Roadha Mihaaru

ޝާހު އާއި ޕްރިޔަންކާ މެޓް ގާލާއިން ބައްދަލުވަނީ؟

ފެޝަންގެ ދުނިޔޭގެ އެންމެ ބޮޑު އިވެންޓް ކަމަށްވާ މެޓް ގާލާގެ މި އަހަރުގެ އިވެންޓުގައި ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ހާން އާއި ބޮލީވުޑާއި ހޮލީވުޑްގައި ވެސް މަޝްހޫރު ޕްރިޔަންކާ ޗޯޕްރާ ބައިވެރިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޝާހު އާއި ޕްރިޔަންކާ މެޓް ގާލާއިން ބައްދަލުވަނީ؟

ފެޝަންގެ ދުނިޔޭގެ އެންމެ ބޮޑު އިވެންޓް ކަމަށްވާ މެޓް ގާލާގެ މި އަހަރުގެ އިވެންޓުގައި ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ހާން އާއި ބޮލީވުޑާއި ހޮލީވުޑްގައި ވެސް މަޝްހޫރު ޕްރިޔަންކާ ޗޯޕްރާ ބައިވެރިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި އަހަރުގެ މެޓް ގާލާ އިވެންޓް ބާއްވަނީ މާދަމާ އެވެ. މިފަހަރުގެ އިވެންޓުގެ ތީމަކީ "ސުޕަފައިން: ޓޭލަރިން ބްލެކް ސްޓައިލް" އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ޝާހު އެ އިވެންޓަށް ދަނީ އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު ސަބްޔަސާޗީ މުކަރްޖީ ތައްޔާރުކޮށްދޭ އައުޓްފިޓެއްގަ އެވެ. އަދި ޕްރިޔަންކާގެ ހެދުން ޑިޒައިން ކުރަނީ ފްރާންސްގެ ޑިޒައިނަރު އޮލިވިއާ ރޫސްޓެން އެވެ.

މިއީ ޕްރިޔަންކާ މެޓް ގާލާއަށް ދާ ފަސްވަނަ ފަހަރަށް ވާނެ އެވެ. އަދި ޝާހު މި އިވެންޓުގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ.

ޝާހު އާއި ޕްރިޔަންކާ ގިނަ ދުވަސްތަކަކަށް ފަހު އެއް އިވެންޓަކުން ފެންނާނެތީ ފޭނުންގެ ޝައުގުވެރިކަން އެކަމަށް ވަރަށް ބޮޑަށް ލިބޭނެ ކަމަށް ބެލެވެ އެވެ. ހާއްސަކޮށް ކުރީގައި އެ ދެ ތަރިން ވަރަށް ގާތް ގުޅުމެއް ބޭއްވި ނަމަވެސް، އެ ގުޅުން މިހާރު ކެނޑިފައި ވުމާއި ދެ ތަރިން އެކުގައި އިވެންޓަކުން ނުފެންނަތާ އެތައް ދުވަހެއް ވެފައި ވާތީ އެވެ.

ޝާހު އާއި ޕްރިޔަންކާގެ އިތުރު މިފަހަރުގެ މެޓް ގާލާގައި ބޮލީވުޑްގެ އެކްޓްރެސް ކިއާރާ އަދުވާނީ ވެސް ބައިވެރިވެ އެވެ. އަލަތު ދަރިފުޅަށް ބަލިވެއިން ކިއާރާގެ ހެދުން ޑިޒައިންކުރަނީ އިންޑިއާގެ ފެޝަން ޑިޒައިނަރު ގޯރަވް ގުޕްތާ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ ތިން ތަރިންގެ އިތުރުން އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ދިލްޖީތު ދޮސާނީ އާއި އިންޑިއާގެ މަހުޖަނު މުކޭޝަން އަމްބާނީގެ ދަރިފުޅު އީޝާ އަމްބާނީ ވެސް މެޓް ގާލާއަށް މިފަހަރު ދާނެ ކަމަށް ބެލެވެ އެވެ.