ޕާކިސްތާނުގެ އަސްކަރިއްޔާއިން ކަޝްމީރުގެ ބޯޑަރު ސަރަހައްދުން އިންޑިއާގެ ޑްރޯނެއް ވައްޓާލާފައިވާ ކަމަށް ޕާކިސްތާނު ސަރުކާރުގެ ރޭޑިއޯއިން މިއަދު ބުނެފި އެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާއިން ކަޝްމީރުގެ ބޯޑަރު ސަރަހައްދުން އިންޑިއާގެ ޑްރޯނެއް ވައްޓާލާފައިވާ ކަމަށް ޕާކިސްތާނު ސަރުކާރުގެ ރޭޑިއޯއިން މިއަދު ބުނެފި އެވެ.
އިންޑިއާގެ އަސްކަރިއްޔާއިން ބުނެފައިވާ ގޮތުގައި، ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) ހުރަސްކޮށް ރޭ ވެސް ދެ ގައުމުގެ ސިފައިން ވަނީ ހަމަލާ ބަދަލުކޮށްފަ އެވެ. މިއީ ކަޝްމީރުގެ އިންޑިއާ ފަޅީގައި ބަޔަކު ބަޑިން ހަމަލާދީ 26 މީހަކު މަރާލި މައްސަލަ އަށް ފަހު ޖެހިޖެހިގެން ހަމަލާ ބަދަލުކުރި ފަސް ވަނަ ރެ އެވެ.
ބަޑީގެ ހަމަލާތައް ބަދަލުކުރިކަން ޕާކިސްތާނުން އަދި ކަށަވަރުކޮށްދީފައި ނުވި ނަމަވެސް ޕާކިސްތާނު ސަރުކާރުގެ ރޭޑިއޯ އިން ބުނީ އިންޑިއާގެ "ކުއަޑްކޮޕްޓަރެއް" ވައްޓާލާފައިވާ ކަމަށާއި އިންޑިއާއިން ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެފައިވާ ކަމަށެވެ.
ރޭޑިއޯ ޕާކިސްތާނުން ބުނެފައި ވަނީ މީހަކު ނެތި އުދުހޭ މަތިންދާބޯޓުން މަސައްކަތްކުރީ ބިމްބަރު ސަރަހައްދުގެ މިނާވަރް ސެކްޓަރުގެ އެލްއޯސީގައި ސަވައިލެންސްގައި އުޅެނިކޮށް ކަމަށެވެ.
މިކަން ހިނގީ ކޮން އިރަކުކަމެއް ޕާކިސްތާނަކުން ނުބުނެ އެވެ. އަދި މިކަން ހިނގި ކަމެއް އިންޑިއާއަކުން ވެސް ނުބުނެ އެވެ.
ނިއުކްލިއާ ދެ ބާރުގެ މެދުގައި މަސްރަހު ހޫނުވެފައި ވަނީ ކަޝްމީރުގައި ދިން ހަމަލާތަކަކީ ޕާކިސްތާނުގެ ތާއީދާ އެކު ދޭ ހަމަލާތައް ކަމަށް އިންޑިއާއިން ބުނެ އެކި ފިޔަވަޅުތައް އެޅުމާ އެކުގަ އެވެ. ނަމަވެސް ޕާކިސްތާނުން ދަނީ މި ތުހުމަތަށް އިންކާރުކުރަމުންނެވެ.
އިންޑިއާއިން ހަމަލާދޭން އެބަ ތައްޔާރުވޭ: ޕާކިސްތާން
ކަޝްމީރު ހަމަލާގެ ރައްދު ދިނުމުގެ "މިނިވަންކަން ދީފި"
އިންޑިއާއިން ޕާކިސްތާނުގެ ޗެނަލްތައް ބްލޮކް ކުރަނީ
އިންޑިއާ-ޕާކިސްތާނު ސިފައިންގެ އިތުރު ކުރިމަތިލުމެއް
އިންޑިއާ-ޕާކިސްތާން ނުރައްކާ ހާލަތަކަށް
ހަމަލާއަށްފަހު އިންޑިއާގައި ކަޝްމީރު ދަރިވަރުންނަށް ގޯނާ
ކަޝްމީރުގެ ހަމަލާ: އިންޑިއާއިން ޕާކިސްތާނަށް ދަތިކޮށްފި
ރާއްޖޭގެ މަޖިލިހުގައި ޕާކިސްތާނާއި އިންޑިއާގެ ޒުވާބެއް!
އިންޑިއާ-ޕާކިސްތާން ވައިގެ ހަމަލާ އަށް ފިލްމެއް ހަދަނީ
"ކަޝްމީރުގައި ޖެހިގެން އުޅެނީ ދާޚިލީ މައްސަލައެއް"