ރާއްޖޭގައި މައްސަލައަކީ ވެރިން ނޫން ކަމަށާއި ރިޔާސީ ނިޒާމު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
04 މެއި 2025
ރާއްޖޭގައި މައްސަލައަކީ ވެރިން ނޫން ކަމަށާއި ރިޔާސީ ނިޒާމު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ވަރަށް ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމުގެ ވެރިކަން ކަމަށެވެ.
"ވަކި ވެރިއެއްގެ މައްސަލައެއް ނޫން." ނަޝީދު ވިދާޅުވި އެވެ.
"ޕާލިމަންޓްރީ ނިޒާމާއި ޕްރިފެރަންޝިއަލް (ގިނަ ވޯޓު ދެވޭ) ވޯޓިން އަށް ބަދަލު ވެވިއްޖެ ނަމަ އެތައް ކަމެއް އިސްލާހު ވާނެ ކަމަށް ދެކެން."
ރާއްޖޭގެ އިންތިހާބީ ނިޒާމު ޕްރިފެރެންޝަލް ނިޒާމަކަށް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތާއީދަށް އެދިވަޑައިގެންފައި ވަނިކޮށް، ނަޝީދު ވަނީ އެކަމަށް ވެސް ތާއީދުކުރައްވާ ވާހަކަފުޅު ދައްކަވައިފަ އެވެ.
ނަޝީދު މިދިޔަ މަހު 20 ގައި އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ޕްރިފެރެންޝަލް ވޯޓާއާ އެކު ނަމަ އެއް ބުރުން ވޯޓުލައި ނިންމައި ސަރުކާރެއް އުފައްދާ އުސޫލަކީ ރަނގަޅު އުސޫލެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ރައީސް މުއިއްޒު އިއްޔެ ބޭއްވި 14 ގަޑިއިރުގެ މީޑިއާ ބްރީފިންގައި ވެސް ވަނީ ވެރިކަން ހިންގުމުގެ ނިޒާމަށް އެ މަނިކުފާނު ގެންނަވަން ބޭނުންފުޅުވާ ބަދަލުތަކުގެ ވާހަކަފުޅު ދައްކަވައިފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ:
1- ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށް ބޭއްވުން.
2- ރިޔާސީ އިންތިހާބު ޕްރިފަރެންޝަލް ވޯޓިން ނިޒާމަކަށް ބަދަލުކޮށް އެ އިންތިހާބުގެ ދެ ވަނަ ބުރު ނުބާއްވާ ގޮތަށް ހެދުން.
3- ރިޔާސީ ދައުރު ނޮވެމްބަރު 11 ގައި ފެށުން.
4- ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަދަދު 93 އަށް ވުރެ އިތުރު ނުވާނެ ގޮތަށް ހެދުން. ނުވަދިހަ ތިނެއް އެއީ މިހާރު ވެސް މަޖިލިހުގައި ތިއްބެވި މެމްބަރުންގެ އަަދަދު. ރައީސްގެ ބޭނުމަކީ އެ އަދަދު "ފްރީޒްކޮށް" އިތުރު ނުވާނެ ގޮތެއް ހެދުން ކަަމަށް ވިދާޅުވި.
5- އިންތިހާބީ މަގާމުތަކުގައި ތިބޭ އެންމެން ރިކޯލް ވޯޓަކުން ވަކި ކުރެވޭނެ ނިޒާމެއް ހެދުން. ރައީސް މުއިއްޒު ވިދާޅުވީ، އޭގެ ބޭނުމަކީ ރައްޔިތުންނަށް ބާރު ދިނުން ކަމަށް.
6- އަތޮޅު ކައުންސިލްތައް އުވައިލުން. ރައީސް މިއަދު ވިދާޅުވީ، އަތޮޅު ކައުންސިލަކާއި ރަށު ކައުންސިލެއް އޮތުމުން އަތޮޅު ކައުންސިލްގެ މަސައްކަތްތައް ނުހިނގާ ކަމަށް. އަދި ބޭކާރު ގިނަ ހަރަދުތަކެއް ވެސް ހިނގާ ކަމަށް ވިދާޅުވި.
ނަޝީދު ވަނީ އެ މަނިކުފާނު މަޖިލީހުގެ ރައީސަކަށް ހުންނެވި އިރު ވެސް ރާއްޖޭގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން ވަރަށް ބޮޑަށް ވަކާލާތު ކުރައްވައިފަ އެވެ. ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާ ދެމެދުގައި މައްސަލަ ޖެހުނު މައިގަނޑު އެއް ސަބަބަކީ ވެސް ނިޒާމު ބަދަލުކުރުމަށް އޭރު އިބޫ ދެކޮޅު ހެއްދެވުމެވެ. އެ މައްސަލާގައި ނަޝީދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ.
ރިޔާސީ އިންތިހާބު ބާއްވާ ގޮތް ބަދަލުކުރުމާ ގުޅޭ ގޮތުން ރައީސް މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވިދާޅުވެފައި ވަނީ އެ މަނިކުފާނުގެ އަމިއްލަފުޅު ވިސްނުމަކީ ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަށް ނުގޮސް ފުރަތަމަ ބުރާ ހިސާބުން ބޭފުޅަކު ކަނޑައެޅުން ކަމަށެވެ. އެހެންވެ، ޕްރިފަރެންޝަލް ނިޒާމަކަށް އަމަލުކުރަން މިހާރު ވެސް އެޓާނީ ޖެނެރަލް އޮފީހުން ދިރާސާތައް ކުރަމުން އަންނަ ކަމަށް ރައީސް މުއިއްޒު އޭރު ވިދާޅުވެފައިވެ އެވެ.
ރައީސް ވިދާޅުވި ގޮތުގައި، އޭރުން ރިޔާސީ އިންތިހާބަށް ދައުލަތުން ކުރާ ހަރަދު ވެސް ވަރަށް ބޮޑަށް ކުޑަކުރެވޭނެ އެވެ. އެ މަނިކުފާނު މި ކަމަށް މިހާރު ވަރަށް ބޮޑަށް ވަކާލާތު ކުރެއްވި ނަމަވެސް އެ އިސްލާހުތައް ގެންނަން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާނެ އިރެއް އަދި ވިދާޅެއް ނުވެ އެވެ.
ވަކާލަތު ކުރަނީ ޕްރިފެރެންޝަލް ވޯޓިން އަށް: ރައީސް
ރާއްޖޭގެ ވެރިކަމާ ކުޅެން އިންޑިއާއިން ނޫޅޭނެ: ނަޝީދު
"ރޯގެ އެހީގައި ވެރިކަން ވައްޓާލުމުގެ ރޭވުމެއް ރޭވި"
ބޭރުގެ ފާމުން މާލީ ލަފާ ނުހޯދާތީ ނަޝީދުގެ ތައުރީފް
ރާއްޖެ-އިންޑިއާ ގުޅުން ރަނގަޅުވުމުން އުފާވޭ: ނަޝީދު
އިންޑިއާގެ ގުޅުމަށް މަލާމާތްކުރާތީ ނަޝީދުގެ ރައްދެއް!
ގުޅުން ގޯސްވެފައިވާތީ ނަޝީދު މައާފަށް އެދިވަޑައިގެންފި
ރައީސް އެކަނިވެއްޖެ، ސިޔާސަތު ބަދަލުކުރަންޖެހޭ: ނަޝީދު
ނިޒާމީ ވޯޓުގެ ވާހަކަ ޑިމޮކްރެޓުން ހުއްޓާލައިފި
އެމްޑީޕީން ބަރުލަމާނީ ނިޒާމަށް ތާއީދެއް ނުކުރާނެ