އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މިލްކުވެރިކަމުގެ މައްސަލަ އުފެދިފައިވާ ކަޝްމީރުގެ ބާރުތައް ކަނޑައެޅުމާ ބެހޭ ގޮތުން ގާނޫނުއަސާސީގައި އޮންނަ މާއްދާ އިސްލާހުކުރުމަކީ އެތަނުގެ ދާޚިލީ މައްސަލައެއް ކަމަށް ރާއްޖޭން ބުނެފި އެވެ.
އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މިލްކުވެރިކަމުގެ މައްސަލަ އުފެދިފައިވާ ކަޝްމީރުގެ ބާރުތައް ކަނޑައެޅުމާ ބެހޭ ގޮތުން ގާނޫނުއަސާސީގައި އޮންނަ މާއްދާ އިސްލާހުކުރުމަކީ އެތަނުގެ ދާޚިލީ މައްސަލައެއް ކަމަށް ރާއްޖޭން ބުނެފި އެވެ.
އިންޑިއާގެ ގާނޫނުއަސާސީގައި ކަޝްމީރަށް ބާރުތަކެއް ދިނުމާ ބެހޭ ގޮތުން އޮންނަ 370 ވަނަ މާއްދާ އިސްލާހުކޮށް މިހާރު ކަނޑައަޅާފައިވަނީ ޖައްމޫ އާއި ކަޝްމީރަކީ ދެ ޔުނިއަން ޓެރިޓަރީސްގެ ގޮތުގަަ އެވެ. މިހެން ހެދުމުން ކަޝްމީރުގެ ލަދަޚް ވެގެން ދާނީ ގާނޫނުހަދާ މަޖިލީހެއް ނެތް ޔުނިއަން ޓެރިޓަރީއަކަށެވެ. އަދި ޖައްމޫ އާއި ކަޝްމީރު ވާނީ ގާނޫނުހަދާ މަޖިލީހެއް އޮންނަ ޔުނިއަން ޓެރަރިޓަރީއަކަށެވެ.
"ރާއްޖޭން ދެކެނީ މިނިވަން ކޮންމެ ގައުމަކަށް ވެސް އެ ގައުމެއްގެ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ ހައްގު އޮންނާނެ ކަމަށެވެ." މި ބަދަލާ ބެހޭ ގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެވެ.
ގާނޫނުއަސާސީގައި މީގެ 70 އަހަރު ކުރިން ފެށިގެން އޮންނަ ގޮތުން، ކަޝްމީރަށް ވަކި ގާނޫނުއަސާސީއަކާއި ދިދައެއް އަދި ވަކި ގާނޫނުތަކެއް ހެދުމުގެ އިހްތިޔާރު އޮވެ އެވެ. ނަމަވެސް ޚާރިޖީ ގުޅުންތަކާއި ދިފާއީ ކަންކަމާއި މުއާސަލާތީ ހިދުމަތް ފަދަ ކަންކަން އޮންނަނީ މައި ސަރުކާރުގެ ކޮންޓްރޯލްގަ އެވެ. މި ބާރުތަކުގެ ސަބަބުން ކަޝްމީރުގެ ދާއިމީ ރަށްވެހިކަން ދިނުމާއި މުދާ މިލްކު ކުރުމުގައި ގޮތް ކަނޑައެޅުމުގެ ބާރު ކަޝްމީރަށް އޮވެ އެވެ. އަދި އިންޑިއާގެ އެހެން ސްޓޭޓްތަކުގެ މީހުންނަށް ކަޝްމީރުން ބިން ގަނެ ކަޝްމީރުގައި ވަޒަންވެރިވުން މަނަލެވެ.
ގާނޫނުއަސާސީ އަށް ގެނައި އިސްލާހާ ގުޅިގެން ހަމަނުޖެހުން ހިނގާފާނެތީ އިންޑިއާ ސިފައިން ކަޝްމީރުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.
ނުގުޅޭ ކަމަށް ބުނެ އިންޑިއާ ގުޅޭ ސުވާލަށް ޖަވާބެއްނެތް
އިންޑިއާ-ޕާކިސްތާން ސުލްހަވާން ރާއްޖޭން ގޮވާލައިފި
އައްޑޫގައި އޮތް އިންޑިއާގެ ހެލިކޮޕްޓަރު ގެންދަން އެދެފި
އެއާ ފޯސް އަށް ޕައިލެޓުންނާއި އިންޖިނިއަރުން ހޯދަނީ
ޕާކިސްތާނުން އިންޑިއާގެ ޖެޓެއް ވައްޓާލިކަމަށް ބުނެވިއްޖެ
އިންޑިއާ-ޕާކިސްތާނު ސިފައިން ފަހަތަށް ޖެހެނީ
ޕާކިސްތާނުގެ ނިއުކްލިއާ އދ އިން ބަލަންޖެހޭ: އިންޑިއާ
ނިއުކްލިއާ ބްލެކްމެއިލްއަކަށް އިންޑިއާ ނުސިހޭނެ: މޯދީ
ދުވަސްތަކެއް ފަހުން ކަޝްމީރުގައި ހަމަލާނުދޭ ރެއެއް
އިންޑިއާ އާއި ޕާކިސްތާނުން ހަމަލާތައް ހުއްޓާލައިފި