06 އޮކްޓޯބަރ 2024
ރާއްޖެ އާއި އިންޑިއާގެ ގުޅުން ރަނގަޅުވުމަކީ އެކަމާ އުފާ ކުރައްވާ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެ އާއި އިންޑިއާގެ ގުޅުން ރަނގަޅުވުމަކީ އެކަމާ އުފާ ކުރައްވާ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
އެކްސްގައި ނަޝީދު މިގޮތަށް ޕޯސްޓެއް ކުރައްވާފައި މިވަނީ އިންޑިއާގެ ރައީސް ދުރުޕަދީ މުރުމޫގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ އިސް ވަފުދެއް މިއަދު އިންޑިއާއަށް ވަޑައިގަތުމުންނެވެ.
އިންޑިއާ އާ އެކު އަބަދުވެސް ގާތް ގުޅުމެއް ބޭއްވެވި ނަޝީދު އެކްސްގައި ވިދާޅުވީ، އިންޑިއާ އާއި ރާއްޖެއަކީ އެއްގޮތް ގިނަ ކަންތައްތަކެއް އެކުލެވޭ ދެ ގައުމު ކަމަށާއި އޭގެ ތެރޭގައި މިއުޒިކާއި ފިލްމާއި ކެއުމުގެ އިތުރުން ތާރީހުގައި ވެސް އެއްގޮތް ކަންތައް އެބަ ހުރި ކަމަށެވެ. އެހެންވެ، އިންޑިއާ އާއި ރާއްޖެ އަބަދުވެސް ދެމި އޮންނަން ވާނީ އެކުވެރި ދެ ގައުމުގެ ގޮތުގައި ކަމަށް ނަޝީދު ވިދާޅުވި އެވެ.
މި ވެރިކަމުގެ ކުރީކޮޅު އިންޑިއާ އާއި ރާއްޖެއާ ދެމެދު ޖެހުނު މައްސަލަތަކަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވީ ދެ ގައުމުގެ ގުޅުން ރަނގަޅުވެ، ކަންކަން ހަމައަކަށް އެޅިފައިވާ މަންޒަރު ފެނިވަޑައިގަތުމުން އުފާ ކުރައްވާ ކަމަށެވެ.
އެކަމަށްޓަކައި ނަޝީދު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް މުއިއްޒަށް މަރުހަބާ ދަންނަވައިފަ އެވެ.
India & Maldives are natural partners with so much in common: music, films, food, culture, history and geography. We should always remain friends. So happy to see things fall into place & the relationship fixed. Congratulations to PM Modi and Pres. Dr. Muiz @narendramodi @MMuizzu
— Mohamed Nasheed (@MohamedNasheed) October 6, 2024
އިންޑިއާ އާއި ރާއްޖޭގެ ގުޅުން ގޯސްވީ، މިދިޔަ އަހަރުގެ ތެރޭގައި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ، ދެ ގައުމުގެ ގުޅުމަށް އަސަރު ކުރާ ގޮތަށް އަދި އިންޑިއާގެ ބޮޑުވަޒީރަށް ނިސްބަތްކޮށް ސޯޝަލް މީޑިއާގައި ދެއްކި ވާހަކަތަކެއް ހޫނުވެގެންނެވެ.
އެ މައްސަލަ ބޮޑުވެ، އެ ދެ ބޭފުޅުން މަގާމުން ސަސްޕެންޑް ވެސް ކުރި އެވެ.
އެ މައްސަލާގައި ރާއްޖެއާ ދެކޮޅަށް އިންޑިއާ އިން ވެސް ސޯޝަލް މީޑިއާގައި ވަނީ އެ ގައުމުގެ ޓޫރިސްޓުން ރާއްޖޭގެ ބަދަލުގައި ލަކްޝަދީބް ހިޔާރުކުރުމަށް ގޮވާލާ ކެމްޕެއިން ކޮށްފަ އެވެ. އޭރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަ ގައުމުތަކުގެ ލިސްޓުގެ ކުރީގައި ވެސް އޮތީ އެ ގައުމެވެ.
އެކަމަކު ފަހުން ސަރުކާރުން ކުރި މަސައްކަތުން އިންޑިއާ އާއި ރާއްޖޭގެ ގުޅުން މިހާރު ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ބައްދަލުކުރެއްވުން.
ރައީސްގެ މި ދަތުރުފުޅުގައި މިއަދު އެންމެ ފުރަތަމަ ބައްދަލުކުރެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރާ އެވެ. ރައީސް އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ރަސްމީ ވާހަކަތަކާއި އެއްބަސްވުންތަކުގައި ސޮއިކުރުން އޮތީ މާދަމާ އެވެ.
މިއީ ރައީސް މުއިއްޒު މިދިޔަ ނޮވެމްބަރު މަހުގެ 17 ގައި މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އެ ގައުމަށް ކުރައްވާ ފުރަތަމަ ފުރަމާާނަ ދަތުރުފުޅެވެ. އެކަމަކު، ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިދިޔަ ޖޫން މަހު ވެސް ރައީސް މުއިއްޒު އިންޑިއާ އަށް ވަޑައިގަތެވެ. އެ ދަތުރުފުޅުގައި މޯދީއާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރުމުގެ މަޝްވަރާތައް ދެ ބޭފުޅުން ކުރެއްވި އެވެ.
އިންޑިއާގެ ގުޅުމަށް މަލާމާތްކުރާތީ ނަޝީދުގެ ރައްދެއް!
އިންޑިއާގެ ސަފީރު، ރައީސަށް ވަދާއީ ޒިޔާރަތްކުރައްވައިފި
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
ޔޫޕީއައި ތައާރަފުކުރަން ކޮންސޯޓިއަމެއް ގާއިމުކުރަނީ
ދިވެހި ސިފައިން ޑޯނިއާ ނުދުއްވާ ސަބަބު ހާމަކުރަނީ
އިންޑިއާގައި ތާށިވެފައި ހުންނަތާ 12 އަހަރު!
ވިސްނުން ހުރީ އިތުރު ގައުމުތަކުގެ ފައިސާ ބޭނުންކުރަން
އިންޑިއާ ދަތުރު ވަރަށް ކާމިޔާބު: ރައީސް
"އެއްބަސްވީ ލިޔެފައިވާ އެއްޗަކަށް، ފެންނަން ހުންނާނެ"
"ޖީޑީޕީގެ 15 ޕަސެންޓަށް ޑިޖިޓަލް ދާއިރާ ހަދާނަން"