ކަޝްމީރުގައި ބަޑިން ހަމަލާދީ ބަޔަކު މަރާލި މައްސަލައިގައި އިންޑިއާއިން ޕާކިސްތާނަށް ހަމަލާދޭން ތައްޔާރުވަމުންދާ ކަމުގެ "އިތުބާރު ހުރި ޖާސޫސީ މައުލޫމާތު" ލިބިފައިވާ ކަމަށް ޕާކިސްތާނުން މިއަދު ބުނެފި އެވެ.
ކަޝްމީރުގައި ބަޑިން ހަމަލާދީ ބަޔަކު މަރާލި މައްސަލައިގައި އިންޑިއާއިން ޕާކިސްތާނަށް ހަމަލާދޭން ތައްޔާރުވަމުންދާ ކަމުގެ "އިތުބާރު ހުރި ޖާސޫސީ މައުލޫމާތު" ލިބިފައިވާ ކަމަށް ޕާކިސްތާނުން މިއަދު ބުނެފި އެވެ.
އިންޑިއާ އިން ހަމަލާ ދީފި ނަމަ ރައްދުގައި ހަމަލާދޭނެ ކަމުގެ އިންޒާރު ޕާކިސްތާނުން ވެސް ދީފައި ވާއިރު ނިއުކްލިއާ މި ދެ ބާރު ސުލްހަކޮށް މަސްރަހު ފިނިކުރުމަށް އެކި ގައުމުތަކުން ގެންދަނީ މަސައްކަތްކުރަމުންނެވެ.
"ޕަހަލްގަމްގެ ހާދިސާ އަކީ ދޮގު ބަހަނާއެއްގެ ގޮތުގައި ބޭނުންކޮށްގެން، ކުރިއަށް އޮތް 24-36 ގަޑިއިރުގެ ތެރޭގައި އިންޑިއާއިން އަސްކަރީ ހަމަލާއެއް ދޭން އުޅޭ ކަމުގެ އިތުބާރު ހުރި ޖާސޫސީ މައުލޫމާތު ޕާކިސްތާނަށް ލިބިފައިވޭ،" ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު އަތާއުﷲ ތަރާރް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ ކޮންމެ ހަމަލާއަކަށް، ހަމަ އެއާ އެކަށީގެންވާ ވަރުގެ ރައްދެއް ދޭނެ ކަމަށެވެ.
ނަމަވެސް ޕާކިސްތާނުގެ ފޮރިން މިނިސްޓަރު އިޝްހާގް ދާރް ވިދާޅުވީ ފުރަތަމަ ހަމަލާދޭ ގައުމަކަށް ޕާކިސްތާން ނުވާނެ ކަމަށެވެ.
މިފަހަރު މަސްރަހު ހޫނުވީ މިދިޔަ ހަފުތާގައި، ކަޝްމީރުގެ އިންޑިއާ ފަޅީގެ ޕަހަލްގަމްގައި ޓޫރިސްޓުންނަށް ދިން ހަމަލާގެ ޒިންމާ އިންޑިއާއިން އެ ގައުމުގެ އެންމެ ވާދަވެރި ޕާކިސްތާނުގެ ބޮލުގައި އެޅުވުމާ ގުޅިގެންނެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއްޔެ ވަނީ ރައްދު ހަމަލާ ދިނުމުގައި ސިފައިންނަށް "އޮޕަރޭޝަނަލް ފްރީޑަމް" ދީފަ އެވެ. އެހެންވެ، ހަމަލާ ދޭނެ ގޮތާއި ވަގުތާއި ބޭނުންކުރާނެ ބާރު ފަދަ ހުރިހާ ކަމެއް ސީދާ ސިފައިން އަމިއްލައަށް ކަނޑައެޅުމުގެ ބާރު އޮންނާނެ އެވެ.
ޕާކިސްތާނުން ވަނީ 26 މީހަކު މަރާލި ހަމަލާއާ އެ ގައުމާ ގުޅުވައި ކުރާ ތުހުމަތަށް އިންކާރުކޮށްފަ އެވެ.
ގާތްގަނޑަކަށް 15 މިލިއަނުގެ އާބާދީއެއް އޮންނަ އަދި މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ކަޝްމީރަކީ ޕާކިސްތާނާއި އިންޑިއާއާ ދެމެދު ދެ ބަޔަށް ބެހިފައި އޮންނަ ސަރަހައްދެކެވެ. އެ ތަނުގެ މިލްކުވެރިކަމަށް ދެ ގައުމުން ވެސް ދައުވާކުރެ އެވެ.
ކަޝްމީރު ހަމަލާގެ ރައްދު ދިނުމުގެ "މިނިވަންކަން ދީފި"
ޕާކިސްތާނުން އިންޑިއާގެ ޑްރޯންއެއް ވައްޓާލައިފި
އިންޑިއާއިން ޕާކިސްތާނުގެ ޗެނަލްތައް ބްލޮކް ކުރަނީ
އިންޑިއާ-ޕާކިސްތާނު ސިފައިންގެ އިތުރު ކުރިމަތިލުމެއް
އިންޑިއާ-ޕާކިސްތާން ނުރައްކާ ހާލަތަކަށް
ހަމަލާއަށްފަހު އިންޑިއާގައި ކަޝްމީރު ދަރިވަރުންނަށް ގޯނާ
ކަޝްމީރުގެ ހަމަލާ: އިންޑިއާއިން ޕާކިސްތާނަށް ދަތިކޮށްފި
ރާއްޖޭގެ މަޖިލިހުގައި ޕާކިސްތާނާއި އިންޑިއާގެ ޒުވާބެއް!
އިންޑިއާ-ޕާކިސްތާން ވައިގެ ހަމަލާ އަށް ފިލްމެއް ހަދަނީ
"ކަޝްމީރުގައި ޖެހިގެން އުޅެނީ ދާޚިލީ މައްސަލައެއް"