ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ސިޔާސީ ގުޅުން ގޯސްވެފައިވާތީ، ދިވެހިންގެ ފަރާތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގައި މިއަދު މައާފަށް އެދިވަޑައިގެންފި އެވެ.
09 މާޗް 2024
ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ސިޔާސީ ގުޅުން ގޯސްވެފައިވާތީ، ދިވެހިންގެ ފަރާތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގައި މިއަދު މައާފަށް އެދިވަޑައިގެންފި އެވެ.
ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާއެކު ރާއްޖޭގެ ސިޔާސީ މަސްރަހުން މިހާރު ދުރުގައި ހުންނެވި ނަޝީދު، އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އޭޝިއަން ނިއުސް އިންޓަނޭޝަނަލް އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ރާއްޖެ-އިންޑިއާގެ ޑިޕްލޮމެޓިކް މައްސަލަ ހޫނުވެފައި ވާތީ ރާއްޖޭގެ ޓޫރިޒަމަށް ނޭދެވޭ އަސަރުކުރާ ކަމަށެވެ.
އެއާއެކު، އިންޑިއާއިން ރާއްޖެ ބޮއިކޮޓްކުރަން ގޮވާލަމުން ދާތީ ކަންބޮޑުވުން ފާޅުކުރައްވައި، ނަޝީދު ވަނީ ދިވެހިންގެ ނަމުގައި އިންޑިއާގައި މައާފަށް އެދިވަޑައިގެންފަ އެވެ. އަދި އިންޑިއާ ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކުރުމުގައި ދެމި ތިބުމަށް ވެސް ވަނީ ހިތްވަރުދެއްވައިފަ އެވެ.
"އަޅުގަނޑުމެން އެދެނީ އިންޑިއާ މީހުން ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައުން، އަޅުގަނޑުމެންގެ މެހެމާންދާރީއަށް އެއްވެސް ބަދަލެއް ނާންނާނެ،" ނަޝީދު ވިދާޅުވި އެވެ.
ލަކްޝަދީޕްގެ ޓޫރިޒަަމް ޕްރޮމޯޓްކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓަށް ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި އަބްދުﷲ މަހްޒޫމް މާޖިދު ދިން ރައްދުތަކަކާ ހެދި، ރާއްޖެ ހޫނުފެނަށް ވެއްޓުނެވެ. ފާޑު ކިޔުންތަކާއެކު އެ ތިން ބޭފުޅުން މިދިޔަ ޖެނުއަރީ މަހު ވަނީ މުސާރަ ލިބޭގޮތަށް ސަސްޕެންޑުކޮށްފަ އެވެ. އަދިވެސް ތިއްބެވީ ސަސްޕެންޝަނުގަ އެވެ.
ނަޝީދު ވިދާޅުވީ އެކްޓިވިސްޓުންގެ ވިސްނުމުގެ ދަށު ދަރަޖައިގައި، ސަރުކާރުގެ އޮފިޝަލުން އެގޮތަށް ވާހަކަ ދެއްކެވުމަކީ ހިތާމައެއް ކަމަށާއި އެކަން ވީހާ ވެސް އަވަހަކަށް، ކޮންމެހެން ހައްލުކުރަންޖެހޭ ކަމަށެވެ.
ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވަން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލުވާ ވާހަކަ ދެއްކުމުން އެ ގައުމުން އެކަމާ ދެކޮޅެއް ނުހަދާ ކަމަށާއި އެދިފައިވަނީ ވެސް މަޝްވަރާކޮށްގެން ހައްލުކުރަން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވި ގޮތުގައި، އެއީ، ޒިންމާދާރު ސަރުކާރަކުން އަމަލުކުރާނެ ގޮތެކެވެ.
ނޮވެމްބަރު 3 ގެ ހަމަލާއާ ފެނުގެ ކާރިސާ އަދި ކޮވިޑުގައި ވެސް ރާއްޖެއަށް އެންމެ އަވަހަށް އެހީވީ އިންޑިއާއިން ކަން ފާހަގަކުރައްވައި، ނަޝީދު ވަނީ ހެލިކޮޕްޓަރާއި ޑޯނިއާ ފޮނުވާލަން ކުރާ މަޝްވަރާތައް ވީހާ ވެސް އަވަހަކަށް ހުއްޓާލަން ގޮވާލައްވައިފަ އެވެ.
އިންޑިއާއާ އެންމެ ވާދަވެރި ޗައިނާގެ ލޯނުތައް ރާއްޖޭގައި ގިނަ ކަމަށާއި ޕްރޮޖެކްޓުގެ އަގު ވެސް ބޮޑު ކަމަށް ނަޝީދު ވިދާޅުވި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޕްރޮޖެކްޓުތައް ފެއިލްވާ ކަމަށާއި އެހެންވެ، އެ އިންވެސްޓްމަންޓުން ފައިސާ ނުލިބި، ލޯނު ދައްކަން އުނދަގޫވާ ހާލަތަށް ދާ ކަމަށް ވިދާޅުވި އެވެ. ނަތީޖާއެއްގެ ގޮތުން، ސޮވެރިން ގެެރެންޓީ ދޭން ޖެހި، އިކުއިޓީ ދޭން ޖެހޭ ކަމަށާއި އެއާއެކު ސޮވެރެނިޓީ ގެއްލިގެންދާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އިންޑިއާގެ ގުޅުމަށް މަލާމާތްކުރާތީ ނަޝީދުގެ ރައްދެއް!
ރާއްޖެ-އިންޑިއާ ގުޅުން ފުޅާކުރަން އެއް ވިސްނުމެއްގައި
"އިންޑިއާ އައުޓް ކެމްޕެއިނާ ސަރުކާރާ ގުޅުމެއް ނެތް"
ވޮޝިންގްޓަން ޕޯސްޓުގެ ރިޕޯޓު އިންޑިއާ އިން ދޮގުކޮށްފި
"ރޯގެ އެހީގައި ވެރިކަން ވައްޓާލުމުގެ ރޭވުމެއް ރޭވި"
ކަތި މަގަކުން ވިޔަސް، ހާރިޖީ ސިޔާތަށް ހަމަހަމަ ކަން!
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
ވިސްނުން ހުރީ އިތުރު ގައުމުތަކުގެ ފައިސާ ބޭނުންކުރަން
އިންޑިއާ ދަތުރު ވަރަށް ކާމިޔާބު: ރައީސް
"އެއްބަސްވީ ލިޔެފައިވާ އެއްޗަކަށް، ފެންނަން ހުންނާނެ"