ހޫނުވަމުން ދާއިރު އިންޑިއާ އިން ޕާކިސްތާނުގެ ސޯޝަލް މީޑިއާ އެކައުންޓުތައް ވެސް ބްލޮކް ކުރަން ފަށައިފި އެވެ.

މަނާ ކޮށްފައިވާ ޕްލެޓްފޯމްތަކުގެ ތެރޭގައި ޕާކިސްތާނުގެ ނޫސްތައް ކަމަށްވާ ޑޯން، ސަމާ ޓީވީ، އޭއާރުވައި ނިއުސް، ބޯލް ނިއުސް، ރަފްތާރު، ޖިއޯ ނިއުސް އަދި ސުނޯ ނިއުސްގެ ޔޫޓިއުބް ޗެނަލްތައް ހިމެނެ އެވެ.

އިންޑިއާއިން ބުނީ މި ޗެނަލްތައް ބްލޮކް ކުރީ ނަފްރަތާއި ރުޅިވެރިކަން އުފެދޭ ކޮންޓެންޓް ފޮނުވާތީ ކަމަށެވެ.

މިއަދު އިންޑިއާގައި އެ ޗެނަލްތައް ބްލޮކްކޮށްފައިވާއިރު، އެ ޗެނަލްތަކަށް ވަނުމުން ފެންނަނީ "ގައުމީ ސަލާމަތާއި އަމަންއަމާންކަމާ ގުޅޭ ގޮތުން ސަރުކާރުން ނެރުނު އަމުރަކަށް" ބްލޮކް ކޮށްފައިވާ ޗެނަލްތަކެއް ކަމުގެ މެސެޖު މެސެޖެކެވެ.

ޕްރެސް ޓްރަސްޓް އޮފް އިންޑިއާ ނިއުސް އެޖެންސީން ސަރުކާރުގެ ބަޔާނަކާ ހަވާލާދީ ބުނީ 16 ޗެނަލެއް ބަންދުކޮށްފައިވާ ކަމަށާއި އެއީ ހަރުކަށި އަދި މުޖުތަމައުގައި ހަމަނުޖެހުން އުފެދޭ ކޮންޓެންޓާއި، ދޮގު ވާހަކަތައް އިންޑިއާއާ ދެކޮޅަށް ފަތުރާތީ ކަމަށެވެ.

މި މަހުގެ 22 ވަނަ ދުވަހު، އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ޕަހަލްގަމްގައި ޓޫރިސްޓުންނަށް އަމާޒުކޮށްދިން ބަޑީގެ ހަމަލާގައި 26 ފިރިހެނުން މަރާލާފައިވެ އެވެ.

ހަމަލާއާ ގުޅިގެން ދެ ގައުމުގެ ގުޅުން ގޯސްވެ އިންޑިއާއިން މިހާރު ވަނީ ދެ ގައުމުގެ ދެމެދުގައި ފެން ހިއްސާކުރުމަށް ވެފައި އޮތް މުހިންމު އެއްބަސްވުމަކަށް އަމަލުކުރުން ސަސްޕެންޑްކޮށްފަ އެވެ. އަދި ޕާކިސްތާނާ އެކު އޮންނަ އެއްގަމު ބޯޑަރު ހުރަސްކުރާ މައި މަގު ބަންދުކޮށް، ޑިޕްލޮމެޓިކް ގުޅުން ތައް ދަށްކޮށް، ޕާކިސްތާނު މީހުންނަށް ވިސާ ދިނުން ވެސް ވަނީ މެދުކަނޑާލައިފަ އެވެ. މި ކަންކަމުގެ ރައްދުގައި ޕާކިސްތާނުން ވެސް ވަނީ އިންޑިއާގެ ޑިޕްލޮމެޓުންނާއި އަސްކަރީ އެޑްވައިޒަރުން ބޭރުކުރުމަށާއި، ސިކުންގެ ދީނީ ކަންކަމުގައި އަންނަ މީހުން ފިޔަވައި އިންޑިއާ މީހުންނަށް ވިސާ ނުދިނުމަށާއި ބޯޑަރު ހުރަސްކުރުން މަނާކޮށްފަ އެވެ.

ކަޝްމީރުގެ މިނިވަންކަމަށް 1989 ވަނަ އަހަރުން ފެށިގެން ހަނގުރާމަކުރަމުން އަންނައިރު އިންޑިއާ އާއި ޕާކިސްތާނުން އަބަދުވެސް ގެންދަނީ މަސްރަހު ގޯސްކުރަން މަސައްކަތްކުރާ ކަމުގެ ތުހުމަތު އެއް ގައުމުން އަނެއް ގައުމަށް ކުރަމުންނެވެ. އަދި މަސްރަހު ގޯސްވާ ކޮންމެ ފަހަރަކު ހަމަލާ ބަދަލުކޮށް އަލުން ހަނގުރާމައެއް ފެށުމުގެ ބިރު ބޮޑުވާ ހިސާބަށް ކަންތައްދެ އެވެ.