Roadha Mihaaru

"ޑޮން 3" ގެނެސް ދެވޭނެ އިރެއް ނޭނގޭ: ރިތޭޝް ސިދްވާނީ

ޝާހްރުކް ހާން އެންޓި-ހީރޯއެއްގެ ރޯލުން ފެނިގެންދާ ކާމިޔާބު ފްރެންޗައިޒް "ޑޮން" ގެ ތިން ވަނަ ބަޔަށް ބެލުންތެރިން ކިތަންމެ ވަރަކަށް އިންތިޒާރު ކުރި ނަމަވެސް ފިލްމު ބެލުންތެރިންނާ ހަމަށް އަންނާނެ އިރެއް ބުނަން ދަތި ކަމަށް ޕްރޮޑިއުސަރު ރިތޭޝް ސިދުވާނީ ބުނެފި އެވެ.

"ޑޮން 3" ގެނެސް ދެވޭނެ އިރެއް ނޭނގޭ: ރިތޭޝް
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

15 މާޗް 2019

ޝާހްރުކް ހާން އެންޓި-ހީރޯއެއްގެ ރޯލުން ފެނިގެންދާ ކާމިޔާބު ފްރެންޗައިޒް "ޑޮން" ގެ ތިން ވަނަ ބަޔަށް ބެލުންތެރިން ކިތަންމެ ވަރަކަށް އިންތިޒާރު ކުރި ނަމަވެސް ފިލްމު ބެލުންތެރިންނާ ހަމަށް އަންނާނެ އިރެއް ބުނަން ދަތި ކަމަށް ޕްރޮޑިއުސަރު ރިތޭޝް ސިދުވާނީ ބުނެފި އެވެ.

މުމްބާއީ މިރާ އަށް ދިން އިންޓަވިއުއެއްގައި މިދިޔަ މަހު "ގަލީ ބޯއި" ގެނެސް ދިން ޕްރޮޑިއުސަރު ބުނީ "ޑޮން 3" އާ ގުޅޭ މަސައްކަތްތައް ޓީމުން ކުރަމުން އަންނަ ކަމަށެވެ.

"އެކަމަކު ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނެ އިރެއް ބުނަން މި ވަގުތު ވަރަށް ދަތި،" ރިތޭޝް ބުންޏެވެ.

އޭނާ ބުނި ގޮތުގައި "ޑޮން 3" އާ ދޭތެރޭ ބެލުންތެރިން ކުރާ އުންމީދުތައް ވެސް ވަރަށް ބޮޑުވާނެތީ، ފޭނުން މާޔޫސްކޮށް ނުލާ ވަރުގެ ފިލްމަކަށް އެ ފިލްމު ހަދަން ބޭނުންވެ އެވެ. އެހެންވެ ވަރުގަދަ ސްކްރިޕްޓަކަށް ވަގުތު ވެސް ނަގާނެ ކަމަށް ބުންޏެވެ.

"ޑޮން" ފްރެންޗައިޒްގެ ޑައިރެކްޓަރަކީ ފިލްމު ވެސް ކުޅެމުން އަންނަ ފަރްހާން އަހުތަރެވެ. އޭނާ މި ހަފުތާގައި "ދަ ސްކައި އިޒް ޕިންކް" ގެ ޝޫޓިން ނިންމާލާފައިވާ އިރު، ކުރިއަށް އޮތީ "ތޫފާން" ކިޔާ ފިލްމެއްގެ މަސައްކަތް ފެށުމެވެ.

ފަރުހާން ބޮކްސިން ތެޅުންތެރިއެއްގެ ރޯލް ކުޅޭ އެ ފިލްމަކީ އޭނާ އަށް 2013 ގައި އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ވެސް ލިބުނު ފިލްމު "ބާގް މިލްކާ ބާގް" ގެ ޑައިރެކްޓަރު އޯމް ޕްރަކާޝް މެހެރާ ހަދާ ފިލްމެކެވެ.

"ތޫފާން" ގެ ޝޫޓިން އަންނަ އޮގަސްޓްގައި ފަށާނެ އެވެ. އަނެއްކޮޅުން ފަރްހާން ދެވަނަ ކައިވެންޏަކަށް ވެސް ތައްޔާރުވަމުން އަންނާތީ "ޑޮން 3" އަށް ވަގުތު ހުސްކުރުމަކީ މި ދަނޑިވަޅުގައި ވާނެ ކަމެއް ކަމަކަށް ނުބެލެވެ އެވެ. އެހެންވެ މި ފިލްމު ބެލުންތެރިން ދިގު އިންތިޒާރެއް ކުރަން ޖެހިދާނެ އެވެ. ރިތޭޝްގެ ވާހަކަތަކުން ވެސް ދޭހަވީ އެއްޗަކީ އެއީ އެވެ.

އަދި ފަރުހާން ވެސް ދާދި ފަހުން ވަނީ "ޑޮން 3" ބެހޭ ގޮތުން އަސްލެއް ނެތް ވާހަކަތައް ނުފެތުރުމަށް އެދިފަ އެވެ.

"ޑޮން" 2006 ގައި ގެނެސް ދިނުމަށް ފަހު، "ޑޮން 2" ރިލީޒް ކުރީ 2011 ގަ އެވެ. މި ދެ ފިލްމުގައި ޝާހްރުކް ހާނާ އެކު ބަތަލާގެ ރޯލް ކުޅުނީ ޕްރިޔަންކާ ޗޯޕްޅާ އެވެ.

"Don 3" aa behey vaahakathah Farhan dhogukoffi

"Don 3" aa behey vaahakathah Farhan dhogukoffi

The most trusted news source in the Maldives

Mihaaru

"ޑޮން 3" ބެހޭ ވާހަކަތައް ފަރްހާން ކުރިން ވަނީ ދޮގުކޮށްފައި.

މިދިޔަ އަހަރު ރިލީޒްކޮށް ފްލޮޕް ބޯޑް އަޅުވަން ޖެހުނު "ޒީރޯ" އަށް ފަހު، ޝާހްރުކް ދެން ކުޅޭނެ ފިލްމެއް ކަށަވަރެއް ނުވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނާ ސޮއި ކުރި، އިންޑިއާގެ ކުރީގެ އެސްޓްރޮނޯޓް ރާކޭޝް ޝަރުމާގެ ބައޮގްރަފިކަލް ޑްރާމާ "ސާރޭ ޖަހާ ސެ އައްޗާ" ވެސް ވަނީ ދޫކޮށްލައިފަ އެވެ.